Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ނޯބޫ ހޮސްޕިޓާލިޓީ

މަޝްހޫރު ނޯބޫ އިން ލ. އަތޮޅުގައި ޒަމާނީ ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި

ލާމު އަތޮޅު މުންނަފުށީގައި ތަރައްގީކުރާ މި ރިސޯޓުގައި، ޖުމްލަ 56 ވިލާގެ އިތުރުން "ނޯބޫ އައިލެންޑް އެސްޓޭޓް ރެސިޑެންސަސް" ގެ ނަމުގައި އަމިއްލަ ރަށްތަކެއްގައި ހުންނަ 10 ރެސިޑެންސް ހިމެނޭ. ޖަޕާނުގެ ސަގާފަތާއި ގުދުރަތީ ރީތިކަން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި ފެސިލިޓީ ގައި، ދުނިޔޭގެ ފެންވަރުގެ ރެސްޓޯރަންޓްތަކާއި، ސްޕާ އަދި ޕްރައިވެޓް ޔޮޓް ފަދަ ލަގްޒަރީ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބުނޭ.

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 16:24
ނޯބޫ މޯލްޑިވްސް

ނޯބޫ މޯލްޑިވްސް | ނޯބޫ

ނޯބޫ ހޮސްޕިޓާލިޓީން، ލާމު އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މުންނަފުށީގައި "ނޯބޫ ހޮޓެލް، ރެސިޑެންސަސް އެންޑް ރެސްޓޯރަންޓް މޯލްޑިވްސް" ހުޅުވަން ނިންމާފައިވާކަން އެ ކުންފުނިން އިޢުލާންކޮށްފި އެވެ. ސަރަޓް އިންޓަރނޭޝަނަލްއާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ނޯބޫ ބްރޭންޑުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫޢެވެ.

ނޯބޫ ހޮސްޕިޓާލިޓީ އަކީ މުޅި ދުނިޔެއަށް މަޝްހޫރު ލަގްޒަރީ ލައިފްސްޓައިލް ބްރޭންޑެކެވެ. މި ބްރޭންޑް އުފެއްދެވީ މަޝްހޫރު ޝެފް ނޯބޫ މަޓްސުހިސާ އާއި، އެކްޓަރު ރޮބަޓް ޑި ނީރޯގެ އިތުރުން ފިލްމު ޕްރޮޑިއުސަރު މެއިރ ޓެޕާ އެވެ. 1994 ވަނަ އަހަރު ނިއުޔޯކްގައި ހުޅުވި އެންމެ ޖަޕަނީޒް-ފިއުޝަން ރެސްޓޯރެންޓަކުން ފެށި މި މަސައްކަތް، މިއަދު ވަނީ ދުނިޔޭގެ ފަސް ބައްރަކަށް ފެތުރި، ލަގްޒަރީ ހޮޓާތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން އަމިއްލަ ރެސިޑެންސްތައް ހިމެނޭ ބޮޑު ހޮސްޕިޓާލިޓީ ވިއުގައަކަށް ބަދަލުވެފަ އެވެ.

Advertisement - businessAdvertisement

ނޯބޫ އިން ތަރައްގީކުރާ މި ރިސޯޓުގައި، އެއް ކޮޓަރި އަދި ދެ ކޮޓަރީގެ 26 ބީޗް ވިލާގެ އިތުރުން، އެއް ކޮޓަރި އަދި ދެ ކޮޓަރީގެ 30 އޯވަަރވޯޓަރ ވިލާ ހިމެނޭނެއެވެ. މި ކޮންމެ ތަނަކުން ވެސް ފެނިގެންދާނީ ނޯބޫ ބްރޭންޑަށް ޚާއްޞަ، ސާދާ ފަރުމާތަކާއި، ގުދުރަތީ ސިފަތަކުގެ އިތުރުން، އަމިއްލަވަންތަކަމާއި މުއްސަނދިކަން ރަމްޒުކޮށްދޭ ހިތްފަސޭހަ ކުލަތައް ކަމަށް ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.

މި މަޝްރޫޢުގެ އެންމެ ތަފާތު ސިފައަކީ "ނޯބޫ އައިލެންޑް އެސްޓޭޓް ރެސިޑެންސަސް" ގެ ނަމުގައި ތަރައްގީކުރާ، ކޮންމެ ރެސިޑެންސެއް ވަކި އަމިއްލަ ރަށެއްގައި ހުންނަ ގޮތަށް ފަރުމާކޮށްފައިވާ 10 ރެސިޑެންސެވެ. މިއީ ރާއްޖޭގައި އަމިއްލަ ރަށެއްގެ މިލްކުވެރިކަން ހޯދުމަށް ލިބޭނެ ވަރަށް މަދު އަދި އެހާމެ އަގުހުރި ފުރުޞަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ރެސިޑެންސަސްތަކުގެ ވެރިންނަށް ނޯބޫގެ ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ އާއި، ކެއިންބުއިމުގެ ޚިދުމަތްތަކާއި، ރިސޯޓުގެ އެހެނިހެން ވަސީލަތްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮންމެ "ނޯބޫ އައިލެންޑް އެސްޓޭޓް ރެސިޑެންސް" އަކުން ވެސް ނޯބޫގެ މުއްސަނދި ދިރިއުޅުން ތަޖުރިބާކޮށްލެވޭނެ އެވެ. އެގޮތުން، ލަގްޒަރީ ކޮޓަރިތަކާއި ފާޚާނާތަކުގެ އިތުރުން، މުނިފޫހިފިލުވުމަށް ޚާއްޞަ ތަނަވަސް ޕެވިލިއަން ސްޓައިލްގެ ލިވިންގ އަދި ޑައިނިންގ އޭރިއާތަކާއި، މޫދަށް ސީދާ ފޭބޭ ގޮތަށް ހުންނަ އަމިއްލަ ގޮނޑުދޮށްތައް ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ ރެސިޑެންސަކަށް ޚާއްޞަ ޕްރައިވެޓް ޔޮޓެއް އޮންނާނެއެވެ. އިންޑިއާ ކަނޑުގެ ހިތްގައިމު މަންޒަރުތައް ފެންނަ މި ރެސިޑެންސަސްތަކުގެ ވެރިންނަށް ފުރިހަމަ މިނިވަންކަމާއި އަމިއްލަވަންތަކަން ލިބިގެންދާއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލޯންޗެއްގައި ރިސޯޓުގެ ރެސްޓޯރަންޓްތަކާއި، ސްޕާ، ފިޓްނަސް ސެންޓަރު އަދި އެހެނިހެން ޚިދުމަތްތަކަށް ދެވޭނެ އެވެ.

މި ރިސޯޓުގެ އެންމެ މުހިންމު އެއް ވަސީލަތަކީ ވަކި ރަށެއްގައި ހުންނަ، ލައުންޖް ހިމެނޭ ނޯބޫ ރެސްޓޯރަންޓެވެ. މިތަނުން ޝެފް ނޯބޫގެ މަޝްހޫރު "ޖަޕަނީޒް ޕެރޫވިއަން" ކާއެއްޗެހި ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ފުރިހަމަ ޚިދުމަތްދޭ ސްޕާއަކާއި، އެންމެ ޒަމާނީ ފިޓްނަސް ވަސީލަތްތަކާއި، ޑައިވިންގ ސެންޓަރާއި، ޓެނިސް ކޯޓުތަކާއި، އިވެންޓްތައް ބޭއްވުމަށް ޚާއްޞަ ތަންތަނުގެ އިތުރުން، ހިތްފަސޭހަ ސްވިމިންގ ޕޫލު ވެސް ހިމެނެއެވެ. ރިސޯޓުގެ އާކިޓެކްޗަރާއި އިންޓީރިއާ ފަރުމާކޮށްފައިވަނީ ޖަޕާނުގެ ސަގާފަތުން އިންސްޕިރޭޝަން ހޯދައިގެން، ރަށުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ މަންޒަރުތަކާ ގުޅޭނެ ފަދަ ޒަމާނީ ގޮތަކަށެވެ.

ނޯބޫ އިން ތަރައްގީ ކުރާ މި ފެސިލިޓީ އޮންނަނީ ލ. އަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ މުންނަފުށި ކިޔާ ކުޑަ ރަށެއްގެ ވަށައިގެންނެވެ. މި ރަށަށް ޒިޔާރަތްފުށިވެސް ކުރިން ކިޔާ އުޅުނެވެ.

ނޯބޫ ހޮސްޕިޓާލިޓީލ އަތޮޅުސަރަޓް އިންޓަރނޭޝަނަލްލ. މުންނަފުށި

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

30 އޮކްޓޯބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަނީ

ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަނީ

14 އެޕްރީލު 2025
ލ.އަތޮޅު ޗެމްޕިއަންކަން ތުނޑީ ފުޓްބޯޅަ ކްލަބަށް!

ލ.އަތޮޅު ޗެމްޕިއަންކަން ތުނޑީ ފުޓްބޯޅަ ކްލަބަށް!

22 ޖުލައި 2024
އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!

އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!

26 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު