Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިން ކޮމިޝަން

ބައެއް ޗެނަލްތަކުން ރޮހިިންޖާގެ މަންޒަރުތައް ބްރޯޑްކާސްޓްކުރަނީ މިންގަނޑާ ޚިލާފަށް: ބްރޯޑްކޮމް

17 ސެޕްޓެމްބަރު 2017 | އާދީއްތަ 09:36

ވިކްޓިމައިޒްވެފައިވާ ފަރާތްތަކުގެ ކޮންޓެންޓް އެ ފަރާތްތަކުގެ ޒާތީ ކަންކަން ރައްކާތެރިކުރެވޭ ގޮތަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 09:36
ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމަށް މިޔަންމާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމަށް މިޔަންމާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ކަމުގެ އަނިޔާ ލިބެމުންދާ ފަރާތްތަކުގެ މަންޒަރުތައް ބްރޯޑްކާސްޓްކުރުމުގައި، އެ ފަދަ މަންޒަރުތައް ބްރޯޑްކާސްޓްކުރުމަށް ކަނޑައެޅިފައިވާ މިންގަޑުތަކާ ޚިލާފަށް ބައެއް ޗެނެލްތަކުން ބްރޯޑްކާސްޓްކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފި އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ހޮނިހިރު ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (4) ގައި ބަޔާންކޮށްފައި ވަނީ، ޤައުމަށާއި މީހުންނަށް ދިމާވާ ހިތާމަވެރި ހާދިސާތަކާއި ޤުދުރަތީ ކާރިސާތަކާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގައި އެ ކޯޑުގެ ދަށުން އެކުލަވާލާފައިވާ “ޤުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން" އަށް ރިއާޔަތްކުރަން ވާނޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، މި ފަދަ ހާދިސާތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބިފައިވާ މީހުންނާއި އެކި ގޮތްގޮތުން އަސަރުކޮށްފައިވާ މީހުންގެ ކޮންޓެންޓް އެބައި މީހުންގެ އިންސާނީ ޤަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ގެނެސްދިނުމާއި ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ހާދިސާތަކާ ބެހޭ ކޮންޓެންޓް ހުށަހެޅުމުގައި މި ފަދަ ހާދިސާތަކުގައި ވިކްޓިމައިޒްވެފައިވާ ފަރާތްތަކުގެ ކޮންޓެންޓް އެ ފަރާތްތަކުގެ ޒާތީ ކަންކަން ރައްކާތެރިކުރެވޭ ގޮތަށް ގެނެސްދިނުމަށް ކޮމިޝަނުން އިލްތިމާސްކޮށްފައި ވެއެވެ.

މީގެ އިތުރުން، ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ހާދިސާތަކުގައި މަރުވާ މީހުންނާއި ގެއްލިފައިވާ މީހުންނާއި އަނިޔާވެ އަދި ޒަޚަމުވާ މީހުންގެ ނަން ނުވަތަ އެއީ ކާކުކަން އެނގޭނެ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާއި ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ހާދިސާތަކުގެ ކޮންޓެންޓް ރިޕީޓްކުރާއިރު ހިތާމަ އާއި ހިތްދަތިކަން އަދި އުފެދިފައިވާ ބިރުވެރިކަން އިތުރުނުވާ ގޮތަށް ގެނެސްދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިފަދަ މަންޒަރުތައް ގެނެސްދޭއިރު ބެލުންތެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށްޓަކައި އެކަން އަންގައިދޭ މެސެޖެއް މިފަދަ ކޮންޓެންޓް ގެނެސްދިނުމުގެ ކުރިން ފޮނުވަންވާނެ ކަމަށް ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 32 ވަނަ މާއްދާގައި ބުނެފައިވާކަން ފާހަގަކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް