Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

އެކުވެގެން ނިކުތީމާ ނަތީޖާ ފެންނަކަން ގާނޫނީ ވަކީލުން ދައްކުވައިދީފީ

19 ސެޕްޓެމްބަރު 2017 | އަންގާރަ 09:36

56 ވަކީލެއް ސަސްޕެންޑްކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ސެޕްޓެމްބަރު 2017 | އަންގާރަ 09:36
 ރައީސް މައުމޫން ފެކްޝަންގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ

ރައީސް މައުމޫން ފެކްޝަންގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ

ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ވަކިވަކި ފަރުދުން ނިކުތުމަށް ވުރެ، އެކުވެގެން ނިކުތުމުން ނަތީޖާ ފެންނަކަން ރާއްޖޭގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުން ދައްކުވައިދީފި ކަމަށް ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނާއިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ "ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރާއްޖޭގެ މަސައްކަތްކުރާ ގާނޫނީ ވަކީލުންތަކެއް އިސްނަންގަވައިގެން ތައްޔާރުކުރި ޕެޓިޝަނާއި އެބޭފުޅުން ކުރައްވާ މަސައްކަތަކީ ވަރަށް ހިތްވަރުގަދަ މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

"އެބޭފުޅުން އެކުރެއްވި މަސައްކަތަކީ ޖުޑިޝަރީގައި ހުރި މައްސަލަތަކެއްގެ ވާހަކަ އެބޭފުޅުން ވިދާޅުވީ. ޕެޓިޝަނެއްގެ ޒަރީއާއިން އެވާހަކަ ދައްކަވަން އެބޭފުޅުން ނިންމެވި. އަޅުގަނޑުމެން އެންމެނަށް ވެސް އެބަ އިނގޭ ވަކިވަކި މީހުން ނިކުތީމަ ކުރާ އަނިޔާ ބޮޑުކަން. އޭގެ އެއްމިސާލު އެއީ އޭގެ ކުރިން ދެ ގާނޫނީ ވަކީލެއް ސަސްޕެންޑްކޮށްފައި އޮތްއޮތުން ވެސް. އެހެންވީމައި ގިނަ ބަޔަކު ނިކުމެ މިވާހަކަ ދެއްކީމައި ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން އެންމެވެސް ގަބޫލުކުރަން. ގިނަ ބަޔަކު އެވާހަކައެއް ދެއްކީމައި އަޑުއަހާ މީހުންވެސް ގިނަވާނެ،" ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމަށް އިސްކޮށް ނިކުންނެވި ގާނޫނީ ވަކީލުންނާއި އެ ވަކީލުން ސަސްޕެންޑް ކުރުމުން އެ ވަކީލުންގެ ދިފާއުގައި ނިކުންނެވި ގާނޫނީ ވަކީލުންނަށް ވެސް އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ރާއްޖޭގެ މަޝްހޫރު ގިނަ ގާނޫނީ ވަކީލުންތަކެއް ހިމެނޭގޮތަށް 56 ގާނޫނީ ވަކީލަކު ވަނީ އެ ދާއިރާގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ޕެޓީޝަން ބަލައިގަތުގެ ބަދަލުގައި އެ ޕެޓިޝަނުގައި ސޮއިކުރެއްވި 56 ގާނޫނީ ވަކީލުންގެ ތެރެއިން 54 ގާނޫނީ ވަކީލަކު ސަސްޕެންޑް ކުރައްވާފަ އެވެ. އަނެއް ދެ ގާނޫނީ ވަކީލުން ކަމަށްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހަސަން ޝަމީމު ވަނީ މީގެ ކުރިން ވެސް ހުންނެވީ ސަސްޕެންޝަނުގައެވެ.

އެ 56 ގާނޫނީ ވަކީލުންގެ ދިފާއުގައި ގާނޫނީ އަދި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އިތުރު 35 ގާނޫނީ ވަކީލުން ވަނީ ނިކުންނަވާފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަދިވެސް މަޝްހޫރު ގިނަ ގާނޫނީ ވަކީލުން ހިމެނެ އެވެ.

ސަސްޕެންޑްކުރި 13 ވަކީލެއްގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

27 ފެބުރުއަރީ 2017
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް