Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލްގެ 'ބޭންކް ފަންޑު' މެދުވެރިކޮށް މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް ފަސް ޖަމިއްޔާއަކަށް ކޮންމެ ފަރާތަކަށް 200,000 ރުފިޔާގެ މާލީ އެހީ ދިނުމަށް ވަނީ ނިންމާފަ. ތައުލީމީ، ތިމާވެށި އަދި ކުޅިވަރު ފަދަ ދާއިރާތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް އިސްކަންދޭ މި ފަންޑަށް އެދުމުގެ ފުރުސަތު 14 ޖޫން 2026 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފަ. މިއީ ރަށްރަށުގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާތައް ބާރުވެރިކުރުވުމަށް ބޭންކުން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 މެއި 2026 | ބުދަ 06:11
ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާ އިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބޭންކުން ފޯރުކޮށްދޭ

ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާ އިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބޭންކުން ފޯރުކޮށްދޭ | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ހުޅުވައިލާ ފުރުސަތެކެވެ.

ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާ އިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ. މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ. މިއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމަޢު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. އަދި ބޭންކް ފަންޑް އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް ބީއެމްއެލް އިން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް ކަމަށެވެ.

މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު ފަޚުރުވެރިވާ ކަމަށާ އުއްމީދަކީ 2026 ވަނަ އަހަރު ވެސް މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. 

ބޭންކް ފަންޑު ތައާރަފުކުރި ފަހުން، މުޖުތަމަޢަށް ބޭނުންތެރި ތަފާތު އެކި މަޝްރޫޢުތައް ހިންގުމަށް މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް މި ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމުޢިއްޔާ، ޖަމާޢަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފަ އެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

08 މެއި 2026

ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި

08 މެއި 2026
ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި
08 މެއި 2026

ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ ''ނެޗުރަލް'' ކަމެއް: މިނިސްޓަރު ސައީދު

08 މެއި 2026
ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ ''ނެޗުރަލް'' ކަމެއް: މިނިސްޓަރު ސައީދު
07 މެއި 2026

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

07 މެއި 2026
ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި
04 މެއި 2026

ބީއެމްއެލް އާއި އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަނުން ކާޑާއި އެކައުންޓަށް އިތުރު ރައްކާތެރިކަން

04 މެއި 2026
ބީއެމްއެލް އާއި އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަނުން ކާޑާއި އެކައުންޓަށް އިތުރު ރައްކާތެރިކަން
16 އެޕްރީލު 2026

ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާއިމްކޮށްފި

16 އެޕްރީލު 2026
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާއިމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު