Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންގެ މައްސަލަ

މިދިޔަ 1 މަހުގެ ތެރޭގައި ފިންގަރ ޕްރިންޓް ނުދީ ތިބި 509 ބިދޭސީން ޑީޕޯޓް ކޮށްލައިފި

19 ޑިސެމްބަރު 2025 | ހުކުރު 08:58

ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ނޮވެމްބަރު 15 ން މިއަދާ ހަމައަށް 509 ބިދޭސީން ޑިޕޯޓްކޮށް މިހާތަނަށް ޖުމްލަ 9697 ބިދޭސީން ޑިޕޯޓްކޮށްފައިވާ ކަމަށް. އޮޕަރޭޝަން ކުރަނގީގެ ދަށުން 202000 ބިދޭސީންގެ މައުލޫމާތު ނަގާފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޑިސެމްބަރު 2025 | ހުކުރު 08:58
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 500 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް މިިނިސްޓަރު އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފިންގަރ ޕްރިންޓް ނުދީ ތިބި 509 ބިދޭސީން ރާއްޖެއިން ޑީޕޯޓް ކޮށްފައިވާ ކަމަށާއި މި އަދަދާއެކު މިހާތަނަށް ރާއްޖެއިން 9697 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް 202000 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.

އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ކަމަށާއި މި މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

އެ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 02ވަނަ ދުވަހާ ހިސާބަށް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް އަޅުގަނޑުމެން މި ހުޅުވާލަނީ ފިންގަރޕްރިންޓް ނެގިފަ ތިބި މީހުންގެ ތެރެއިން ޤަވާއިދާ ޚިލާފަށް ތިބި މީހުން ޤަވާއިދުގެ ތެރެއަށް ގެނައުމުގެ ބޮޑު މަސައްކަތެއް. މިގޮތުން ކުރީގަ އެކިއެކި އެމްޕްލޮޔަރުންނާއި ޖެހިފަ ހުރި މައްސަލަތަކުގަ އެމްޕްލޮޔަރުންނާ ވަކިވެ މަގުމަތީގަ އެއްވެސް ރަސްމީ ވަކި އެމްޕްލޮޔަރަކަށް ނިސްބަތްނުވާ ގޮތަށް އުޅޭ މީހުންނާއި ފިލައިގެން އުޅޭ މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން ސައްޚަ ވޯކް ޕާމިޓެއް ހޯދުމަށް މި ތިން މަސް ދުވަހުގެ ފުރުސަތެއް މިދެނީ.
މިިނިސްޓަރު އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އަލީ އިޙްސާން 

މިނިސްޓަރު ވިދާޅުވީ 3 މަސް ދުވަހުގެ ތެރޭގައި ސިސްޓަމުގެ ތެރެއިން ކުރިން ނުލިބޭ ލުއިތަކެއް އެމްޕްލޮޔަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އަދި މި އޮޕަރޭޝަންގެ ފަހު ފޭސްގެ މަސައްކަތް 2 އޭޕްރީލް 2026 ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހިސާބުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީއަކަށް ނޫޅެވޭނެކަން މިނިސްޓަރު ގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މީގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ސައްޚަ މައުލޫމާތު އެނގި އަދި ބިދޭސީ މީހާއަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ޢަލީ އިޙުސާންހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީބިދޭސީން ޑީޕޯޓްކުރުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

މައުލޫމާތު ގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދޭ ފޯރަމެެއް އެމްއެންޔޫ އިން ބާއްވައިފި

02 ޑިސެމްބަރު 2025
 މައުލޫމާތު ގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދޭ ފޯރަމެެއް އެމްއެންޔޫ އިން ބާއްވައިފި
27 އޮކްޓޯބަރު 2025

ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!

27 އޮކްޓޯބަރު 2025
ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!
10 އޮކްޓޯބަރު 2025

ޔުމްނުގެ މައްސަލައިގައި ޒިންމާ ވާން ޖެހޭ ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ، އެކަންކަން ނުފޮރުވޭނެ: މާޒް ސަލީމް

10 އޮކްޓޯބަރު 2025
ޔުމްނުގެ މައްސަލައިގައި ޒިންމާ ވާން ޖެހޭ ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ، އެކަންކަން ނުފޮރުވޭނެ: މާޒް ސަލީމް
07 އޮކްޓޯބަރު 2025

ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"

07 އޮކްޓޯބަރު 2025
ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"
30 ސެޕްޓެމްބަރު 2025

ސަރުކާރުގެ ރަސްމީ އޮފީހުގެ ތެރޭގައި އަމިއްލަ ޕާޓީ އަށް ފޯމު ފުރުން ކުރިއަށް ގެންދެވި ހޯމް މިނިސްޓަރު އިހުސާނު ކަރަޕްޝަން ހުއްޓުވާނެ ގޮތް ވިދާޅުވެއްޖެ

30 ސެޕްޓެމްބަރު 2025
ސަރުކާރުގެ ރަސްމީ އޮފީހުގެ ތެރޭގައި އަމިއްލަ ޕާޓީ އަށް ފޯމު ފުރުން ކުރިއަށް ގެންދެވި ހޯމް މިނިސްޓަރު އިހުސާނު ކަރަޕްޝަން ހުއްޓުވާނެ ގޮތް ވިދާޅުވެއްޖެ
24 ޖޫން 2025

ޔުމްނު ވެއްޓުނު ހާދިސާ: ރިޕޯޓު ތަންފީޒު ކުރުމަށް އަންގައިފި، އިހުސާނަށް ފިޔަވަޅު އަޅަން އަންގާފައެއް ނެތް

24 ޖޫން 2025
ޔުމްނު ވެއްޓުނު ހާދިސާ: ރިޕޯޓު ތަންފީޒު ކުރުމަށް އަންގައިފި، އިހުސާނަށް ފިޔަވަޅު އަޅަން އަންގާފައެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް