Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑައިމަންޑް ޖުބިލީ ކަޕް

ސީއެޗްއެސްއީ މާލެ އިން ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބު ކޮށްފި

16 ފެބުރުއަރީ 2026 | ހޯމަ 06:57

ފައިނަލް މެޗުގައި ސީއެޗްއެސްއީ މާލެ އިން ވަނީ 4-1 އިން އަހުމަދިއްޔާގެ މައްޗަށް ކުރި ހޯދާފައި. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ފެބުރުއަރީ 2026 | ހޯމަ 06:57
ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގެ ތަށި ސީއެޗްއެސްއީ މާލެ އިން އުފުލާލަނީ

ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގެ ތަށި ސީއެޗްއެސްއީ މާލެ އިން އުފުލާލަނީ | އެފްއޭއެމް

ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، 19 އަހަރުން ދަށަށް ކުރިއަށް ގެންދިޔަ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ސީއެޗްއެސްއީ މާލެ އިން ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ސީއެޗްއެސްއީ މާލެ އިން ވާދަކޮށްފައި ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއާ އެވެ. ފައިނަލް މެޗުގައި ސީއެޗްއެސްއީ މާލެ އިން ވަނީ 4-1 އިން އަހުމަދިއްޔާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ސީއެޗްއެސްއީ މާލެ އަށް ލީޑު ނަގައިދިނީ އަޙުމަދު މިކްޔަލް މުއީން އެވެ. އޭގެ ފަހުން މެޗުގެ 65 ވަނަ މިނެޓުގައި އަހުމަދިއްޔާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އަހުމަދިއްޔާ އަށް ޖަހައިދިނީ އަލީ އަލާން އަޝްރަފް އެވެ.

އަހުމަދިއްޔާ އިން ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓުގެ ތެރޭގައި ސީއެޗްއެސްއީ މާލެ އިން ދެ ވަނަ ފަހަރަށް ލީޑު ނެގި އެވެ. އެއީ އިސްމާއީލް ޝާމިލް ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ސީއެޗްއެސްއީ މާލޭގެ ތިން ވަނަ ލަނޑު ޖެހީ މުޙައްމަދު ސާއިމް އިބްރާހީމް ފާއިޒް އެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމުގެ ފަހު ލަނޑު ޖެހީ މިކްޔަލް އެވެ. 

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މުބާރާތް ކުރިއަށް ގެންދިޔައީ ހަތަރު ޓީމުގެ މެދުގަ އެވެ. އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު، އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށް ވަނީ މުބާރާތުގެ ފައިނަލްގެ ޖާގަ ލިބިފަ އެވެ. 

ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް 2026

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2026

އަހުމަދިއްޔާ އާއި ވިލާ އެއްވަރު، ސީއެޗްއެސްއީ މާލެ އަށް ދެ ވަނަ މޮޅު

10 ފެބުރުއަރީ 2026
އަހުމަދިއްޔާ އާއި ވިލާ އެއްވަރު، ސީއެޗްއެސްއީ މާލެ އަށް ދެ ވަނަ މޮޅު
08 ފެބުރުއަރީ 2026

ފުރަތަމަ މޮޅު އަހުމަދިއްޔާ އާއި، ސީއެޗްއެސްއީ މާލެ އަށް

08 ފެބުރުއަރީ 2026
ފުރަތަމަ މޮޅު އަހުމަދިއްޔާ އާއި، ސީއެޗްއެސްއީ މާލެ އަށް
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް