Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީ ލަންކާ

ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ވަރުގަދަ ކޮޅިގަނޑުގެ އަސަރު ހުކުރު ދުވަހު ލަންކާ އަށް ކުރާނެ އަތީ ސަމާލު ވުމަށް އެދިއްޖެ

ބުރާސްފަތި ދުވަހު ސްރީލަންކާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުކުރު ދުވަހުގެ އިރުއޮއްސި 5:30 އާއި ރޭގަނޑު 11:30 އާ ދެމެދު އެ ގައުމަށް އަރާނެ ކަމަށް.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 09:39
ސެޓެލައިޓް ފޮޓޯ- ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ކޮޅިގަނޑުގެ ލަންކާ އާ ދިމާލަށް އަންނަނީ ދަތުރު ކުރަމުން

ސެޓެލައިޓް ފޮޓޯ- ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ކޮޅިގަނޑުގެ ލަންކާ އާ ދިމާލަށް އަންނަނީ ދަތުރު ކުރަމުން | ސްކްރީން އިމޭޖް

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު، ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި އިތުރަށް ވަރުގަދަވެ "ޑީޕް ޑިޕްރެޝަން" އަކަށް ބަދަލުވާނެ ކަމަށް ސްރީލަންކާގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ދީފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ މޫސުމާ ބެހޭ އިދާރާގެ ޑައިރެކްޓަރ ޖެނެރަލް އަތުލާ ކަރުނަނަޔަކަ ވިދާޅުވީ، އެ އިދާރާގެ ހޯދުންތަކުން ދައްކާ ގޮތުގައި މި ކޮޅިގަނޑު ހުކުރު ދުވަހުގެ އިރުއޮއްސި 5:30 އާއި ރޭގަނޑު 11:30 އާ ދެމެދު ހަމްބަންޓޮޓާ އާއި ކަލްމުނާއީ އާ ދެމެދުގެ ސަރަހައްދަކުން އެ ގައުމަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

07 ވަނަ ދުވަހު މި ކޮޅިގަނޑު ހުރީ ލަންކާ އާ ގާތްގަނޑަކަށް 490 ކިލޯމީޓަރު ދުރުގަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ކޮޅިގަނޑު ހުޅަނގަށާއި ހުޅަނގު އުތުރަށް ޖެހެމުން ގޮސް، ލަންކާގެ އިރުމަތީ އައްސޭރި ފަށާ ދިމާލަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އާ ހަވާލާދީ ލަންކާގެ ލޯކަލް މީޑިއާ އިން ރިޕޯޓު ކޮށްފައިވެ އެވެ.

މި ދުވަސްވަރު އެ ގައުމުގެ ބޮޑު ބަޔަކަށް އުޑުމަތި ބަރުވެފައި އޮންނާނެ ކަމަށާއި، އުތުރު، މެދުތެރޭ، އިރުމަތި، އަދި ދެކުނު ޕްރޮވިންސްތަކަށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން، އެހެން ސަރަހައްދުތަކަށް މެންދުރުފަހު 1:00 ގެ ފަހުން ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ.

އިރުމަތީ އަދި އޫވާ ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ބެލެވޭއިރު، އެހެން ސަރަހައްދުތަކަށް 50 އާއި 75 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭ ވެހިދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މީގެ އިތުރުން ހަމްބަންޓޮޓާ، ގަމްޕަހަ، ކޮލަމްބޯ އަދި މޮނަރަގަލާ ޑިސްޓްރިކްޓްތަކަށް ގަޑިއަކު 50 އާއި 60 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވެއެވެ.

ވިލާގަނޑުގައި ޖެހޭ ބާރު ވަޔާއި ގުގުރުމާއެކު ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން އާންމުންނަށް އިލްތިމާސްކުރެ އެވެ.

ބޭ އޮފް ބެންގާލްސްރީލަންކާމޫސުން ގޯސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!

ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!

08 ޖެނުއަރީ 2026
އައިއެމްއެފުން ސްރީލަންކާ އަށް 206 މިލިއަން ޑޮލަރު ދޭން ނިންމައިފި

އައިއެމްއެފުން ސްރީލަންކާ އަށް 206 މިލިއަން ޑޮލަރު ދޭން ނިންމައިފި

19 ޑިސެމްބަރު 2025
ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުން ސްރީލަންކާގެ ދެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުން ސްރީލަންކާގެ ދެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

18 ޑިސެމްބަރު 2025
ސްރީލަންކާ ގައި އެއިޑްސް ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް މައްޗަށް ހިނގައްޖެ

ސްރީލަންކާ ގައި އެއިޑްސް ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް މައްޗަށް ހިނގައްޖެ

16 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު