Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު މޯލްޑިވްސް ވޮލީ ބޯޅަ ވެޓަރަންސް

ތައިލެންޑުގައި ކުރިއަށްދާ ވޮލީ މުބާރާތުގައި ރާއްޖޭގެ ވެޓަރަންސް ޓީމު ވާދަ ކުރަނީ

25 މާރިޗު 2026 | ބުދަ 05:19

މީގެ ކުރިން މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސް އިން ވަނީ 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރު ވެސް މި މުބާރާތުގައި ވާދަ ކޮށްފައި. މީގެ ތެރެއިން 2023 ވަނަ އަހަރު އޮތް މުބާރާތުން ރާއްޖޭގެ ޓީމު ވަނީ ބްރޯންޒް މެޑަލް (ތިން ވަނަ) ހޯދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2026 | ބުދަ 05:19
ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ވެޓަރަންސް ޓީމު

ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ވެޓަރަންސް ޓީމު | ރާއްޖެ އެމްވީ

ތައިލެންޑުގައި ކުރިއަށްދާ ވޮލީ ބޯޅަ މުބާރާތެއްގައި ރާއްޖޭގެ ވެޓަރަންސް ވޮލީ ކުޅުންތެރިން މުބާރާތުގައި ވާދަ ކުރުމަށް ޓީމު ތައިލެންޑަށް ގޮސްފި އެވެ.

ތައިލެންޑުގެ ކޮ ސަމުއި ގައި އޮންނަ މި މުބާރާތަކީ، ސަމުއި އޯޕަން މުބާާރާތެވެ. މުބާރާތް ކުރިއަށް ދާނީ މާޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެން، 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ޓީމު ތައިލެންޑަށް ގޮސްފައި ވަނީ ހޯމަ ދުވަހުގެ ރޭ އެވެ.

މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީމުގައި ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނެ އެވެ. އެގޮތުން ވޮލީގެ ލެޖެންޑް ސައްޔިދު އަލީގެ އިތުރުން، މުޙައްމަދު ނަދީމް (ނަދީމްބެ) އާއި، އިބްރާހީމް ޝިހާމް (ސަޑިއްކެ) އާއި، މުމްތާޒް އަލީ އާއި، އަލީ ޝިމާލް އާއި، އީސާ އަލީ އާއި، މުޙައްމަދު ފައިޞަލް ފަދަ ކުޅުންތެރިން ހިމެނެ އެވެ. މިއީ ކުރީގެ މަޝްހޫރު ކުޅުންތެރިންނަށް ވާއިރު، މީގެ ތެރެއިން ގިނަ ކުޅުންތެރިން އަންނަނީ މިހާރު ވެސް ކޯޗުންގެ ގޮތުގައި މަސަައްކަތް ކުރަމުންނެވެ. ނަދީމްބެ އަކީ ރާއްޖޭގެ ޤައުމީ އަންހެން ޓީމުގެ ކޯޗެވެ. 

މުބާރާތުގައި ވާދަ ކުރުމަށް ޓީމު ގޮސްފައިވާއިރު، މޯލްޑިވްސް ވޮލީ ބޯޅަ ވެޓަރަންސްގެ ނައިބު ރައީސް އަޙުމަދު ވަޙީދު (ވައްޑެ) ވިދާޅުވީ ޓީމު މުބާރާތުގައި ވާދަ ކުރުމަށް ގޮސްފައި ވަނީ ގިނަ ތައްޔާރީ ތަކަކަށް ފަހު ކަމަށެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމަށް ކުޅިވަރު ވުޒާރާގެ އިތުރުން، ބައެއް ހެޔޮ އެދޭ ފަރާތް ތަކުން ވެސް އެހީތެރިން ދީފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ ރައީސް އަކީ ސައްޔިދު ޢަލީ އެވެ. ސައްޔިދު ޢަލީ އަކީ ރާއްޖޭގައި ފާހަގަ ކޮށްލެވުނު ވޮލީ ކުޅުންތެރިޔަކަށްވާއިރު، މިހާރު ވެސް އަންނަނީ ވޮލީގެ ކަންކަމުގައި ޙަރަކާތްތެރި ވަމުންނެވެ. މީގެ އިތުރުން ނަދީމްބެ އާއި ވައްޑެ އަކީ މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ ނައިބު ރައީސުންނެވެ.

މީގެ ކުރިން މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސް އިން ވަނީ 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރު ވެސް މި މުބާރާތުގައި ވާދަ ކޮށްފަ އެވެ. މީގެ ތެރެއިން 2023 ވަނަ އަހަރު އޮތް މުބާރާތުން ރާއްޖޭގެ ޓީމު ވަނީ ބްރޯންޒް މެޑަލް (ތިން ވަނަ) ހޯދައިފަ އެވެ.

މޯލްޑިވްސް ވޮލީ ބޯޅަ ވެޓަރަންސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް