Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ބަޖެޓް ގެ ނަން ބަދަލުކޮށްލަން ރައީސް އަށް ދަންނަވާލަބަ!

7 ސެޕްޓެމްބަރު 2025 | އާދީއްތަ 04:41

ބޯހިޔާވަހިކަމުގެ ބަޖެޓޭ ކިޔައިގެން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް، ރައްޔިތުންނަށް ގެދޮރު ލިބުމުގެ އުންމީދު ވަނީ ފަނާވެގެން ގޮސްފައެވެ. ގިނަ ރައްޔިތުން ގެދޮރު ނުލިބި ތިއްބައި، ސަރުކާރުގެ މުވައްޒަފުންނާއި ސިޔާސީ ބޭފުޅުންނަށް ފްލެޓްތައް ބެހި، މުޢިއްޒު އުޅުއްވަނީ ބޭރު ދަތުރުތަކުގައެވެ.

އަލީ ޝާހީން
އަލީ ޝާހީން | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 04:41
ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ހަނދާނަށް އަންނަނީ 31 އޮކްޓޯބަރު 2024 ގައި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ މުޢިއްޒު ބަޖެޓަކަށް ނަމެއް ދިން ހަނދާނެވެ. އެ ދުވަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، 2025 ވަނަ އަހަރަށް ލަފާކޮށްފައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގަ ގެދޮރުވެރިކަމަށް ޓަކައި މަގުފަހިކޮށްދޭނެ ބަޖެޓު ކަމަށެވެ. އަދި އެ ބަޖެޓަށް "ބޯހިޔާވަހިކަމުގެ ބަޖެޓު" ގެ ނަމުން ނަން ވެސް ދެއްވި އެވެ. ބޯހިޔާވަހިކަމުގެ ބަޖެޓޭ ކިޔައި ރައްޔިތުންނަށް މި ބަޖެޓު ވިއްކީ ރައްޔިތުންގެ އެންމެ ބޮޑު ތަކުލީފު ކަމުގައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އޮތް މައްސަލައިގެ ހައްލު ކަމަށް ބުނެ އެވެ.

އެހެނަސް މުޅި ބޯހިޔާވަހިކަން ދިޔައީ ފަނުފުލުންނެވެ. 56.6 ބިލިއަން ރުފިޔާ ދެކުނު މީހަކު ނެތެވެ. 2025 ވަނަ އަހަރު ދެބައިވެގެން ދިޔައިރުވެސް ގަލެއްގެ މިންވަރު ބޭންދުނު ކަމަކަށް ނުވި އެވެ. މި ފަހަކަށް އައިސް ފިނި މައިޒާންތަކަށް މީހުން އެއްވާ ވަރަށް ހައުސިންގ މިނިސްޓްރިއަށް އާންމުން އެއްވެ އެވެ. މަ ހިތުން އެތަނަށް މީހުން އެއްވަނީ މުޢިއްޒު ސެޕްޓެމްބަރު މަހުގެ ކުރިން ހަވާލުކުރަން ބުނި ފުލެޓުތަކުގެ ތަޅުދަނޑި ބަލައެ އެވެ. އެތަނަށް ވަންނަ މީހުން ނިކުމެގެން އަންނައިރު ހުންނަނީ ދެވަރުން އެއްވަރު ވެފަ އެވެ. ތަޅުދަނޑި ނުލިބޭތަނުގަ ފުލެޓު ގަނޑުވެސް ލިބޭނެ ކަމުގެ ޔަގިން ކަމެއް ނޯވެ އެވެ.

ބޯހިޔާވަހިކަމުގެ ބަޖެޓުން ކުރީ ކީއްކަމެއް ނޭންގެ އެވެ. ޔަގީންވާ އެއްކަމަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ކަމެވެ. އެ ބަޖެޓުން ގެދޮރުވެރިކަމުގެ ލޯނު ދޫކުރަންވެސް ނިންމި އެވެ. އެކަމަކު ދިނީ ލޯނު ކަމެއް ނުވަތަ ހަދިޔާ ކަމެއްވެސް ނޭންގެ އެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު، މިދިޔަ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ލަސްވެގެން ޖުލައިގައި ލޯނުތައް ދޫކުރަން ފަށާނެ ކަމަަށެވެ. ނަމަވެސް ޖުލައި ނިމި، އޮގަސްޓު މަސް ވެސް ނިމި ސެޕްޓެމްބަރު މަސް ފެށުނު އިރުވެސް ލޯނުތައް ދޫކުރުމާ ގުޅޭ އެއްވެސް އަޑެއް ނީވެ އެވެ.

ދެން އޮތީ ވެރިކަމަށް އަންނަމުން ރައްޔިތުންނަށް ވިއްކި ބޮޑު ދޮގު ވައުދުގެ ވާހަކަ އެވެ. އެއީ ކުރީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދޭން ކަނޑައަޅާފައިވާ ފްލެޓެއް އަތު ނުލާނެ ކަމަށާއި ކުރީ ސަރުކާރުން ކަނޑައަޅާ ދޭން ނިންމާފައިވާ ފްލެޓްތައް އެ ފުލެޓެއް ދިންތަނަކުން ދިންގޮތަކަށް އެއަށްވުރެން ފުރިހަމަ އަށް އެފަރާތްތަކަށް ދޭނެ ކަމަށް ވިދާޅުވެ ކެމްޕެއިން ޕޯޑިއަމް ތަކުގައި އެ ވައުދު ތަކުރާރު ކުރެއްވި އެވެ. އެ ވައުދު ވީ ހަމަ ބިލާހަކަށެވެ. ދިން އެއްޗެއް ހަތްހަރާމުން ހަރާމެވެ. ދިން އެއްޗެއް ދިނީ މުޢިއްޒުގެ އަޅުން ފަދައިން މަސައްކަތް ކުރާ ސިޔާސި ވަޒީފާ ތަކުގައި އުޅޭ މީހުންނަށާއި ގާތް ތިމާގެ މީހުންނަށާއި މަޖިލީސް މެންބަރުންނަށެވެ. މަޖިލީސް މެންބަރުންގެ މާލީ ބަޔާނުން ވެސް އެކަން އޮތީ އެގޮތަށެވެ. ހިލޭ ދިން ރޯހައުސްތަކާއި ނުއަގުގައި ނަގާފައިވާ ބިންތަކާއި ހަދިޔާގެ ގޮތުގައި މިލިއަނުން ދީފައިހުރި ފައިސާތަކެވެ.

ކޮންމެއަކަސް ބަޔަކުމީހުން މުއްސަނދިވެއްޖެ އެވެ. އުމުރު ދުވަހު ދިރިއުޅޭނެ ގެއާއި ފައިސާ ވެސް ދިން ބަޔަކަށް ދީފި އެވެ. ލޮލުފިއެއްވެސް ޖަހާލަން ވަންނާނެ ގެދޮރެއްވެސް ނެތި ވޯޓު ދިން ނިކަމެތި ރައްޔިތުންގެ އެވެ. އާދެސް ކޮށް ދެއިރު ދެދަޅައަށް ހައުސިންގ މިނިސްޓްރީގައި ހަޅޭ ފަޅޭ ޖެހިޔަސް މުޢިއްޒު އެއް ބައްރުން އަނެއް ބައްރަށް އުދުހެނީ އެވެ. މަށައް ފެންނަނީ ޔޫޓިއުބް ޗެނަލެއް ހުޅޫވާފައި "ޓްރެވަލް ވިތް މުޢިއްޒު" ގެ ނަމުން ނަންދޭށެވެ.

ޑރ. މުއިއްޒުވަޒީރު މުއްތަލިބުހައުސިންގް މިނިސްޓްރީބޯހިޔާވަހިކަމުގެ ބަޖެޓުގައުމީ ޔުނިވަރސިޓީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް