Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓްރެޑްމިލް ގައި ދުވުމުގެ ރެކޯޑު

ބްރެޒިލްގެ ފިރިހެނަކު 24 ގަޑިއިރު ޓްރެޑްމިލްގައި ދުވެގެން ރެކޯޑެއް ހަދައިފި

އަމިއްލަ ނަފްސާނީ އަދި ޖިސްމާނީ ގާބިލިއްޔަތު އިމްތިހާނުކުރުމަށް ޝައުގުވެރިވާ މި ދުވުންތެރިޔާ މީގެ ކުރިން ވެސް ވަނީ އުނދަގޫ ހާލަތްތަކުގައި ދުވެގެން ދުނިޔޭގެ ރެކޯޑުތައް މުގުރާލާފައި. އޭނާ މި ފަހަރުގެ ގޮންޖެހުން ކުރިމަތިލީ އެއް ތަނެއްގައި ހުރެގެން ދުވުމަކީ އޭނާ އެންމެ ފޫހިވާ ކަންތައް ކަމަށްވާތީ، އެކަން ބަދަލުކުރުމުގެ މަގުސަދުގައި.

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 10:40
ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ހުންނަ ހާމަ ފިޓްނަސް ސެންޓަރެއްގައި ބެހެއްޓިފައި ހުރި ޓްރެޑްމިލެއްގައި، ޕެޕޭ ފިއަމޮންސިނީ 188 ކިލޯމީޓަރު (116 މޭލު) އަށް ވަނީ ދުވެފައި.

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ހުންނަ ހާމަ ފިޓްނަސް ސެންޓަރެއްގައި ބެހެއްޓިފައި ހުރި ޓްރެޑްމިލެއްގައި، ޕެޕޭ ފިއަމޮންސިނީ 188 ކިލޯމީޓަރު (116 މޭލު) އަށް ވަނީ ދުވެފައި. | އޭއެފްޕީ

ކުޅިވަރުގެ ރެކޯޑުތައް މުގުރާލުމަށް ޝައުގުވެރިކަން ހުންނަ ބްރެޒިލްގެ ފިރިހެނަކު، އޭނާއަށް ތަސައްވަރު ކުރެވުނު އެންމެ ފޫހި ޗެލެންޖް ކަމަށްވާ 24 ގަޑިއިރު ވަންދެން ޓްރެޑްމިލްއެއްގައި ދުވުމުގެ ރެކޯޑު ބުރާސްފަތި ދުވަހު މުގުރާލައިފި އެވެ.

ޕެޕޭ ފިއަމޮންސިނީ ވަނީ ރިއޯ ޑި ޖެނީރޯގެ އިޕަނެމާ ބީޗުގައި ހުންނަ އައުޓްޑޯ ޖިމެއްގައި ހުރި ޓްރެޑްމިލްއެއްގައި 188 ކިލޯމީޓަރު (116 މޭލު) ދުވެފައެވެ. މިއީ ގާތްގަނޑަކަށް ހަތަރު މެރަތަންގެ ރޭހަށްވުރެ ވެސް ދިގު ރާސްތާއެކެވެ.

ލައިވް ސްޓްރީމް މެދުވެރިކޮށް މި ހަރަކާތް ބެލި އޮފިޝަލުން މި ކަން ކަށަވަރުކުރުމުން، މިއީ އޭނާ ހޯދާ ތިންވަނަ ގިނިސް ވޯލްޑް ރެކޯޑަށް ވެގެންދާނެ އެވެ.

އުމުރުން 35 އަހަރުގެ ފިއަމޮންސިނީ މި ދުވުމުގެ ތެރޭގައި މެދުކަނޑާލާފައި ވަނީ ހަމައެކަނި ޓެނިސް ބަދަލުކުރުމަށާއި ފާޚާނާއަށް ދިއުމަށް ނެގި ކުރު ވަގުތުކޮޅުތަކުގަ އެވެ.

އޭއެފްޕީ ނޫހަށް މައުލޫމާތު ދެމުން ފިއަމޮންސިނީ ބުނީ އޭނާއަކީ އަމިއްލަ ގާބިލިއްޔަތު ހުރި މިންވަރު ބަލަން ބޭނުންވާ، އާ ކަންކަން ތަޖުރިބާކުރަން ޝައުގުވެރިވާ މީހެއް ކަމަށެވެ. އޭނާ ކުޅިވަރުގެ ތެރެއަށް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި، "އަޔަން މޭން" ޓްރިއެތްލޯންގައި ބައިވެރިވި ހިސާބުންނެވެ.

އެ ކާމިޔާބީއަށްފަހު، އޭގެ ދެގުނަ ދިގު ރާސްތާއެއް ކަމަށްވާ "އަލްޓްރާ މޭން" ފުރިހަމަކޮށް، އޭނާގެ އަމާޒު ގިނިސް ވޯލްޑް ރެކޯޑުތަކަށް ދިޔަ އެވެ.

އޭނާ އެންމެ ފުރަތަމަ ރެކޯޑެއް މުގުރާލީ 2023 ވަނަ އަހަރުގެ މޭ މަހުގަ އެވެ. އެއީ ބޮލީވިއާގެ އުޔޫނީ ސޯލްޓް ފްލެޓްސް ހުރަސްކޮށް، 33 ގަޑިއިރަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި 170 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކޮށްގެންނެވެ.

ކަނޑުގެ ސަތަހައަށްވުރެ 3,600 މީޓަރު އުހުގައި އޮންނަ އެ ސަރަހައްދަކީ ދުވާލު ގަޑީގައި ހޫނުމިން 30 ޑިގްރީ ސެލްސިއަސްއަށް އަރާ، އަދި ރޭގަނޑު މައިނަސް 10 ޑިގްރީ ސެލްސިއަސްއަށް ފިނިވާ، މޫސުން އިންތިހާއަށް ގޯސް ސަރަހައްދެކެވެ.

މީގެ ކުރިން އެ ރެކޯޑު އޮތީ 55 ގަޑިއިރުން އެ ސަރަހައްދު ހުރަސްކުރި މީހެއްގެ އަތުގަ އެވެ.

މިފަދަ އުނދަގޫ ގޮންޖެހުންތައް ކާމިޔާބު ކުރުމަށްފަހު، އޭނާ ބޭނުންވީ އޭނާގެ ނަފްސާނީ ގާބިލިއްޔަތު ހުރި މިންވަރު އިމްތިހާނު ކުރާށެވެ.

އޭނާ ބުނި ގޮތުގައި، އޭނާ އެންމެ ފޫހިވާ އަދި އެންމެ ނުރުހޭ ކަމަކީ އެއް ތަނެއްގައި ހުރެގެން ހުއްޓުމެއް ނެތި ދުވުމެވެ. އެހެންކަމުން އެކަން ގޮންޖެހުމެއްގެ ގޮތުގައި ނެގީ އެވެ.

ބުރާސްފަތި ދުވަހު ނިންމާލި މި ބޮޑު ގޮންޖެހުމަށް ތައްޔާރުވުމުގެ ގޮތުން، ފިއަމޮންސިނީ ވަނީ މިދިޔަ އޮކްޓޯބަރު މަހު ޓްރެޑްމިލްއެއް ގައި 12 ގަޑިއިރުން 110 ކިލޯމީޓަރު ދުވެ، އޭނާގެ ދެވަނަ ގިނިސް ރެކޯޑު ގާއިމުކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

ޕެޕޭ ފިއަމޮންސިނީބްރެޒިލްގިނިސް ވާރލްޑް ރިކޯޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލު ތެރެއަށް ބޮލްސޮނާރޯ ވެއްޓި ބޯ ފެޅިއްޖެ، ހޮސްޕިޓަލަށް ގެންދަން އެދުމުން ފުރުސަތު ނުދިން

ޖަލު ތެރެއަށް ބޮލްސޮނާރޯ ވެއްޓި ބޯ ފެޅިއްޖެ، ހޮސްޕިޓަލަށް ގެންދަން އެދުމުން ފުރުސަތު ނުދިން

08 ޖެނުއަރީ 2026
ބަޣާވާތް ރޭވި ކަމުގެ ތުހުމަތުގައި ބޮލްސޮނާރޯގެ އަރިސް މީހެއް ކަމަށްވާ، ފުލުހުންގެ ކުރީގެ އިސް އޮފިސަރެއް ހައްޔަރު ކޮށްފި

ބަޣާވާތް ރޭވި ކަމުގެ ތުހުމަތުގައި ބޮލްސޮނާރޯގެ އަރިސް މީހެއް ކަމަށްވާ، ފުލުހުންގެ ކުރީގެ އިސް އޮފިސަރެއް ހައްޔަރު ކޮށްފި

29 ޑިސެމްބަރު 2025
ސާޖަރީ ކުރުމަށް، ޖަލުގައި ހުންނެވި ބޮލްސޮނާާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި

ސާޖަރީ ކުރުމަށް، ޖަލުގައި ހުންނެވި ބޮލްސޮނާާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި

25 ޑިސެމްބަރު 2025
ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

20 ޑިސެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު