Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަ ބެޑްމިންޓަން ކުލަބު

މޯލްޑިވްސް ޖޫނިއަރ އޯޕަންގެ ދެ ވަނަ މުބާރާތް ޑިސެމްބަރު މަހު

ދަ ބެޑްމިންޓަން ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ މިއަހަރުގެ މުބާރާތް ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖޫން 2026 | ހުކުރު 04:38
މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ގައި ކުޅުނު މެޗެއްގެ ތެރެއިން.

މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ގައި ކުޅުނު މެޗެއްގެ ތެރެއިން. | ަދަ ބެޑްމިންޓަން ކުލަބު

މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތުގެ ދެ ވަނަ މުބާރާތް، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

ދަ ބެޑްމިންޓަން ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ މިއަހަރުގެ މުބާރާތް ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތް ވެސް ރާވާފައި ވަނީ އޯޕަން ކެޓަގަރީގެ އިތުރުން، ޕެރަ އެންޑް ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ވެސް ހިމެނޭ ގޮތަށެވެ.

މުބާރާތުގައި ނުވަ އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ހުޅުވައިލާނެ އެވެ.

ބެޑްމިންޓަން ކުލަބުން އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 350 ކުޅުންތެރިން ބައިވެރިވެފައިވާއިރު، 730 އަށް ވުރެ ގިނަ މެޗު ވަނީ ކުޅެފަ އެވެ. ފުރަތަމަ މުބާރާތުގައި ހަތް ޤައުމަކުން 30 އަށް ވުރެ ގިނަ އިންޓަނޭޝަނަލް ކުޅުންތެރިން ބައިވެރިވެފައިވެ އެވެ. 

ބެޑްމިންޓަން ކުލަބުން ބުނީ، މިއަހަރުގެ މުބާރާތުގައި އިންޓަނޭޝަނަލް ގިނަ ކުޅުންތެރިން ތަކެއް ބައިވެރި ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. 

ދަ ބެޑްމިންޓަން ކުލަބުމޯލްޑިވްސް ޖޫނިއާ އޯޕަން

އިތުރަށް ކިޔާލަން

12 ޖުލައި 2025

މޯލްޑިވްސް ޖޫނިއާ އޯޕަންގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް

12 ޖުލައި 2025
މޯލްޑިވްސް ޖޫނިއާ އޯޕަންގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު