Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމްގެ ބޭސްފަރުވާ

ޤާސިމްގެ ބޭސްފަރުވާއަށް ސިންގަޕޫރުގައި މަޑުކުރުމަށް އިތުރު 10 ދުވަސް ދީފި

ކުރިންވެސް ދިނީ 10 ދުވަސް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2017 | ބުދަ 17:51
ގާސިމް ހޮސްޕިޓަލަށް ގެންދަނީ

ގާސިމް ހޮސްޕިޓަލަށް ގެންދަނީ

ސިންގަޕޫރުގައި ބޭސް ފަރުވާ ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ބޭސްފަރުވާއަށް އިތުރު 10 ދުވަހު އެޤައުމުގައި މަޑު ކުރެއްވުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދީފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމްގެ ބޭސްފަރުވާއަށް އެޤައުމުގައި މަޑުކުރުމުގެ މުއްދަތު އިތުރުކޮށްދީ ފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

ކަރެކްޝަނުން ޤާސިމްއަށް އިތުރު 10 ދުވަސް ދީފައި މިވަނީ ގާސިމް އިބްރާހިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން، ބޭސްފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވުމަށް އެކަށީގެންވާ ވަގުތު ދޭން ލާޒިމްކުރާކަމަށް ބުނެ، ފަރުވާއަށް އިތުރު މުއްދަތެއް ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިން ނިންމި ނިންމުން މުރާޖާ ކޮށްދިނުމަށް އެދިފައިވަނިކޮށެވެ.

ތިން އަހަރާއި ދެ މަހާއި 12 ދުވަސް ވަންދެން ގާސިމް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން އެގައުމުގަ އެވެ. ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ކުރިން ދިން 10 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ގާސިމްގެ އާއިލާގެ ފަރާތުންނާއި ވަކީލުންގެ ފަރާތުން ވަނީ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ކަރެކްޝަނަށް ހުށަހަޅާފަ އެވެ. ވައިގެ މަގުން ދަތުރު ކުރެއްވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ކަމަށް ޑޮކްޓަރުން އަންގަވާފައި ވާތީ ބޭސްފަރުވާގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ގާސިމްގެ އާއިލާއިން ވަނީ އެދިފައެވެ.

އެހެން ނަމަވެސް، ގާސިމްގެ އާއިލާއަށް އާދިއްތަ ދުވަހު ކަރެކްޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ކަރެކްޝަނުގެ އެ ނިންމުން މުރާޖާ ކޮށްދިނުމަށް ހުށަހަޅާފައިވާނެ ކަމަށާއި، އެންމެ 10 ދުވަހުން ހޯދޭ ފަރުވާއަކަށް ވުރެ ގާސިމްގެ ބަލިހާލަތު ސީރިއަސް ކަމަށެވެ. އޭނާ ވިދާޅުވީ މިމަހުގެ 11،12،13، މި ތިން ދުވަހު ހައްދާފައިވާ ގާސިމްގެ ޓެސްޓްތަކުގެ ނަތީޖާ ކަރެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ގާސިމްގެ މައްޗަށް އިއްވި ހުކުމުގައި އަމުރުކޮށްފައިވަނީ ޓެސްޓްތައް ހަދައި، ފަރުވާ ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރުގައި އެކަށީގެންވާ މުއްދަތެއް ދިނުމަށް ކަމަށާއި އެހެންކަމުން އެކަމަށް ބޭނުންވާ އެކަށީގެންވާ ވަގުތު ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

ގާސިމަށް އިއްވި ހުކުމުގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒުކުރަމުންދިޔަ ނަމަވެސް، އަދި ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ގާސިމަށް ލިބުމަށްއޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށާއި، އެފަރުވާތައް ގާސިމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ގާސިމް މިހާރު ގެންދަވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސަރ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. ޑޮކްޓަރުން ގާސިމަށް ލަފާ ދެއްވާފައި ވަނީ ކޮރޮނަރީ އެންޖީއޯގްރާމް އަދި ކޮރޮނަރީ އެންޖިއޯޕްލާސްޓް ހެއްދެވުމަށެވެ. އެ މަރުހަލާތައް މިމަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ވަނީ ޝެޑިއުލް ކޮށްފަ އެވެ.

ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ ގާސިމްގެ ހާލަތު ސްޓޭބަލް ވަންދެން ހާލަތު ގާތުން މޮނީޓާކުރަން ޖެހޭތީ ކަމަށާއި އެކަމަށް ތިން މަސް ހޭދަވާނެ ކަމަށެވެ.

ނަމަވެސް ކަރެކްޝަނުން އަނރެއްކާވެސް އިތުރުކޮށް ދެއްވާފައި މިވަނީ އެންމެ ދިހަ ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު