Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ބިލު

"ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި އޮންނަ ފޯރަމަށް ވީހާވެސް ގިނަ އާންމުން ބައިވެރިވުމަށް ގޮވާލައިފި

އެމްޖޭއޭ އިން އާޓިފިޝަލް ބީޗުގައި ހިޔާލާއި ފިކުރު ކަފުނަށް ނަމުގައި ފޯރަމެއް ބާއްވާއިރު ގިނަ އަދަދެއްގެ އާންމުން ބައިވެރިވުމަށް ވަނީ އިލްތިމާސްކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 12:43
މިރޭގެ ފޯރަމްއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ވީހާވެސް ގިނަ އާންމުން މި ފޯރަމުގައި ބައިވެރިވުމަށް ވަނީ ގޮވާލާފަ

މިރޭގެ ފޯރަމްއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ވީހާވެސް ގިނަ އާންމުން މި ފޯރަމުގައި ބައިވެރިވުމަށް ވަނީ ގޮވާލާފަ

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި ބާއްވާ ފޯރަމަށް ވީހާވެސް ގިނަ އާންމުން ބައިވެރިވުމަށް ގޮވާލައިފި އެވެ.

މި ފޯރަމްގެ އެންމެ ފަހުގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމަށް އަޓިފިޝަލް ބީޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޖޭއޭ އިން ހާމަކުރި ގޮތުގައި، މި ފޯރަމްގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ކިޔައިދީ، އެކަމާ ގުޅޭ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދެވޭނެ އެވެ.

Advertisement - newsAdvertisement

އެމްޖޭއޭގެ ކުރިއަށް އޮތް ދައުރުގެ ނައިބްރައީސް ޝަހުޒާން ވިދާޅުވި ގޮތުގައި، މީޑިއާ ކޮންޓްރޯލް ކުރާ ބިލާމެދު އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތަށް ފާހަގަކުރެވޭ މިންވަރަށް ތާއީދު ލިބެމުންދެއެވެ. އަދި ބިލުގައި އޮތް އެއްޗެއް ނޭނގެނީ ސަރުކާރުގެ އިސްބޭފުޅުންނާއި ބިލުގެ މަސައްކަތް މަޖިލީހުގައި ކުރާ ކޮމިޓީގެ މެންބަރުންނަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެމްޖޭއޭގެ ކުރިޔަށް އޮތް ދައުރުގެ ރައީސް އަދި ދައުރުގެ ނޫސްވެރިޔާ އަހްމަދު ނާއިފް ވިދާޅުވި ގޮތުގައި، މި ބިލުގެ ސަބަބުން އަސަރުކުރާނީ ހަމައެކަނި ނޫސްވެރިންނަކަށް ނޫނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް މި ބިލުގެ އަސަރު ފޯރާނެ އެވެ.

މި ބިލުގެ ސަބަބުން ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ދޮރު ބަންދުވެ، ސަރުކާރާއި ސިޔާސީ ވެރިންނަށް ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބުނެ، ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިހާރުވެސް ނޫސްވެރިން ދަނީ އެކި ސަރަހައްދުތަކުގައި އާންމުންނާ ބައްދަލުކޮށް، ބިލުގައި ހުރި މާއްދާތަކާއި އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާތައް އޮޅުންފިލުވައިދެމުންނެވެ. އަދި މި މައުލޫމާތު ހިމެނޭ ލީފްލެޓެއްވެސް ނޫސްވެރިން ދަނީ މަގުތަކަށް ނުކުމެ އާންމުންނަށް ބަހަމުންނެވެ.

ފޯރަމް އިންތިޒާމުކުރާ ފަރާތުން ފާހަގަކުރި ގޮތުގައި، މި ބިލަކީ ސަރުކާރުގެ ވެރިން ރައްޔިތުންގެ ހަޒާނާއިން ކުރާ ވައްކަމާއި ހިޔާނާތުގެ އަމަލުތައް ފޮރުވުމަށް އަމާޒުކޮށްފައިވާ ބިލެކެވެ.

އަދި ފޭސްބުކް، އެކްސް އަދި އެހެނިހެން ސޯޝަލް މީޑިއާ ވަސީލަތްތައް ވަކި ކޮމިޝަނެއްގައި ރަޖިސްޓްރީކުރުން މަޖުބޫރުކުރުވައި، މީޑިއާތައް އިތުރަށް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް މި ބިލުގެ ސަބަބުން މަޖުބޫރުވެގެން ދާނެ އެވެ.

އެމްޖޭއޭއާޓިފިޝަލް ބީޗުމީޑިއާ ރެގިއުލޭޝަން ބިލުއަޙްމަދު ނާއިފްޝަހުޒާންނޫސްވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން، 60 ހާސް މީހުންގެ ތެރެއިން އެއްކުރެވުނީ އެންމެ 13 ހާސް މީހުން!

އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން، 60 ހާސް މީހުންގެ ތެރެއިން އެއްކުރެވުނީ އެންމެ 13 ހާސް މީހުން!

14 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

14 ނޮވެމްބަރު 2025
މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

30 އޮކްޓޯބަރު 2025
މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

28 އޮކްޓޯބަރު 2025
މުޒާހަރާ އާއި ޗިޓުތައް! ވަކި ނުކުރެވުނު އިއްތިފާގު!

މުޒާހަރާ އާއި ޗިޓުތައް! ވަކި ނުކުރެވުނު އިއްތިފާގު!

09 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު