Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ޗެމްޕިއަންސް ލީގު: ބެސިކްޓަސް ފަސޭހަކަމާއެކު މޮޅުވިއިރު، މޮނާކޯ މެޗު އެއްވަރުވެއްޖެ.

ބެސިކްޓަސް 1-3 އިން މޮޅުވިއިރު، މޮނާކޯ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިން.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 04:59
ބެސިލްޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ.

ބެސިލްޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބެސިކްޓަސް ފަސޭހަ ކަމާއެކު މޮޅުވިއިރު، މޮނާކޯ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ބެސިކްޓަސް މޮޅުވެފައިވަނީ ޕޯޓޯއާ ވާދަކޮށް 1-3 ގެ ނަތީޖާއިންނެވެ.

ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބެސިކްޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ މެޗުގެ 13 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. ރިކާޑޯ ކޮރެސްމާގެ އެހީތެރިކަމާއެކު މި ލަނޑު ބެސިކްޓަސްއަށް ކާމިޔާބު ކޮށްދިނީ ޓެލިސްކާއެވެ.

އެހެން ނަމަވެސް ބެސިކްޓަސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑަކުން މެޗުފެ 21 ވަނަ މިނެޓުގައި ޕޯޓޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

ބެސިކްޓަސްއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައި ސެން ޓޯސުން ކާމިޔާބު ކޮށްދިން ލަނޑުންވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބެސިކްޓަސްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުން މެޗުގައި ތިންވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކުރީ މެޗުގެ 82 ވަނަ މިނެޓުގައި ރަޔަން ބާބެލް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭ ކުޅުނު މެޗުން މޮނާކޯ އެއްވަރުވެފައިވަނީ ޖަރުމަނުގެ އާރުބީ ލެއިޕްޒީ އާ ވާދަކޮށް 1-1 ގެ ނަތީޖާއިންނެވެ.

ލެއިޕްޒީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ލެއިޕްޒީ އިންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެމިލް ފޯސްބާގްއެވެ.

އެހެން ނަމަވެސް އޭގެ ދެމިނެޓު ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ޔޫރީ ޓައިލެމަން ވަނީ ލަނޑެއް ޖަހާ މޮނާކޯއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެޓީމުންވެސް އެއްވަރެއްގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު ފަހުހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ދެޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތު ލިބި ބޭކާރުވެގެން ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު