Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ފުޓްސަލް ޓީމު

ޗައިނާ އަތުންވެސް ބޮޑު ތަފާތަކުން ބަލިވެ، ގައުމީ ފުޓްސަލް ޓީމް ކަޓައިފި

ޗައިނާ އަތުން ފުޓްސަލް ޓީމު ބަލިވީ 3-9 ގެ ތަފާތުބޮޑު ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 20 ސެޕްޓެމްބަރު 2017 | ބުދަ 13:50
ގައުމީ ފުޓްސަލް ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން

ގައުމީ ފުޓްސަލް ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން

ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ޗައިނާ އަތުންވެސް ބަލިވެ، ރާއްޖޭ ގައުމީ ފުޓްސަލް ޓީމު މުބާރާތުން ކަޓައިފި އެވެ.

ބުދަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ފުޓްސަލް ޓީމު ބަލިވީ 3-9 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ތުރުކަމިނިސްތާނުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރާއްޖެއިންނެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ފުރުގާން އިބްރާހިމް އެވެ. އެހެން ނަމަވެސް ރާއްޖެއިން ލީޑު ނެގިތާ މާގިނައިރުތަކެއް ނުވަނީސް ޗައިނާގެ ޒަހޮއާ ލިއަންގް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗައިނާ އަށް ލީޑު ނަގައިދީފައި ވަނީ ޒޫ ޔަންގް އެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް ޗައިނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޗައިނާ އިން ވަނީ ރާއްޖެ ކޮޅަށް ހަތް ލަނޑު ކާމިޔާބު ކޮށްފައެވެ. ޗައިނާގެ ލޫޗަންގް ދެ ލަނޑު ޖަހާފައިވާއިރު، ޒާއޯ ލިއަންގް، ލިއު ޗަންގް، ޗެން ޒިހެންގް، ޒެންގް ލިއަންގް، ލި ޖިއަންޖިއާ، ލިއު ވެންޒީ އަދި ޒިހުއަންގް ޖިއަންފާ ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ.

ރާއްޖެއަށް މި ހާފްގައި ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ނަސީމް މުހައްމަދު އަދި ފުރުގާން އިބްރާހިމް އެވެ.

މި މުބާރާތުގައި ރާއްޖެ ވަނީ އުޒްބަކިސްތާން، އަފްއާނިސްތާން އަދި ޔޫއޭއީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ޔޫއޭއީ އަތުން 1-3 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، އަފްއާން އަތުން ބަލިވީ 1-6 ގެ ނަތީޖާއަކުންނެވެ. އުޒްބަކިސްތާން އަތުން ރާއްޖެ ބަލިވީ 1-9 ގެ ނަތީޖާއަކުންނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު