Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންއައިސީ

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށް އެންއައިސީ އިން އިލްތިމާސްކޮށްފި

5 އޯގަސްޓު 2026 | ބުދަ 13:10

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށާއި، އެ މުވައްޒަފުންނާމެދު ޝައްކު އުފެދޭ ގޮތަށް މީސްމީޑިއާގައި ވާހަކަ ނުދެއްކުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައި. މުވައްޒަފަކު ގާނޫނާ ހިލާފު އަމަލެއް ހިންގާ ކަމަށް ތުހުމަތުކުރެވޭނަމަ އެކަން ކޮމިޝަނަށް ހުށަހެޅުމަށް އެދިފައިވާއިރު، މިފަހަކަށް އައިސް ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރުން ވަނީ އިތުރުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޯގަސްޓު 2026 | ބުދަ 13:10
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ އެކު ބައްދަލުވުމެއްގެ ތެރެއިން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ އެކު ބައްދަލުވުމެއްގެ ތެރެއިން | އެންއައިސީ

ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ އިދާރާތަކުގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް މީސްމީޑިއާގައި ވާހަކަދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.

ބުދަ ދުވަހު އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަކީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަމުންގެންދާ ނުހަނު އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން، އެ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ފަދަ ކަންކަން ނުކުރުމަށާއި، ގާނޫނުތައް ތަންފީޒުކުރުމަށް އެ އިދާރާތަކަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެންއައިސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ގާނޫނާއި ގަވާއިދާއި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފު އަމަލެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި، އެ ޝަކުވާ ނުވަތަ މައްސަލައެއް ބަލައިދިނުމަށް އެދި ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާކަން އެންއައިސީން ފާހަގަކޮށްފައިވެ އެވެ. 

އެގޮތުން ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމަކީ ގާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނު) ގެ ދަށުން އެ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

އެންއައިސީން ބުނީ، އެއްވެސް މުވައްޒަފަކު ގާނޫނާ ޚިލާފު އަމަލެއް ކުރާ ކަމަށް ތުހުމަތު ކުރެވޭނަމަ، އެ ޝަކުވާ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކޮމިޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. ހަމައެއާއެކު، ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ގާނޫނީ އިމުގެ ތެރެއިން އަދާކުރުންމަތީ ދެމިތިބުމަށް ވެސް އެ ކޮމިޝަނުން ވަނީ ހަނދާން ކޮށްދީފަ އެވެ. 

އެންއައިސީން މިފަދަ ބަޔާނެއް ނެރުނިއިރު، މިފަހުން ކަސްޓަމްސްގެ އަންހެން މުވައްޒަފެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް، ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ އަންހެން މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް ހަޑިހުތުރުބަހުން މުހާތަބުކޮށް ފުރައްސާރަކުރާ ވީޑިއޯއެއް ވެސް އާއްމުކޮށްފައިވެ އެވެ. އަދި މި މައްސަލަތަކާ ގުޅިގެން މިކަން ތަހުގީގު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ސިޓީއެއް ވެސް 3 އޯގަސްޓް 2026 ގައި ފޮނުއްވާފައިވެ އެވެ. 

އެންއައިސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް

25 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް
15 އެޕްރީލު 2026

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަވްޝާދު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ

15 އެޕްރީލު 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަވްޝާދު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ
15 އެޕްރީލު 2026

ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ

15 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ
15 އެޕްރީލު 2026

ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު މަރުވެއްޖެ

15 އެޕްރީލު 2026
ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު މަރުވެއްޖެ
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
27 އޮކްޓޯބަރު 2025

އެންއައިސީ ގެ ރައީސް ކަމަށް ޝުޢައިބު ޢަބްދުއްރަހްމާނު އައްޔަން ކުރައްވައިފި

27 އޮކްޓޯބަރު 2025
އެންއައިސީ ގެ ރައީސް ކަމަށް ޝުޢައިބު ޢަބްދުއްރަހްމާނު އައްޔަން ކުރައްވައިފި
04 އޮކްޓޯބަރު 2025

އެމްޑީޕީގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ މައުލޫމާތު ދޭން ފުލުހުން ދެކޮޅު ހަދައިފި

04 އޮކްޓޯބަރު 2025
އެމްޑީޕީގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ މައުލޫމާތު ދޭން ފުލުހުން ދެކޮޅު ހަދައިފި
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
20 އޯގަސްޓު 2025

ޓެކްސް އެޕީލް ޓްރަބިއުނަލްއާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

20 އޯގަސްޓު 2025
ޓެކްސް އެޕީލް ޓްރަބިއުނަލްއާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 އޯގަސްޓު 2025

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

20 އޯގަސްޓު 2025
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް