Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރުގެ އިންޒާރު

"ހުސެއިން މެސީ" ގެ ނަމުގައި ހިންގާ އެކައުންޓަކުން، އެމްޖޭއޭ ގެ ރައީސް ނާއިފް އަށް މަރުގެ އިންޒާރު

މިއީ ނާއިފް އަށް މަރުގެ އިންޒާރު ދިން 3 ވަނަ ފަހަރު.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 14:44
މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން ގެ ރައީސް، އަހުމަދު ނާއިފް (މ): މީގެ ކުރިން ވެސް

މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން ގެ ރައީސް، އަހުމަދު ނާއިފް (މ): މީގެ ކުރިން ވެސް | އެޓޯލް ޓައިމްސް

މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން ގެ ރައީސް އަހުމަދު ނާއިފް އަށް ފޭސްބުކް މެދުވެރިކޮށް މަރުގެ އިންޒާރު ދީފި އެވެ.

"ހުސެއިން މެސީ" ގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ނާއިފް އަށް އިންޒާރުދީ ބުނެފައި ވަނީ ކ. ގުރައިދޫ އަށް އަރައިފި ނަމަ، ވަކިވަކި ކޮށްލައިގެން ވިއްކާލާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ނާއިފް ވިދާޅުވީ މިފަހަރު އިންޒާރުގެ މެސެޖުތައް އަންނަން ފެށީ ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑާ ގުޅޭ ގޮތުން ޕޮޑްކާސްޓެއްގައި ދެއްކި ވާހަކަ އާއި ސިޓީ ހޮޓާތަކުން ވެސް ވަކި ހުއްދައެއް ނަގައިގެން ފަތުރުވެރިންނަށް ބަނގުރާ ވިއްކޭ ގޮތް ހަދަންޖެހޭ ކަމަށް ބުނެ ފާޅުކުރި ހިޔާލަކާ ގުޅިގެން ކަމަށެވެ.

މަރުގެ އިންޒާރުދީ ފޭސްބުކް މެސެންޖާ އިން ނާއިފް އަށް ފޮނުވި މެސެޖުގެ ސްކްރީންޝޮޓް އެއް
މަރުގެ އިންޒާރުދީ ފޭސްބުކް މެސެންޖާ އިން ނާއިފް އަށް ފޮނުވި މެސެޖުގެ ސްކްރީންޝޮޓް އެއް

މީގެ ކުރިންވެސް އެކިފަހަރު މަތިން ނާއިފް އަށް މަރުގެ އިންޒާރު ދީފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިހާރުވެސް އެކި އެކައުންޓްތަކުން ތަކުރާރުކޮށް އިންޒާރުގެ މެސެޖުތައް ލިބެމުންދާ ކަމަށެވެ. އެންމެ ކަންބޮޑުވާކަމަކީ މިކަން ކުރާ ބަޔަކު ފުލުހުންނަށް ނުހޯދެތީ ކަމަށް ނާއިފް ވިދާޅުވި އެވެ.

އޭގެ ސަބަބެއް ކަމަށް ބޭލެވެނީ އިންޒާރު ދިނުމުގެ މިފަދަ އަމަލުތަކަށް ހިތްވަރު ދިނުމުގައި ސަރުކާރުގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ހަރަކާތްތެރިވުން ކަމުގައި ނާއިފް ވިދާޅުވި އެވެ. އިންޒާރުދޭ މީހުން ފުލުހުންނަށް ހޯދިދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތަސް، މިފަހަރު ވެސް އޭނާ އަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ނާއިފް ވިދާޅުވި އެވެ.

އެހެން އެ ވަނީ ސަރުކާރުގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން މިކަލަ ކަންކަމަށް ހިތްވަރުދޭތީ. 3 ފަހަރު މައްސަލަ ހުށަހަޅައިގެން ވެސް އަދި މީހަކު ހައްޔަރެއް ނުކުރޭ، އިންޒާރުދޭ ބަޔަކު ނުހޯދޭ. ޓެކްސްޓް މެސެޖުން އިންޒާރު ދިން ފަހަރު މެސެޖު ކުރި ނަމްބަރު ވެސް ފުލުހުންނަށް ދިނިން އެފަހަރުވެސް ކާކުކަން ނުހޯދުނު. ވަރަށް ކަންބޮޑުވާ ކަމެއް މިއީ. އެއްވެސް އުއްމީދެއް ނެތަސް، ފުލުހުންނަށް މައްސަލަ ހުށަހަޅައިފިން މިފަހަރު ވެސް 
މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން ގެ ރައީސް އަހުމަދު ނާއިފް

ދައުރު ނޫހުގެ އެޑިޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ނާއިފް އަށް މީގެ ކުރިން ވެސް ވަނީ ދެ ފަހަރަކު މަރުގެ އިންޒާރު ދީފަ އެވެ. 2023 ވަނަ އަހަރު ދައުރު ނޫހުގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން އޭނާ އަށް މަރުގެ އިންޒާރު ދިނެވެ. އެ މައްސަލަ އޭރު މަޖިލީހަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ އިންޒާރު ދިނީ ކާކުކަން ހޯދުމަށް ފުލުހުން ނުކުޅެދި އެންމެ ފަހުން މައްސަލައިގެ ތަހުގީގު ވަނީ ހުއްޓާލާފަ އެވެ.

އޭގެ ފަހުން މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރި ދުވަސްވަރު ވެސް ނާއިފް އަށް މަރުގެ އިންޒާރު ދިނެވެ. އެ މައްސަލަ ވެސް ފުލުހުންނަށް ހުށަހެޅުމުން ވެސް މިއަދާ ހަމައަށް އެއްވެސް މީހަކަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ނޫސްވެރިންނަށް އަމާޒުކޮށް މަރުގެ އިންޒާރު ދިނުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ފުލުހުން ކުރިއަށްދާ ގޮތާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މިފަދަ އިންޒާރުތައް ދިނުމަށްފަހު މީގެ ކުރިން ރާއްޖޭގައި ނޫސްވެރިންނަށް ބޮޑެތި އަނިޔާ ދިނުމާއި، ފުރާނަ ދުއްވާލުމުގެ ލާއިންސާނީ އަމަލުތައް  ވެސް ވަނީ ހިންގާ ފައެވެ. 

އަޙްމަދު ނާއިފްއެމްޖޭއޭމަރުގެ އިންޒާރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް

ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް

19 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް: ފިޔާޒު

މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް: ފިޔާޒު

18 ސެޕްޓެމްބަރު 2025
އާމިރު އަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި

އާމިރު އަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި

15 ސެޕްޓެމްބަރު 2025
"ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި އޮންނަ ފޯރަމަށް ވީހާވެސް ގިނަ އާންމުން ބައިވެރިވުމަށް ގޮވާލައިފި

"ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި އޮންނަ ފޯރަމަށް ވީހާވެސް ގިނަ އާންމުން ބައިވެރިވުމަށް ގޮވާލައިފި

13 ސެޕްޓެމްބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު