Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލްގެ ހިއްސާ

ބީއެމްއެލްއިން ހިއްސާތަކަށް ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ އިތުރު ފުރިހަމަކަމެއް - ސީއެމްޑީއޭގެ ސީއީއޯ

26 މާރިޗު 2026 | ބުރާސްފަތި 11:40

ބީއެމްއެލްގެ ހިއްސާ 10 ބަޔަށް ބައިކުރުމަށް ނިންމި ނިންމުމާއެކު، ހިއްސާގެ އަގު ހެޔޮވެ އާންމު އިންވެސްޓަރުންނަށް އަތްފޯރާ ފަށަށް ހިއްސާގެ އަގުތައް ތިރިވާނެ. މީގެ ސަބަބުން ހިއްސާ ގަނެވިއްކުމުގެ މުއާމަލާތްތައް އިތުރުވެ، ކުރިއަށް އޮތް ތަނުގައި ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރު ގުނައަށް އިތުރުވުމުގެ ފުރުސަތު އޮތްކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރޭ. މި ބަދަލުގެ ސަބަބުން ހިއްސާގެ ބާޒާރުގެ ލިކުއިޑިޓީ އިތުރުވެ، މުޅި މާކެޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ.

މަޚްތޫމް
މަޚްތޫމް | 26 މާރިޗު 2026 | ބުރާސްފަތި 11:40
ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު

ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު | ބީއެމްއެލް

ބީއެމްއެލްގެ ހިއްސާތަކަށް ގެންނަ ބަދަލާއެކު ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ސީއެމްޑީއޭގެ ސީއީއޯ މަނިކު ވިދާޅުވީ ބީއެމްއެލްގެ ހިއްސާ 1 އިޒްޓު 10 ރޭޝިއޯ އިން ބައިކުރުމުން ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއަކަށްޖެހޭ އަގު ހެޔޮވުމުން ހިއްސާ ގަނެ ވިއްކާ މިންވަރު އިތުރުވެ ފަހި ބަދަލުތަކެއް ހިއްސާގެ ބާޒާރަށް އަންނާނެ ކަމަށެވެ. ހިއްސާ ވިއްކާ އަގުތައް މިހާރު ހުރީ މަތީ އަގެއްގައި ހިފަހެއްޓިފައި ކަމަށާއި އެހެންނަމަވެސް ހިއްސާގެ އަގު ކުޑަ ވެއްޖެނަމަ ބެންކުގެ 'ގްރޯތު ޕޮޓެންޝަލް' އިތުރުވެގެންދާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ބެންކުން ހުށަހަޅާ ގޮތަށް ޝެއާ ސްޕްލިޓްވީމަ ހިއްސާގެ އަގުދަށްވެފައި އެ ވިއްކަން ފެށީމަ އަޅުގަނޑުގެ ލަފާކުރުމަކީ މާދުރު ނޫން މުސްތަގްބަލެއްގައި ބޭންކުގެ ގްރޯތު އަދި މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރުގުނައަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް" މަނިކު ވިދާޅުވިއެވެ.

މަނިކު ވިދާޅުވީ ލިސްޓްކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް ބީއެމްއެލްއިން ހިއްސާތަކަށް ގެނައި ފަދަ ބަދަލެއް ގެނައުމަކީ ސީއެމްޑީއޭގެ އެދުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އާންމު ރައްޔިތުންނަށާއި ކުންފުނިތަކަށް ވެސް ފައިދާވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވެސް ވިދާޅުވީ ބީއެމްއެލްގެ ހިއްސާގެ މޫނުމަތީ އަގު ކުޑަވެގެން ދިއުމުން ހިއްސާ އަތްފޯރާ ފަށަށް އައިސް ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހިއްސާ ބާޒާރުގެ ތާރީޚަށް ބަލާއިރު ހިއްސާ ގަންނަން ބޭނުންވާ ފަރާތްތައް ގިނަކަމަށާއި އެހެންނަމަވެސް ހިއްސާ ވިއްކަން ބޭނުންވާ މީހުން މަދުކަން ފާހަގަކޮށް އައުޝަން ވިދާޅުވީ ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން ހިއްސާ ވިއްކާ ފަރާތްތައް ވެސް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން މާކެޓްގެ ހަރަކާތްތައް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އައުޝަން ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން އައުޝަން ވިދާޅުވީ ބީއެމްއެލްގެ 100 ހިއްސާ އޮންނަ މީހަކު އޭނާ އަށް ހިއްސާގެ ފައިދާގެ ގޮތުގައި ރަނގަޅު އެއްޗެއް ލިބޭތީ އެ ވިއްކާލަން ބޭނުންނުވާކަމަށާއި އެހެނަސް މިބަދަލާއިއެކު އެ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެ ކަމަށާއި، އެހެންކަމުން އޭގެތެރެއިން ބަޔެއް ވިއްކުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށެވެ.

"ބީއެމްއެލްގެ މި ކޯޕަރޭޓް ނިންމުމާއި ގުޅިގެން އަޅުގަނޑު މިބަލަނީ ހިއްސާގެ މާކެޓުގެ އަގުވެސް ތިރިވެގެންދާނެ ކަމަށް، އަދި އާ ހިއްސާދާރުންނަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު ބޮޑުވެ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް" އައުޝަން ވިދާޅުވިއެވެ.

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލު

  • ހިއްސާދާރުންގެ އަތުގައި 'ރެކޯޑް ޑޭޓް' ( 18 މާރިޗު 2026) އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާ ގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާއަށް ހުށަހަޅާފަ. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުން. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެ.
  • ދެން އޮތީ 1 އިޒްޓު 10 ރޭޝިއޯ އިން ހިއްސާ ބައިކުރުން. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުން.
  • މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ. އެހެންކަމުން މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެ.
  • އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެ. މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ.

ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ

  • އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން
  • ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން
  • މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން
  • މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން

ހިއްސާގެ އަގު ކުޑަވުމާއެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރުދެވި، ލިކުއިޑިޓީ އަދި ޓްރޭޑިންގ ހަރަކާތްތައް އިތުރުވެގެންދާނެ އެވެ. 

ބީއެމްއެލްމޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްހިއްސާގެ ބާޒާރުސީއެމްޑީއޭ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 މާރިޗު 2026

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ

26 މާރިޗު 2026
ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ
26 މާރިޗު 2026

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ

26 މާރިޗު 2026
ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ
25 މާރިޗު 2026

ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް

25 މާރިޗު 2026
ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް
22 މާރިޗު 2026

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026
3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް
22 މާރިޗު 2026

ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި

22 މާރިޗު 2026
ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި
22 މާރިޗު 2026

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

22 މާރިޗު 2026
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
03 މާރިޗު 2026

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

03 މާރިޗު 2026
ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި
26 ފެބުރުއަރީ 2026

މިދިޔަ އަހަރު ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި

26 ފެބުރުއަރީ 2026
މިދިޔަ އަހަރު ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި
28 ޖެނުއަރީ 2026

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި
17 މާރިޗު 2023

ރަޖިސްޓަރީނުކޮށް ހިންގާ ސްކީމަކުން ގެއްލުންވިނަމަ ޝަކުވާ ހުށަހަޅަން އެދިއްޖެ

17 މާރިޗު 2023
ރަޖިސްޓަރީނުކޮށް ހިންގާ ސްކީމަކުން ގެއްލުންވިނަމަ ޝަކުވާ ހުށަހަޅަން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް