Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމްގެ ބަޔާން

ޗެނަލް 13އިން ދެވަނަ ފަހަރަށް ޤާނޫނާ ޚިލާފް ވުމުންވެސް ނަސޭހަތްތެރިވެ ޖޫރިމަނާ ނުކޮށް ދޫކޮށްލައިފި

13 ސެޕްޓެމްބަރު 2017 | ބުދަ 12:22

ހަމަ މިމައްސަލައިގާ ދައުލަތުގެ މީޑިޔާ ވަނީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 ސެޕްޓެމްބަރު 2017 | ބުދަ 12:22
ޗެނަލް 13: ބްރޯޑްކޮމް އަކަށް ފިޔަވަޅު އަޅާކަށް ނުކުރެނު

ޗެނަލް 13: ބްރޯޑްކޮމް އަކަށް ފިޔަވަޅު އަޅާކަށް ނުކުރެނު

ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާ ޚިލާފްވެގެން ނަސޭހަތްތެރިވެފައިވަނިކޮށް ދެވަނަ ފަހަރަށް ވެސް އެޤާނޫނާ ޚިލާފް ވުމުން ޖޫރިމަނާ ވެސް ނުކޮށް އަނެއްކާ ވެސް ދޫކޮށްލައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އާމެދު މިގޮތަށް ޢަމަލްކޮށްފައި މިވަނީ މިއަހަރުގެ އޭޕްރީމް މަހުގެ 4 ވަނަ ދުވަހު ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅު ޤާނޫނު ނަންބަރު 2016/15ގެ 36ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް މެދުކަޑާނުލާ އެ އިވެންޓް ޗެނަލް13 އިން ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައެވެ.

Advertisement - newsAdvertisement

ބްރޯޑްކާސްޓިންގ ކޮމިޝަނުން މިމައްސަލައިގާ ޗެނަލް 13 އަށް ޖަވާބު ދާރީވުމަށް ދިން ފުރުސަތުގައި ބުނެފައިވަނީ ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރާ އެންމެހައި ކޮންޓެންޓަކީ އަބުރުގެ ޤާނޫނުން ރައްކާތެރިކުރާ އެންމެހާ ކަންކަމަށް ފުރިހަމައަށް ރިޢާއަތް ކުރުމަށް ފަހު، ބްރޯޑްކާސްޓްކުރުމުގެ އުސޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ހުދޫދުގެ ތެރޭގައި ހިމެނޭ ކޮންޓެންޓްކަމަށް ޔަޤީންކޮށްދޭކަމާއި، މި މައްސަލައިގައި ރިޢާޔަތް ކުރާ ކޮންޓެންޓްގެ ރެކޯޑިންގ އެ ޗެނަލް ހިނގަމުންދާ އިމާރާތް ބަދަލުވުމުގެ ސަބަބުނ ރައްކާކުރެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، އެ ކޮންޓެންޓަކީ ދައުލަތުގެ ޓީވީ ޗެނަލް ޕީ.އެސް.އެމްގެ ލައިވް ފީޑެއް ކަމަށް ވާތީ، އެ ފީޑުގެ ރިކޯޑިންގ މި ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށްފައި ވާތީ އާއި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް(ޗެނަލް 13 ހިންގާ ކުންފުނި) ގެ ސިޓީގައި ޗެނަލް 13 އިން އަބަދު ވެސް ބްރޯޑްކާސްޓް ކުރަނީ އަބުރުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި ލައިވް އިވެންޓްތައް ގެނެސްދެމުން ގެންދަނީ ސެންސަރު ކުރުމަށް އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ސެންސަރުކުރުމާއެކު ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ބްރޯޑްކޮމްއިން ބުނީ އެހެން ބުނެފައިވީ ނަމަވެސް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މަޤްސަދު ހާސިލުވާގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ރައްކާކޮށްފައި ނުވާކަމަށް ތަޙްޤީޤަށް ހާމަވެފައިވާތީ، އެއީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޚިލާފުވުން ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެންކަމުން އެމައްސަލަ ނިންމުމުގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ކޮންޓެންޓް ރައްކާކޮށްފައި ނުބެހެއްޓުމުގެ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް 19 ޖުލައި 2016 ގައި އަންގާ ނަސޭހަތްތެރިވެފައި ވަނިކޮށް، މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޗެނަލް 13 އިން ޚިލާފުވާ 2 ވަނަ ފަހަރު ކަމަށެވެ. އަދި މި ކަމަށް ފިޔަވަޅު އެޅުމުން ވެސް އެކަށީގެންވާ އިސްލާހެއް ގެނެސްފައިނުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ލައިސަންސް ދިނުމުގެ ޝަރުތަކާ ޚިލާފުނުވުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި މި އެންގުމާއި ޚިލާފުވެއްޖެނަމަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުދީ، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާ ޗެނަލް 13 އިން ދެވަނަފަހަރަށް ޚިލާފްވެފައިވާއިރު ވެސް ޖޫރިމަނާ ނުކޮށް ނަސޭހަތްތެރިވެ ދޫކޮށްލާފައިވާއިރު ހަމަ މިމައްސަލައިގާ ދައުލަތުގެ މީޑިޔާ އެމްބީސީ ވަނީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އަދި ބްރޯޑްކާސްޓިންގ ކޮމިޝަނުން ޗެނަލް 13 ޖޫރިމަނާ ނުކޮށް ދެވަނަ ފަހަރަށް ވެސް ދޫކޮށްލާފައި މިވަނީ އެޗެނަލްއިން އެމަންޒަރުތައް ރެކޯޑް ކުރެވިފައި ނުވާތީ އެކަމަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. ނަމަވެސް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އަބުރަށް ހުތުރުވާ ކޮންޓެންޓެއް ދައްކައިގެން ދައުލަތުގެ މީޑިޔާ ޖޫރިމަނާ ކުރިއިރު ހަމަ އެފީޑް ޗެނަލް 13 އިން ލައިވްކޮށް ދެއްކި ދެއްކުމަކީ އުމަރުގެ ނަސީރުގެ އަބުރަށް ހުތުރުވާ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރިކަމަށް ކަނޑައަޅާފައެއްވެސް ނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން ފިޔަވަޅެއް ވެސް އަޅާފައެއް ނުވެއެވެ.

އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާއެއްގެ ބައިވެރިއަކު ދެއްކި ވާހަކައެއް ލައިވް ކޮށްދެއްކުމުގައި ރައީސް ޔާމީންގެ އަބުރަށް ހުތުރުވެފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީ ވަނީ 1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި

05 އެޕްރީލު 2017
ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި
04 އެޕްރީލު 2017

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

04 އެޕްރީލު 2017
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި
30 މާރިޗު 2017

ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން

30 މާރިޗު 2017
ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް