Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްްޑޫ ސިޓީ

އައިބީގެ ދެބަފައިންގެ ސިޔާސީ ބުރަދަނެއް ނެތީބާ؟

ރައީސް މުއިއްޒުގެ އެންމެ އިތުބާރުހުރި ހޯމް މިނިސްޓަރާއި އެ މިނިސްޓަރުގެ ބައްޕަގެ ސިޔާސީ ނުފޫޒު، އަމިއްލަ ރަށު ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު ޔޫ ރިޕޯޓަކާއެކު ވަނީ ފުނޑުފުނޑުވެގެން ގޮސްފައެވެ. އައްޑޫ ސިޓީން ފޭދޫ ވަކިކުރުމަށް ނެގުނު ވޯޓުގައި 75% މީހުން ވޯޓުދިނީ މި ދެބަފައިންނާ ދެކޮޅަށެވެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2025 | އާދީއްތަ 15:04
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އަދި ހޯމް މިނިސްޓަރ އަލީ އިހްސާން

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އަދި ހޯމް މިނިސްޓަރ އަލީ އިހްސާން

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ކެބިނެޓް އެކުލަވާލި ގޮތުން ގިނަބައެއްގެ ފާޑުކިޔުންތައް ކުރިމަތިވެފައިވެއެވެ. މިސަރުކާރަށް 2 އަހަރު ދުވަސް ވެސް އަދި ވެފައި ނުވާއިރު، އޭރެއްގަ ހާސިލް ކުރަން ބޭނުންވާ ސިޔާސީ ލަނޑުދަނޑި އަކަށް ބިނާކޮށް ކެބިނެޓުން މިނިސްޓަރުން ވަކިކޮށް، ރޭވުންތެރިކަމެއް ނެތި އެހެން މިނިސްޓްރީ ތަކަށް ބަދަލުކުރުމަކީ ރައީސް މުއިއްޒު ވަރަށް ގަޔާވެގެން ކުރާ ކަމެއްކަމަށް ދިވެހިރައްޔިތުން ހެކިވާނެއެވެ. މީގެ އިތުރުން ބައެއް ވުޒާރާތައް އުވާލާ އާ މިނިސްޓްރީތައް އުފެއްދުމަކީ ވެސް ކުޅިވަރަކަށް މިސަރުކާރުން ވަނީ ހަދާފައެވެ.

މިހުރިހާ ކަމެއްގެ ތެރެއިންވެސް މިހާރުގެ ހޯމް މިނިސްޓަރު އިހްސާން ހުންނެވީ ރައީސް މުއިއްޒުގެ އަރިހުން ހިމާޔަތް ހޯއްދަވައިގެންނެވެ. ހޯމް މިނިސްޓްރީ އަދި ސީދާ މިނިސްޓަރު އިހްސާން އާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވިއިރު ވެސް ރައީސް މުއިއްޒު ހުންނެވީ ސާބިތުކަމާއެކު، ޑެނިއަލް މަލްޑިނީ އޭނާގެ ރަން ޒާމާނުގައި ޓީމު ދިފާއު ކުރި ވަރަށް ވުރެ ވެސް ފުރިހަމަޔަށް، މިނިސްޓަރު އިހްސާން ދިފާއު ކުރެއްވުމުގައެވެ. ރައްޔިތުން ސުވާލު ކުރަމުން ދިޔައެވެ. ހޯމް މިނިސްޓަރު އިހްސާން އަކީ ހަމަ އެހާ ބާރުގަދަ ބޭފުޅެއްތޯ އެވެ.

މަޖިލިސް އިންތިހާބު ނިމިގެން ދިޔައީ ފޭދޫ ދެކުނު ދާއިރާ އަށް އިބްރާހިމް ދީދީ (އައިބީ) ހޮވިގެންނެވެ. އައިބީ އަކީ މިނިސްޓަރ އިހްސާންގެ ބައްޕަ އަށް ވުމާއެކު، އައްޑޫގައި މެ ދެބަފައިންގެ މަގުބޫލުކަން ވަރަށް ބޮޑުވާނެ ކަމަށް ގަބޫލުކޮށް އޭގެ ހެޔޮ އަސަރު ރައީސް މުއިއްޒުގެ ޕީއެންސީ އަށް ކުރާނެ ކަމަށް އޭރު ގިނަބަޔަކު ދެކުނެވެ. އަދި މި ދެބަފައި ތިބުމުން އަންނަ ރިޔާސީ އިންތިހާބުގައި މި ދެބަފައިން ބޭނުން ކޮށްގެން މުޅި އައްޑޫ އިން ބޮޑު އަގުލަބިއްޔަތެއް ރައީސް މުއިއްޒަށް ލިބޭނެކަމުގެ ފޮނި އުއްމީދު ސަރުކާރުގެ އިސްފަރާތްތަކުން ކުރިއެވެ.

ދެބަފައިންނަށް މިކަމަށް ބޭނުންވާ ކަންކަން އިތުރަށް ފަހިކޮށްދިނުމަށްޓަކާ، އައްޑޫ ސިޓީގެ އާބާދީގެ ބޮޑު އިންސައްތައެއް ހިއްސާ ކުރާ ފޭދޫ، އައްޑޫ ސިޓީ އިން ވަކިކުރަން ވޯޓެއް ނެގުމަށް ރައީސް މުއިއްޒުގެ ހާއްސަ ގަރާރެއްގެ ދަށުން ނިންމެވިއެވެ. ފޭދޫ އައްޑޫ ސިޓީ ކައުންސިލުން ވަކި ވެއްޖެނަމަ އެކަމުގެ ފައިދާ ހުރިހާ ގޮތަކުން ވެސް ސަރުކާރަށް ކުރާނެ ކަން އައިބީގެ ދެބަފައިން އަދި ރައީސް މުއިއްޒު ގެ ބައެއް އަމަލުތަކުން ދިޔައީ ހާމަ ކޮށްދެމުންނެވެ.

ހިޔާލު ހޯދުމުގެ ވޯޓަށް ވަގުތު ކުޑަތަންވެގެން ދިޔަ ވަރަކަށް އައިބީގެ ދެބަފައިންނާ، ސަރުކާރުގެ އިސް ފަރާތްތަކުން ދިޔައީ ފޭދޫގައި ވަކި ކައުންސިލެއް ގާއިމް ކުރުމަށް ތާއީދުކޮށް ކުރި ކެމްޕެއިން ވަރުގަދަ ކުރަމުންނެވެ. ރައްޔިތުންނާ ބައްދަލުކޮށް ޖަލްސާތައް ބާއްވާ، ކެމްޕެއިނަށް ރައީސް މުއިއްޒުގެ އެހީ ވެސް އައިބީގެ ދެބަފައިން ވަނީ ހޯދާފައެވެ. އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކާ ވަޒީފާތައް ބެހުމުގެ އިތުރުން، އެތައް މިލިއަން ރުފިޔާއެއް ބެހި ވާހަކައަކީ ފޭދޫ މީހުން ދައްކާ ތޯތޯ ވާހަކައެއް ނޫނެވެ. ޖުމްލަ ގޮތެއްގައި އިންތިހާބެއް ކާމިޔާބު ކުރުމަށް ކުރާނެ ހުރިހާ ކަމެއް މި ވޯޓާ ދިމާކޮށް އައިބީގެ ދެބަފައިން ވަނީ ކޮށްފައެވެ. މި ވޯޓު ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށް ސަރުކާރުން ވެސް ގަބޫލުކޮށް ވޯޓަށްފަހު އައްޑޫ އަށް ހާއްސަ ދަތުރެއް ކުރުމަށް ރައީސް މުއިއްޒު ވެސް ވަނީ ނިންމަވާފައެެވެ.

ކޮންމެއަކަސް ގާނުނަކަށް ބަދަލުގެނެސް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން ނެގުނު ފުރަތަމަ މިފަދަ ވޯޓުގެ ނަތީޖާ ނިކުތީ ސަރުކާރުން ހީކުރި ގޮތާ މުޅިން ހިލާފަށެވެ. ހޯމް މިނިސްޓަރުގެ ދެބަފައިން ކުރި ވަރުގަދަ ކެމްޕެއިންތައް ބޮލާލާ ޖެހުމަށްފަހު ފޭދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލްގައި ދެމި ތިބުމަށެވެ. އަމިއްލަ އުފަން ރަށުގެ ރައްޔިތުން އައިބީގެ ދެބަފައިނަށް ދިނީ ޔޫ ރިޕޯޓެކެވެ. 616 ވޯޓު، ނުވަތަ 25 އިންސައްތައެވެ.

މިއީ އައްޑޫ ގެ ބައެއް މެމްބަރުނަށް ރައީސް މުއިއްޒު ހުށަހެޅުއްވި މިޑް ޓާމް އިލެކްޝަނެއް ކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. ސަރުކާރުން ހޯދުނުހާ ބާރާ އާރު މުށުތެރެއަށް މަހާލައިގެން ތިބެމެ، އައިބީގެ ދެބަފައިންގެ ސިޔާސީ އެއްވެސް ބުރަދަނެއް މިހާރު ނެތްކަމަށް ގިނަބަޔަކު ބުނެއެވެ. އަމިއްލަ ފަސްގަނޑުން ޔޫ ރިޕޯޓެއް ލިބުނީމާ، ދެން އިތުރަށް މިދެބަފައިނަށް ސިޔާސީ ގޮތުން ރައީސް މުއިއްޒަށް ކޮށްދެވޭނީ ކޮންކަމެއްތޯ، މިހާރު ސަރުކާރުގެ އިސް ފަރާތްތަކުންވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

މިނިސްޓަރ އިހްސާންއިބްރާހިމް ދީދީއައްްޑޫ ސިޓީރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު