Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދެކުނު ސޫދާން

ދެކުނު ސޫދާނުގައި އޮންނަ އިންތިޚާބާ ގުޅޭ މަޝްވަރާތަކަށް އުފެއްދި ޕެނެލް ގެ އިސް މީހަކަށް ފަސް އަހަރު ކުރިން މަރުވެފައިވާ މީހަކު އެ ގައުމުގެ ރައީސް އަށް އައްޔަރު ކުރެއްވިއްޖެ

3 ފެބުރުއަރީ 2026 | އަންގާރަ 18:12

މި އިދާރީ އޮޅުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މިއީ ކަމާބެހޭ ފަރާތްތަކުން ނަންތައް ކަށަވަރުކުރުމުގައި އިހުމާލުވުމުން ދިމާވި ހިތާމަވެރި ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 18:12
ދެކުނު ސޫދާނަށް 2011 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ، އެ ގައުމުގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ސަލްވާ ކީރް.

ދެކުނު ސޫދާނަށް 2011 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ، އެ ގައުމުގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ސަލްވާ ކީރް. | ރޮއިޓާސް

ދެކުނު ސޫދާނުގައި އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުންދާ އިންތިޚާބުގެ ޝެޑިއުލް އާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާ ޕެނަލުގެ އިސްފަރާތަކަށް މަރުވެފައިވާ މީހަކު އައްޔަންކުރެވުނު ލަދުވެތި ހާދިސާއާ ގުޅިގެން، އެ ގައުމުގެ ރައީސް ސަލްވާ ކީރް އެމަނިކުފާނުގެ އަރިސް ދެ އޮފިޝަލަކު މަގާމުން ވަކިކުރައްވައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް ނެރުއްވި ގަރާރެއްގައި ސްޓެވާޑް ސޮރޯބާ ބުޑިއާ އެ ޕެނަލަށް އައްޔަންކުރެއްވިކަން އިއުލާންކުރެއްވި ނަމަވެސް، އިދިކޮޅު ޔުނައިޓެޑް ޑިމޮކްރެޓިކް ޕާޓީ (ޔޫޑީޕީ) އަށް ނިސްބަތްވާ އެ މެންބަރު މަރުވިތާ ފަސް އަހަރު ވެފައިވާކަން އެ ގައުމުގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މި އައްޔަންކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ވަކި ސަބަބެއް ހާމަކުރުމެއް ނެތި ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ރައީސްގެ ޕްރެސް ސެކްރެޓަރީ ޑޭވިޑް އަމޯރް މޭޖަރާއި، މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒް ގެ ޗީފް އެޑްމިނިސްޓްރޭޓަރު ވެލެންޓީނޯ ދެލް މަލުއެޓް މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

ރައީސްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކޮށްފައިވާ، އަދި މިނިސްޓަރ އޮފް ޕްރެޒިޑެންޝަލް އެފެއާޒް އެފްރިކާނޯ މަންޑޭ ގެޑިމާ ސޮއިކުރައްވާފައިވާ އެ ބަޔާނުގައި ބުނެފައިވަނީ، އެ ދެ މީހުން މަގާމުން ވަކިކުރެއްވީ ރައީސް "އުފަލާއެކު" ކަމަށާއި، އެ ބޭފުޅުން ކޮށްދެއްވި ޚިދުމަތަށްޓަކައި ރައީސް "އިޚްލާސްތެރި ޝުކުރު" އަދާކުރައްވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އަމޯރް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އެ ޕެނަލުގައި ހިމެނުމަށް "ސްޓޭކްހޯލްޑަރުން" ނުވަތަ ކަމާބެހޭ ފަރާތްތަކުން ހުށަހެޅި ނަންތަކުގެ "ސައްހަކަމާއި ފުރިހަމަ ކަމަށް" ރައީސް އޮފީހުން ފުރިހަމައަށް އިތުބާރުކުރި ކަމަށެވެ.

"މިހާރު މިވަނީ ކަމާބެހޭ އެއް ފަރާތުން ނަންތައް ކަށަވަރުކުރުމުގައި އިހުމާލުވެފައިވާކަން ހާމަވެފައި. އޭގެ ނަތީޖާއެއްގެ ގޮތުން އިދާރީ ގޮތުން މިފަދަ ހިތާމަވެރި އޮޅުމެއް މިވަނީ އަރާފައި،" އަމޯރް ވިދާޅުވިއެވެ.

މަރުވެފައިވާ ބުޑިއާ އަކީ 2011 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު ދެކުނު ސޫދާނުގައި އުފެދުނު ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 2018 ވަނަ އަހަރު ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގައި ބައިވެރިވި ފަރާތެކެވެ.

ރައީސް ކީރް މި ޕެނަލް އެކުލަވާލެއްވީ ތަފާތު ސިޔާސީ ޕާޓީތަކުގެ މަންދޫބުން ހިމަނައިގެން، ކުރިއަށް އޮތް އިންތިޚާބަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

ނަމަވެސް ގައުމުގައި އަދިވެސް ހަމަނުޖެހުންތައް ހިނގަމުންދާތީ، އިންތިޚާބު ބޭއްވޭނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިނިވަންވީއްސުރެ ރައީސް ކީރް ވެރިކަމުގައި ހުންނެވިއިރު، މީގެ ކުރިން ބާއްވަން އުޅުނު އިންތިޚާބުތައް ވެސް ވަނީ ފަސްކޮށްފައެވެ.

އދ. އިން ބުނާ ގޮތުގައި ފަހަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން 180،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

މަސްދަރު: ބީބީސީ

ދެކުނު ސޫދާންސަލްވާ ކީރް

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

31 މާރިޗު 2019

މަލައިކާގެ ކައިވެންޏާއި ގުޅޭ ގޮތުން ކުރީގެ ފިރމީހާ ދިން ޖަވާބު ވަރަށް ތަފާތު!

31 މާރިޗު 2019
މަލައިކާގެ ކައިވެންޏާއި ގުޅޭ ގޮތުން ކުރީގެ ފިރމީހާ ދިން ޖަވާބު ވަރަށް ތަފާތު!
12 މާރިޗު 2019

ޓައިގާ އާއި ދިޝާގެ ގުޅުމާ ގުޅޭގޮތުން ޖެކީ ދިން ޖަވާބު އިނގޭތަ؟

12 މާރިޗު 2019
ޓައިގާ އާއި ދިޝާގެ ގުޅުމާ ގުޅޭގޮތުން ޖެކީ ދިން ޖަވާބު އިނގޭތަ؟
18 ނޮވެމްބަރު 2018

އަރުޖުން އާއި އޮންނަ ގުޅުމާއި ގުޅޭގޮތުން މަލައިކާ ދިން ޖަވާބަކީ މިއީ!

18 ނޮވެމްބަރު 2018
އަރުޖުން އާއި އޮންނަ ގުޅުމާއި ގުޅޭގޮތުން މަލައިކާ ދިން ޖަވާބަކީ މިއީ!
03 ސެޕްޓެމްބަރު 2018

ބަންޓީ އައުރު ބަބްލީގެ ދެވަނަ ބަޔާއި ގުޅޭގޮތުން އަބީޝެކް ބުނެފައިވަނީ މިހެން!

03 ސެޕްޓެމްބަރު 2018
ބަންޓީ އައުރު ބަބްލީގެ ދެވަނަ ބަޔާއި ގުޅޭގޮތުން އަބީޝެކް ބުނެފައިވަނީ މިހެން!
02 އޯގަސްޓު 2018

ޕްރިޔަންކާގެ އެންގޭޖްމަންޓާއި ގުޅޭގޮތުން ޝާހުރުކް ޚާން ދިން ޖަވާބު އެނގޭތަ؟

02 އޯގަސްޓު 2018
ޕްރިޔަންކާގެ އެންގޭޖްމަންޓާއި ގުޅޭގޮތުން ޝާހުރުކް ޚާން ދިން ޖަވާބު އެނގޭތަ؟
20 ޖޫން 2018

މައިކަލް ޖެކްސަންގެ ހަޔާތާ ގުޅޭ ޝޯއެއް ބާއްވަނީ

20 ޖޫން 2018
މައިކަލް ޖެކްސަންގެ ހަޔާތާ ގުޅޭ ޝޯއެއް ބާއްވަނީ
21 މެއި 2018

އިރުފާންގެ ހާލު އަންނަނީ ރަނގަޅުވަމުން، ކަރްވާންގެ ޓީމާ ވަރަށް އަވަހަށް ގުޅޭނެ

21 މެއި 2018
އިރުފާންގެ ހާލު އަންނަނީ ރަނގަޅުވަމުން، ކަރްވާންގެ ޓީމާ ވަރަށް އަވަހަށް ގުޅޭނެ
30 އޯގަސްޓު 2017

ނިރަޖް ވޯރާ ކޯމާގައި އޮންނަތާ 10 މަސް

30 އޯގަސްޓު 2017
ނިރަޖް ވޯރާ ކޯމާގައި އޮންނަތާ 10 މަސް
23 ޖޫން 2017

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!
07 ފެބުރުއަރީ 2017

ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

07 ފެބުރުއަރީ 2017
ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް