Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ނުވެއްދުމަށް ގޮވާލާ ލަންކާ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަނީ

ސްރީލަންކާގެ އާބާދީގެ 70 އަށް ވުރެ ބޮޑު ބައެއް ބުޑިސްޓުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 01:30
ރޮހިންޖާ މުސްލިމުން އެހެން ޤައުމަކަށް ހިޖުރަ ކުރަނީ

ރޮހިންޖާ މުސްލިމުން އެހެން ޤައުމަކަށް ހިޖުރަ ކުރަނީ

މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުން ގެންދާ ޖަރީމާތަކަށް ފިލުމަށް މިޔަންމާއިން ބޭރުވާ ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ވަނަ ނުދިނުމަށް ގޮވާލާ ސްރީލަންކާގެ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ. އިންޑިޕެންޑެންޓު ސްކެއާގައި އިއްޔެ ބޭއްވި އެއްވުމެއްގައި ކޮލޮމްބޯގައި ހަރަކާތްތެރިވާ ބުޑިސްޓުގެ އެންމެ ބޮޑެތި ގުރޫޕުތަކުން ބައިވެރިވެ އެ ޕެޓިޝަންގައި ސޮއިކޮށްފައިވެއެވެ. ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުންދާ އިރު އެކަމުގައި އިސްކޮށް ތިބީ މިޔަންމާގެ ބުޑިސްޓުންނެވެ. ސްރީލަންކާގެ އާބާދީގެ 70 އަށް ވުރެ ބޮޑު ބައެއް ބުޑިސްޓުން ހިއްސާ ކުރެއެވެ. ރޮހިންޖާ މުސްލިމުން އެރުވުމާ ދެކޮޅަށް ބުޑިސްޓުން ބޮޑު ޕެޓިޝަނެއްގައި ސޮއި ކުރަމުންދާއިރު އިންޑިއާގެ ބޯޑަރު މަތީ ހިސާބުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް ރޮހިންޖާ މުސްލިމުން ވަނަ ނުދިނުމަށް ފިޔަވަޅުއަޅަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ. މިދިޔަ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގަން ފެށި ފަހުން 370000އަށްވުރެ ގިނަ މީހުންވަނީ ބަންގުލަދޭޝަށް ވަދެފައެވެ. ބަންގަލަދޭޝްއިން އެމީހުން ބަލަހައްޓަމުންދިޔަ ނަމަވެސް އެޤައުމުގެ ޤާނޫން ހަދާ މަޖިލީހުން ވަނީ ރޮހިންޖާ މުސްލިމުން އެނބުރި މިޔަންމާއަށް ދާން ޖެހޭނެ ކަމަށް ފާސްކޮށްފައެވެ. އަދި ބަނގަލްދޭޝްއިން ވަނީ ރޮހިންޖާގެ މުސްލިމުންގެ މައްސަލަ ހައްލުކުރުމަކީ މިޔަންމާ ސަރުކާރަށް ކުރެވޭނެ ކަމެއްކަމަށާއި އެކަން އެގޮތައް އެކަން ކުރުމަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު