Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރާނީގެ ސިޓީ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ތުއްޕުޅު ދުވަސްވަރު އަތްޕުޅުން ލިޔުއްވާފައިވާ ސިޓީއެއް ނީލަން ކިޔުމަށް ތައްޔާރުވެއްޖެ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ، އުމުރުފުޅުން 10 އަހަރާއި 12 އަހަރާ ދެމެދުގައި ލިޔުއްވާފައިވާ މި ސިޓީއަކީ ގަނޑުވަރުގެ އިސް މުވައްޒަފަކަށް ފޮނުއްވި ސިޓީއެއް. ކުރެހުންތަކާއި ޝައުގުވެރި ސުވާލުތައް ހިމެނޭ މި ތާރީޚީ ލިޔުން ފެނިފައިވަނީ އެ މުވައްޒަފުގެ އާއިލާގެ މީހަކު މަރުވުމުން އޭނާގެ ތަކެތި ބަލައި ފާސްކުރަނިކޮށް.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 18:20
ޖުލައި 1936 ގައި، ލަންޑަންގެ 145 ޕިކަޑިލީގައި ހުންނަ އެކަމަނާގެ ގެކޮޅުގައި، ޕްރިންސަސް އެލިޒަބަތު (ފަހުން ކުއީން އެލިޒަބަތު II) ނަގާފައިވާ ފޮޓޯ އެއް.

ޖުލައި 1936 ގައި، ލަންޑަންގެ 145 ޕިކަޑިލީގައި ހުންނަ އެކަމަނާގެ ގެކޮޅުގައި، ޕްރިންސަސް އެލިޒަބަތު (ފަހުން ކުއީން އެލިޒަބަތު II) ނަގާފައިވާ ފޮޓޯ އެއް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ ތުއްޕުޅު ދުވަސްވަރު އަމިއްލަފުޅު އަތްޕުޅުން ލިޔުއްވާފައިވާ ސިޓީއެއް ނީލަން ކިޔުމަށް ތައްޔާރުވެއްޖެއެވެ. މި ސިޓީ ނީލަމުގައި 4،000 ޕައުންޑަށް ވުރެ މަތީ އަގަކަށް ވިކޭނެ ކަމަށް ބެލެވެ އެވެ.

ވިންޑްސަރގައި ހުންނަ ރޯޔަލް ލޮޖްގެ ހެޑް ހައުސްމެއިޑް އަށް އެޑްރެސްކޮށް ލިޔުއްވާފައިވާ މި އެއް ސަފުހާގެ ސިޓީގައި ކުއްތާއާއި، އަހާއި އަދި ކުޑަކުދިންގެ ކުރެހުންތައް ހިމެނެއެވެ. އަދި އެ ސިޓީގައި "ދޫނިތަކުގެ ހާލު ރަނގަޅުތޯއާއި، ގޯލްޑްފިޝްތައް މަރުނުވޭތޯ" ރާނީ ސުވާލު ކުރައްވާފައިވެއެވެ.

ނީލަން ކިޔާ ފަރާތުން ބުނި ގޮތުގައި، އޭރުގެ ޕްރިންސަސް އެލިޒަބަތު މި ސިޓީ ލިޔުއްވާފައިވަނީ 1936 އާއި 1940 އާ ދެމެދުގެ ދުވަސްވަރެއްގައި ކޯންވޯލްގެ ޕްރާ ސޭންޑްސްގައި ހުންނަވަނިކޮށެވެ. އެއީ އެކަމަނާގެ އުމުރުފުޅުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ދުވަސްވަރެވެ.

ޕެންސްހަރސްޓްގައި މި ސިޓީ ނީލަން ކިޔުމުގެ މަސައްކަތް ކުރަމުންދާ ހެންސަންސް އޮކްޝަނިއާސްގެ ޖަސްޓިން މެތިއުސް ބުނީ، ބައިނަލްއަގުވާމީ ނީލަމުގެ ދާއިރާގައި އޭނާ ހޭދަކުރި 27 އަހަރުގެ ތެރޭގައި މިހާ ސަޅި އެއްޗެއް ދުވަހަކުވެސް ފެނިފައިނުވާ ކަމަށެވެ.

މި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ނީލަން ކިޔުމަށް ހަމަޖެހިފައިވާ މި ސިޓީގައި، މިހާރު އަވަހާރަވެފައިވާ ރާނީ ބިންނަވާފައިވާ "ޕްރިމްރޯސް" މާތަކެއްގެ ވާހަކަވެސް ފާހަގަކުރައްވާފައިވެ އެވެ. އަދި އެ މާތައް ރޯޔަލް ލޮޖްގެ މުވައްޒަފުންގެ މެދުގައި ބެހުމަށް އެކަމަނާ އެދިވަޑައިގެންފައިވެ އެވެ.

މި ސިޓީއަކީ ރޯޔަލް ލޮޖްގެ ކުރީގެ ހެޑް ހައުސްމެއިޑް ބިއެޓްރިސް ސްޓިލްމަން އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީތަކުގެ ތެރެއިން ފެނުނު ސިޓީ އެކެވެ.

މަސްދަރު: ބީބީސީ

ރާނީ އެލިޒަބަތު ދެ ވަނަވިންޑްސަރރޯޔަލް ލޮޖްހެންސަންސް އޮކްޝަނިއާސްބިއެޓްރިސް ސްޓިލްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާނީ އަށް އައުޓްސްޓޭންޑިން އެވޯޑެއް ލިބިއްޖެ

ރާނީ އަށް އައުޓްސްޓޭންޑިން އެވޯޑެއް ލިބިއްޖެ

09 އޮކްޓޯބަރު 2017
"މަލަންގް" އިން ރާނީ އާއި ސަންޖޭ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

"މަލަންގް" އިން ރާނީ އާއި ސަންޖޭ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

03 ސެޕްޓެމްބަރު 2017
ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

04 އޯގަސްޓު 2017
"މުންނާ މައިކަލް" ރިލީޒްކުރާނީ 21 ޖުލައިގައި

"މުންނާ މައިކަލް" ރިލީޒްކުރާނީ 21 ޖުލައިގައި

05 ޖުލައި 2017
އެމެރިކާގެ ރީތީގެ ރާނީއަކަށް ސައިންޓިސްޓް ކާރާ މަކާލޯ އަށް!

އެމެރިކާގެ ރީތީގެ ރާނީއަކަށް ސައިންޓިސްޓް ކާރާ މަކާލޯ އަށް!

15 މެއި 2017

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު