Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ މުސާރަ

ފުލުހުންގެ މުސާރަ ބޮޑުކުރުން ބަޖެޓުގައި ހިމަނާފަ، އަހަރު ނިމޭއިރު ވެސް ބޮޑު މުސާރައެއް ނުލިބޭ!

މިއަހަރުގެ ބަޖެޓުގައި އިތުރަށް 230 މިލިއަން ރުފިޔާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 10:53
ފުލުހުންތަކެއް މުޒާހަރާއެއް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި

ފުލުހުންތަކެއް މުޒާހަރާއެއް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ފުލުހުންގެ މުސާރަ ބޮޑު ކުރުމަށް ފައިސާ ހިމަނާފައިވީ ނަމަވެސް، އަހަރު ނިމެންދާއިރު ވެސް ބޮޑު ކުރި އެލަވެންސް ނުލިބޭތީ ފުލުހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ބަޖެޓް ފާސްކުރި އިރު ފުލުހުންނަށް ވަނީ މިދިޔަ އަހަރަށް ވުރެ ވަރަށް ބޮޑު ބަޖެޓެއް ދީފަ އެވެ. އެ ގޮތުން، ބަޖެޓުގައި މިދިޔަ އަހަރަށް ވުރެ މި އަހަރު 230 މިލިއަން ރުފިޔާ އިތުރެވެ. މިދިޔަ އަހަރު ބަޖެޓުގައި 1.103 ބިލިއަން ރުފިޔާ ދިން އިރު، މި އަހަރު ހިމަނާފައި ވަނީ 1.334 ބިލިއަން ރުފިޔާ އެވެ.

Advertisement - newsAdvertisement

ފުލުހުން ބުނެފައިވާ ގޮތުގައި މުސާރަ އިން ބޮޑުވި ބައި މި އަަހަރުގެ ބަޖެޓުގައި ހިމަނާފައި ވާނެ އެވެ.

ފުލުހުން ވަނީ މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލައި ހުރިހާ ފުލުހުންނަށް 4،000 ރުފިޔާގެ ލިވިން އެލަވެންސެއް ދޭން މިއަހަރުގެ ޖެނުއަރީ މަހު ހުށަހަޅާފަ އެވެ. ނަމަވެސް ޖެނުއަރީ މަހުގެ މުސާރަ އެ އޮނިގަނޑުގެ ދަށުން ހެދުމަށް ފަހު ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން އަނބުރާ ފޮނުވާލައި މުސާރަ ދިނީ ކުރީގެ އޮނިގަނޑުގެ ދަށުންނެވެ.

ފުލުހުންގެ މުސާރަ އަށް ބަދަލު ގެނައުމާ މެދު ރައީސް އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސުން ފުލުހުންނަށް އަންގާފައި ވެއެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުުނައްވަރު ވިދާޅުވެފައި ވަނީ ފުލުހުންގެ މުސާރަ އަށް ބަދަލު ގެނައުމަށް ފަހު އެ ބަދަލުތައް ހިމަނާފައިވާ ހުށަހެޅުމަށް އަމަލު ކުރެވޭނީ ރައީސް އޮފީހާއި ކަމާ ބެހޭ ފަރާތްތަކުން ރިވިއު ކުރުމަށް ފަހު ނިންމާ ގޮތެއްގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ ބަޖެޓުގައި ހިމަނާ ކަންކަން ވެސް ތަންފީޒު ކުރެވޭނީ އޮންނަ އުސޫލުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރުމަށް ފަހު ކަމަށެވެ. މުއައްސަސާއެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެންނަ ނަމަ ރައީސް އޮފީހުން ރިވިއު ކުރަން ހަމަޖައްސާފައި ވާއިރު، ބަޖެޓުގައި މުސާރަ ބޮޑުކުރަން ހިމެނިޔަސް އެކަން ކުރެވޭނީ އެ ރިވިއު އަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ބަޖެޓުގައި އިތުރަށް 230 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް، މިއަހަރުގެ މިހާތަނަށް ބޮޑު ކުރި އެލަވެންސާއެކު ފުލުހުންނަށް މުސާރަ ދީފައެއް ނުވެ އެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ފުލުހަކު ބުނީ ލިވިން އެލަވެންސް ބޮޑުވުމަކީ ދެކެމުން އައި ހުވަފަނެއް ކަމަށާއި މުއައްސަސާއިން އެކުލަވާލި އޮނިގަނޑާއެކު އެކަން ވެގެންދާނެ ކަމަށް އުންމީދުކުރި ކަމަށެވެ. އެހެންނަމަވެސް، ހުވަފަން ދެއްކުމަށް ފަހު ސަރުކާރާއި މުއައްސަސާގެ ވެރިން އެ އެލަވެންސްގެ ވާހަކަ މިހާރު ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

އެހެން ފުލުހަކު ބުނީ ބަޖެޓުގައި ހިމެނި ފައިސާއަށް ވީގޮތެއް އެނގެންޖެހޭ ކަމަށާއި ފުލުހުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި ހިމެނި ފައިސާއިން އިތުރު ކަމެއް ކޮށްގެންނުވާނެ ކަމަށެވެ. ރައީސް އޮފީހާއެކު މަޝްވަރާ ކުރާތާ ނުވަ މަސްވީ އިރު ވެސް އެލަވެންސާ މެދު ގޮތެއް ނިންމާފައި ނުވާތީ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.

މީގެ ކުރިން މާލޭގައި ކުއްޔަށް އުޅޭ ފުލުހުން އަމިއްލައަށް ހުށަހެޅުމުން އެ މީހެއްގެ ހާލަތަށް ބެލުމަށް ފަހު ލިވިން އެލަވެންސް ދެމުން އައި ނަމަވެސް އާ އޮނިގަނޑާއެކު ކޮންމެ ފުލުހަކަށް ވެސް ލިވިން އެލަވަންސް ކަނޑައަޅާފައި ވެއެވެ. އެ ގޮތުން، ލިވިން އެލަވަންސަށް ކުރިން 2،500ރ. ލިބުނުއިރު، އާ އޮނިގަނޑުގެ ދަށުން ކޮންމެ ފުލުހަކަށް ވެސް ލިވިން އެލަވަންސް ގޮތުގައި 4،000ރ. ލިބޭނެއެވެ.

ފުލުހުންގެ މުސާރައާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން ސުވާލުކުރުމުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ މުސާރަ އާއި އިނާޔަތްތަކަކީ ފުލުހުންގެ ހިންގުމުގެ އެތެރޭގެ ސިޔާސަތުތަކާ ގުޅިފައިވާ މައުލޫމާތު ކަމަށްވާތީ އެފަދަ މައުލޫމާތު މީޑިއާއާ ހިއްސާކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު