Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިރުފާން ޚާން

އިރުފާންގެ ހާލު އަންނަނީ ރަނގަޅުވަމުން، ކަރްވާންގެ ޓީމާ ވަރަށް އަވަހަށް ގުޅޭނެ

އިރުފާނަށް ކެންސަރު ޖެހިފައިވާއިރު ތަހައްމަލު ކުރަމުންދަނީ ކެންސަރުގެ އެންމެ ފަހުގެ ސްޓޭޖް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 މެއި 2018 | ހޯމަ 06:24
އިރުފާން ޚާން

އިރުފާން ޚާން

ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ޚާނަށް ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރު ޖެހުމުން އިތުރު ފަރުވާއަށް ލަންޑަނަށް ފުރާފައި ވަނީ މާޗް މަހުގެ ތެރޭގައެވެ.

އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ ހުރުމަށްފަހު މިދިޔަ ހަފްތާގައި އޭނާ ވަނީ ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު ކަރްވާންގައި ހަރަކާތްތެރިވާ ތަރިންނަށް ހެޔޮދުއާ ކުރާކަމަށް ބުނެފައެވެ. ކަރްވާން ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ. މި ފިލްމުގައި އިރްފާނުގެ އިތުރުން ލީޑު ރޯލުން ފެނިގެންދަނީ މިތިލާ ޕަލްކާ އާއި މަލަޔާލަމް އެކްޓަރ ދުލްކާ ސަލްމާންއެވެ.

އިންޑިއާގެ ނޫސްތަކުންވެސް ވަނީ ކަރްވާން ޕްރޮމޯޓުކުރުމުގެ ކަންތައްތަކާއި ވަރަށް އަވަހަށް އިރުފާން ގުޅޭނެ ކަމަށާއި އޭނާގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ.

އިރުފާންގެ އެހެން ފިލްމެއްވެސް މިއަހަރު ވަނީ ނެރެފައެވެ. އެއީ އެޕްރީލް 6 ގައި ނެރުނު ބްލެކްމެއިލްއެވެ. އެފިލްމު ރިލީޒްކުރިއިރު ވެސް އިރުފާން ހުރީ ބައްޔަށް ބޭސްކުރުމަށް އިނގިރޭސި ވިލާތުގަ އެވެ.

އިރުފާން ބުނީ އޭނާ ބޭނުންވަނީ އޭނާގެ ފޭނުންނާއި އާންމުންގެ ހެޔޮ ދުއާ ކަމަށެވެ. އޭނާއަށް ލަންޑަނުގައި ފަރުވާދެނީ އިންޑިއާ ޑޮކްޓަރެއްކަމަށާއި ޖެހިފައިވާ ބަލި ރަނގަޅު ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ލަންޑަނުގައި އޭނާ ބަލި އެއްކޮށް ރަނގަޅުވަންދެން ހުންނާނެއެވެ.

އިރުފާން ވަނީ ބޮލީވޫޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން "މުމްބާއީ މެރީ ޖާން،" "ޕީކޫ"، "ލައިފް އިން އަ މެޓްރޯ" "ދަ ލަންޗްބޮކްސް"، "ހައިދަރު" އަދި "ތަލްވާރު" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. ޓީވީ ސީރީޒްއެއް ކަމަށްވާ "ޝްރީކާންތު" އިން 1985 ވަނަ އަހަރު ކެރިއަރު ފަށައި 1988 ވަނަ އަހަރު "ސަލާމް މުބްއީ" ގެ ކުޑަ ރޯލަކުން ބޮލީވުޑަށް ތައާރަފްވި އިރުފާން ވަނީ ހޮލީވޫޑްގައި މަސައްކަތްކޮށް "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ ވެސް ހާސިލްކޮށްފައެވެ. އޭގެ އިތުރު ބޮޑެތި ބަޖެޓްތަކުން އުފެއްދި ހޮލީވޫޑްގެ ފިލްމްތައް ކަމަށްވާ "ދަ އެމޭޒިން ސްޕައިޑާ މޭން" އާއި "ލައިފް އޮފް ޕައި،" އަދި "އިންފާނޯ" ގައި ވެސް މުހިންމު ރޯލުތައް ކުޅެފައި ވެއެވެ. "މީގެ އިތުރުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި "ދަ ޖަންގަލް ބުކް" އަށް އަޑު އަޅައިދީފައި ވެއެވެ. އިރުފާން މުހިންމު ރޯލަކުން ފެނިގެންދިޔަ "ޖުރަސިކް ވާރލްޑް"އަކީ ބޮކްސް އޮފީހުގެ ތާރީހުގައި ވެސް ހަފުތާއެއްގެ ތެރޭގައި 500 މިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމެވެ. މިހާތަނަށް ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވޫޑްގެ ފިލްމަކީ ވެސް އެއީއެވެ. އެ ފިލްމުގައި އޭނާ އަދާކޮށްފައިވާ ސިމޮން މަސްރާނީގެ ކެރެކްޓާ އަށް ގިނަ ބަޔަކު ތައުރީފްކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިޕާޝާއާއި އޭނާގެ ފިރިމީހާވެސް އާ އަހަރުގެ ޝޯއަށް ރާއްޖެ އަންނަނީ

ބިޕާޝާއާއި އޭނާގެ ފިރިމީހާވެސް އާ އަހަރުގެ ޝޯއަށް ރާއްޖެ އަންނަނީ

28 ޑިސެމްބަރު 2017
އާ އަހަރުގެ ޝޯއާ އެކު މޭނާ ހައްސާން އެނބުރި އަންނަނީ

އާ އަހަރުގެ ޝޯއާ އެކު މޭނާ ހައްސާން އެނބުރި އަންނަނީ

27 ޑިސެމްބަރު 2017
ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ޖެނިފާ އެނިސްޓަން އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި

ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ޖެނިފާ އެނިސްޓަން އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި

15 އޮކްޓޯބަރު 2017
ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ

ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ

04 އޮކްޓޯބަރު 2017
އަމީތާބްގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އަންނަނީ؟

އަމީތާބްގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އަންނަނީ؟

28 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު