Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެއިންތިޚާބު އެއްކޮށްލުން

އިންތިޚާބުތައް އެއްކޮށްލުމުގެ ނިންމުމަށް ފަލާހުގެ ރައްދު: ބަޣާވާތުގެ ބައިވެރިއަކު ރައްޔިތުންނަށް ހެވެއް ނޭދޭނެ

ފަލާހު ވިދާޅުވީ، މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ މުޙައްމަދު މުއިއްޒަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އެކި މަރުޙަލާތަކުގައި މަސައްކަތް ކުރެވުނުއިރު އެއިން އެއްވެސް މަރުޙަލާއެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 04:39
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު | ރާއްޖެއެމްވީ

ބަޣާވާތުގެ ބައިވެރިއަކު ރައްޔިތުންނަށް ހެޔޮއެދޭނެކަމަށް ޤަބޫލު ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަލާހު ވަނީ ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަލާހު ވިދާޅުވީ، މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ މުޙައްމަދު މުއިއްޒަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އެކި މަރުޙަލާތަކުގައި މަސައްކަތް ކުރެވުނުއިރު އެއިން އެއްވެސް މަރުޙަލާއެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ބަދަލުގައި ރައީސް މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެރިކަން ކުރެއްވި ގޮނޑިކޮޅު ރައްޔިތުންނަށް ދައްކަވައިގެން ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދުވަހަކުވެސް އިންނެވި ބޭފުޅެއް ނޫން، އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު އެ ބަޣާވަތް ކުރިއިރު މިބޭފުޅާ ހުންނަވާނެ އެތާ ބޭރުގައި، އޭރުގަ މިނިސްޓަރަކަށް ވަޑައިގެން ވަހީދުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހައުސިންގ މިނިސްޓަރުކަން ކުރައްވާފައި އަދި އެއަށްފަހު ޔާމީނުގެ ވެރިކަމުގައި 5 އަހަރު ހައުސިންގ މިނިސްޓަރުކަން ކުރައްވާފައި، ޔާމީނު އިންނެވި ގޮނޑި ދައްކައިގެން ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލައްވައިގެން ވަޑައިގެންނެވި ބޭފުޅެއް މިއީ، ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރި އެއްވެސް މަރުޙަލާއެއްގައި އެއްވެސް ވަރަކަށް އަމަލީ ގޮތުން ބައިވެރިވެ އުޅުއްވި ބޭފުޅެއް ނޫން އެއީ،
މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަކީ ބަޣާވާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި، އެހެންކަމުން އެފަދަ ބޭފުޅަކު ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާނެކަމަށްވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ކުރެއްވިހާވެސް ކަމަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަރި ކުރަމުން ރާއްޖޭގައި މަގެއް އޮތިއްޔާ، ހުސް ތަންކޮޅެއް އޮތިއްޔާ ގޮޅި ޖަހާފައި ޕާކިންގ ސްލޮޓެއްގެ ގޮތުގައި ވިއްކާލާފައި ކައުންސިލަށް އެ ލާރި ނަގަމުން ވަޑައިގެންނެވި ބޭފުޅެއްގެ ވާހަކަ މި ދައްކަނީ، ކަނޑައެޅިގެން އަޅުގަނޑަށް އެނގޭ ވާހަކަތަކެއް މި ދައްކަނީ އިނގޭތޯ
މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

މީގެ އިތުރުން، މާލޭ ސިޓީ ކައުންސިލަށް އަލިއަޅުވާލައްވައި ފަލާހު ވިދާޅުވީ، މިއަދު ކައުންސިލުގައި އޮތީ ޕީއެންސީގެ މެޖޯރިޓީ ކަމަށާއި، ކަންކަން ނުކުރެވި އޮތްނަމަ އެކަމުގެ ޒިންމާ އެފަރާތްތަކުން ނަގަން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުންވެސް ފަލާޙު ވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ނުވިސްނައި ކުރަމުންދާ ކަންކަން ގިނަކަން ފާހަގަ ކުރައްވައި އެކަންކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ.

އިންތިޚާބު އޮޅުވާލުންމުހައްމަދު ފަލާހުސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު

ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު

02 މާރިޗު 2026
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

02 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ

ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ

26 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

17 ޖެނުއަރީ 2026
ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު