Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމީ ޔުނިވަރސިޓީ

މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމާ ގުޅޭ ގުޅޭގޮތުން ޑރ. ޝަމްސުލްފަލާހް ދެއްވާ ލެކްޗަރ އަށް އެމްއެންޔޫ އޮޑިޓޯރިއަމް ދިނުމަށް ފަހު އަތުލައިފި

އެމްއެންޔޫ އިން ލެކްޗަރ ކެންސަލްކުރީ މި އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިއަށް އެ އޮޑިޓޯރިއަމްގެ ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ކުރަން ޖެހިގެން ކަމަށް ބުނެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 06:40
ގާނޫނީ ތަޖުރިބާކާރު ޑރ. ޝަމްސުލްފަލާހް މީގެ ކުރިން އެމްއެންޔޫގައި ލެކްޗަރ އެއް ދެއްވަނީ.

ގާނޫނީ ތަޖުރިބާކާރު ޑރ. ޝަމްސުލްފަލާހް މީގެ ކުރިން އެމްއެންޔޫގައި ލެކްޗަރ އެއް ދެއްވަނީ. | ޑރ. ޝަމްސުލްފަލާހް

ގާނޫނުއަސާސީ އަށް ބަދަލުތައް ގެނައުމާއި މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމާ ގުޅޭ ގޮތުން ގައުމީ ޔުނިވާސިޓީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލެކްޗަރ އަށް ދިން ހުއްދަ އެ ޔުނިވާސިޓީ އިން ކެންސަލް ކޮށްފި އެވެ.

މި ތަގުރީރު ދެއްވުމަށް ހަމަޖެހިފައިވަނީ ގާނޫނުއަސާސީގެ އިލްމީ ދިރާސާތައް ކުރައްވާ ތަޖުރިބާކާރު ޑރ. ޝަމްސުލްފަލާހް އެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން އިންތިޒާމުކުރާ މި ލެކްޗަރ ބޭއްވުމަށް ހުއްދަ ދިނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:30 އިން ރޭގަނޑު 22:00 އަށް އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގަ އެވެ. އެ ލެކްޗަރ އިސްތިހާރުތައް ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރަމުން ދަނިކޮށް އެމްއެންޔޫ އިން ވަނީ އެ ހުއްދަ ކެންސަލްކޮށްފަ އެވެ.

އެމްއެންޔޫ އިން މި ލެކްޗަރ ކެންސަލްކުރީ މި އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިން އެ އޮޑިޓޯރިއަމްގައި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ޖެހިގެން ކަމަށް ބުނެ އެވެ. އެ ހަފްތާ އަކީ އެ ޔުނިވާސިޓީގެ އޮރިއެންޓޭޝަން ކުރިއަށްދާ ހަފްތާއަށް ވާތީ އެހެން އޮޑިޓޯރިއަމެއް ވެސް ލިބެން ނެތް ކަމަށް އެމްއެންޔޫ އިން ވަނީ އަންގާފަ އެވެ.

މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނީ އިލްމީ ލެކްޗަރ އަކަށް މިފަދަ ގޮތަކަށް ހުރަސްއަޅައި ކުރިއަށް ގެންދަން ޖާގަ ނުދިނުމަކީ ވަރަށް ބޮޑަށް އެފަރާތްތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޑރ. ޝަމްސުލްފަލާހް އަކީ ގާނޫނުއަސާސީގެ އިލްމީ ދިރާސާތައް ކުރައްވަމުން ގެންދަވާ އެ އިލްމުގެ ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އޭނާ ލިއުއްވާފައިވާ ފޮތަކާއެކު މި ތަގުރީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމާއި މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމާ ގުޅޭ މައުޟޫއުގަ އެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައީ، ރައީސް މުއިއްޒު ކޮންޓްރޯލް ކުރާ މަޖިލީހުން އެންމެ ދުވަހެއްގެ ތެރޭގަ އެވެ. އަދި ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގެނައި ބަދަލު ސުޕްރީމް ކޯޓުގައި ޗެލެންޖުކުރުމުން އެ މައްސަލަ ވެސް ވަނީ ހުއްޓާލާފަ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބަލަމުން ދަނިކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ފަހުން އެ ކޯޓުގައި މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އޮތްއިރު ގާނޫނުއަސާސީ އަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން އާންމުންނަށް މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަގުރީރަށް އެމްއެން ޔޫއިން ހުރަސްއެޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ދެކެ އެވެ.

ގައުމީ ޔުނިވަރސިޓީޑރ. ޝަމްސުލްފަލާހްމޯލްޑިވްސް ލޯ އިންސްޓިޓިއުޓް

ކޮމެންޓް

އިތުރަށް ކިޔާލަން

 މައުލޫމާތު ގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދޭ ފޯރަމެެއް އެމްއެންޔޫ އިން ބާއްވައިފި

މައުލޫމާތު ގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދޭ ފޯރަމެެއް އެމްއެންޔޫ އިން ބާއްވައިފި

02 ޑިސެމްބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
ގައުމީ ޔުނިވަރސިޓީ އިން ހުކުރު ދުވަހު ހުރާ އަށް ދަތުރެއް ރާވައިފި

ގައުމީ ޔުނިވަރސިޓީ އިން ހުކުރު ދުވަހު ހުރާ އަށް ދަތުރެއް ރާވައިފި

02 އޮކްޓޯބަރު 2025
ބަޖެޓް ގެ ނަން ބަދަލުކޮށްލަން ރައީސް އަށް ދަންނަވާލަބަ!

ބަޖެޓް ގެ ނަން ބަދަލުކޮށްލަން ރައީސް އަށް ދަންނަވާލަބަ!

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު