Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑައިވަރުން ނިޔާވުން

ސަފާރީއަކުން ޑައިވިންގ އަށް ދިޔަ އިޓަލީގެ 5 މީހަކު މަރުވެފައި ތިއްބާ ފެނިއްޖެ

ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިންގ އަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު. މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކާއި ޑައިވިންގ އިންސްޓްރަކްޓަރަކު ހިމެނޭއިރު، ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުން. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 14:24
ރާއްޖޭގެ އޮޕަރޭޓް ކުރާ ސަފާރީ އެއް: ސަފާރީ އެއްގަ ޑައިވިން އަށް ދިޔަ 5 މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް ފުލުހުން ވަނީ ބުނެފަ

ރާއްޖޭގެ އޮޕަރޭޓް ކުރާ ސަފާރީ އެއް: ސަފާރީ އެއްގަ ޑައިވިން އަށް ދިޔަ 5 މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް ފުލުހުން ވަނީ ބުނެފަ | މޯލްޑިވްސް ޓްރެވަލް އިންސައިޑާ

ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިންގ އަށް ދިޔަ އިޓަލީގެ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ އިޓަލީ އަށް ނިސްބަތްވާ ފަސް މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކާއި ޑައިވިންގ އިންސްޓްރަކްޓަރެއް ކަމަށް ރާއްޖެ އެމްވީ އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިންގ އަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހު މެންދުރުފަހު 13:45 އެހައިކަންހާއިރު އެވެ. މި ރިޕޯޓު ލިބުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މިކަމުގައި ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދިޔަ ވަރަކަށް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ވ. އަތޮޅުއިޓަލީޑައިވިން

އިތުރަށް ކިޔާލަން

14 މެއި 2026

މަރުވި މިހާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅަ އެއްގެ ތެރެއިން، ބަކީ 4 ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ އެ ހޮހަޅައިގަ: އެމްއެމްޑީއެފް

14 މެއި 2026
މަރުވި މިހާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅަ އެއްގެ ތެރެއިން، ބަކީ 4 ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ އެ ހޮހަޅައިގަ: އެމްއެމްޑީއެފް
14 މެއި 2026

5 މީހުން މަރުވެއްޖެއޭ ބުނެވުނީ އޮޅުމަކުން، ފެނުނީ އެކަކު މަރުވެފައި ވަނިކޮށް: ފުލުހުން

14 މެއި 2026
5 މީހުން މަރުވެއްޖެއޭ ބުނެވުނީ އޮޅުމަކުން، ފެނުނީ އެކަކު މަރުވެފައި ވަނިކޮށް: ފުލުހުން
24 މާރިޗު 2026

ރިފަރެންޑަމްގައި އިޓަލީގެ ބޮޑު ވަޒީރު މެލޯނީ އަށް ރައްޔިތުން ނޫނެކޭ ބުނެފި

24 މާރިޗު 2026
ރިފަރެންޑަމްގައި އިޓަލީގެ ބޮޑު ވަޒީރު މެލޯނީ އަށް ރައްޔިތުން ނޫނެކޭ ބުނެފި
12 މާރިޗު 2026

އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި

12 މާރިޗު 2026
އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި
11 ފެބުރުއަރީ 2026

ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި

11 ފެބުރުއަރީ 2026
ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު