Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ރޭންކިން

ރާއްޖެއަށް 12 ދަރަޖައިގެ ވެއްޓުމެއް، ބްރެޒިލް ވައްޓާލުމަށްފަހު ޖަރުމަން އެއްވަނައަށް

ރާއްޖެއަށް މިފަހަރު ލިބިފައިވަނީ 154 ވަނަ، މިއީ 12 ދަރަޖައިގެ ވެއްޓުމެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 ސެޕްޓެމްބަރު 2017 | ހުކުރު 09:39
ރާއްޖޭގެ ގައުމީ ޓިމް

ރާއްޖޭގެ ގައުމީ ޓިމް

ސެޕްޓެމްބަރު މަހު ނެރުނު ފީފާ ރޭންކިންގައި ރާއްޖެ 12 ދަރަޖަ ވެއްޓުނު އިރު ބްރެޒިލް ފަހަތަށް ޖައްސާލުމަށްފަހު ރޭންކިންގެ އެއްވަނަ ޖަރުމަނު ހޯދައިފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ރޭންކިންގައި ރާއްޖެއަށް މިފަހަރު ލިބިފައިވަނީ 154 ވަނައެވެ. މިއީ 12 ދަރަޖައިގެ ވެއްޓުމެކެވެ. މި ސަރަހައްދުގެ އެއްވަނަ މިފަހަރުވެސް އަވަށްޓެރި އިންޑިއާއިން ހޯދިއިރު ސާކްގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށުން ރޭންކް ކުރެވިފައިވަނީ ޕާކިސްތާނެވެ. އެގޮތުން 107 ވަނައިގައި އިންޑިއާ ރޭންކް ކުރެވުނުއިރު ޕާކިސްތާން ރޭންކް ކުރެވިފައިވަނީ 200 ވަނައިގައެވެ. އަފްޢާނިސްތާނަށް 158 ވަނަ ލިބޭއިރު 174 އަދި 175 ގައި ރޭންކް ކުރެވިފައި ވަނީ ބޫޓާންއާއި ނޭޕާލްއެވެ. 196 ވަނައިގައި ބަންގްލަދޭޝް އޮތްއިރު 198 ވަނައިގައި އޮތީ ސްރީލަންކާއެވެ.

ފީފާ ރޭންކިންގެ އެއްވަނައަށް މިވަގުތު ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ތިބި ޖަރުމަނު ޖެހިލީ އެއް ދަރަޖައިގެ ކުރިއެރުމަކާއެކު 1606 ޕޮއިންޓު ހޯދައިގެންނެވެ. ބްރެޒިލް ދެވަނައަށް ވެއްޓިފައިވާއިރު ތިން ދަރަޖައިގެ ކުރިއެރުމަކާއެކު ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް ވަނީ ރޭންކިންގެ ތިންވަނައަށް ޖެހިލާފައެވެ. އާޖެންޓީނާއަށް ހަތަރުވަނަ ލިބޭއިރު ހަތަރު ދަރަޖައިގެ ކުރިއެރުމަކާއެކު ބެލްޖިއަމް ވަނީ ރޭންކިންގެ ފަސްވަނައަށް ޖެހިލާފައެވެ.

ފީފާ ރޭންކިންގެ ގަދަ 10 އެއްގައި ދެން ހިމެނޭ ގައުމުތަކަކީ ޕޮލެންޑް، ސުވިޒަލޭންޑް، ފްރާންސް، ޗިލީ އަދި ކޮލޮމްބިއާއެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަނުން ކަމަށްވާ ސްޕެއިން ރޭންކް ކުރެވިފައިވަނީ 11 ވަނައިގައެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 30 ވަނަ ލިބުނު މިސްރެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައިވަނީ 14 ވަނައިގަ އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 25 ވަނައިގައި ރޭންކް ކުރެވިފައިވާ އީރާންއެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 113 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މި މަހު ނެރުނު ރޭންކިންގެ އެންމެ ފުލުގައި އޮތީ ޓޮންގާއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

06 އެޕްރީލު 2017
ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި
29 މާރިޗު 2017

ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

29 މާރިޗު 2017
ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް
24 މާރިޗު 2017

ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

24 މާރިޗު 2017
ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު