Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްދަޅު ކޭސް

ރޯދަމަހު މަސްދަޅު ބެހުމަށް ސަރުކާރުން ހަރަދުކުރި އަދަދު ތަފާތުވެއްޖެ!

ރައީސް މުއިއްޒުގެ ސަރުކާރުން "ރޯދަ ހަދިޔާ" މަސްދަޅު ކޭސްތަކަށް ކުރިން ހާމަކުރި 81 މިލިއަން ރުފިޔާގެ ހަރަދު ބަޖެޓުން ފެންނަނީ 111 މިލިއަން ރުފިޔާއަށް، 30 މިލިއަން ރުފިޔާގެ ތަފާތުކަމެއް އޮތްއިރު މިކަމުގެ ސާފު ޖަވާބެއް މިހާތަނަށް ނުދެއެވެ. ބަޖެޓުގައި ހިމަނާފައި ނެތި މިފަދަ ޕްރޮގްރާމްތައް ހިންގައި ހަރަދުތަކުގެ ތަފްސީލު ވަންހަނާކުރުމުން ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވެ، ރައްޔިތުންގެ ފައިސާ ބޭނުންކުރާ ގޮތުގައި ބޮޑެތި ސުވާލުތައް އުފެދިފައިވެއެވެ.

ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބެހި މަސްދަޅު ކޭސްތަކަށް ކުރި ހަރަދު ބަޖެޓުން ފެންނަނީ ކުރިން ހާމަކުރި އަދަދަށްވުރެ 30 މިލިއަން ރުފިޔާ އިތުރުކޮށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2025 | ހޮނިހިރު 15:15
މަސްދަޅު ބެހުމުގައި ކޮރަޕްޝަނުގެ ތުހުމަތު

މަސްދަޅު ބެހުމުގައި ކޮރަޕްޝަނުގެ ތުހުމަތު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި އަހަރުގެ ރޯދަމަހާ ދިމާކޮށް ބެހި މަސްދަޅު ކޭސްތަކާ ގުޅޭ ގޮތުން އެކި އިރު އެކި ވާހަކަ ދައްކަމުން ދިއުމާއި، މި މަސައްކަތަށް ހަރަދުވި ފައިސާގެ ހިސާބުތައް ސާފުނުވުމުން ރައްޔިތުންގެ މެދުގައި ބޮޑެތި ސުވާލުތައް އުފެދިފައިވެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ނޮވެމްބަރު 17، 2024 ގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު އިއުލާނުކުރެއްވީ "ރޯދަ ހަދިޔާ" ގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބަހާނެ ކަމަށެވެ. މި އިއުލާނާ އެކު ރައްޔިތުން ފާރަވެރިވި ކަންކަމުގެ ތެރޭގައި މަސްދަޅު ހުންނާނެ ގޮތާއި، މަސްދަޅުގެ ލޭބަލްގައި ރައީސް މުއިއްޒު އެންމެ ބޮޑަށް ޕްރޮމޯޓު ކުރެވޭނެ ގޮތް ހަދައި، މިކަމަށް ދާނެ ހަރަދާއި، މަސްދަޅުތައް ބަހާނެ ގޮތް ހިމެނެއެވެ.

އެ ދުވަހުން ފެށިގެން މި މަސައްކަތަށް ހޭދަވާނެ މިންވަރު ސަރުކާރުން އޮތީ ރޭވުންތެރިކަމާއި އެކު ވަންހަނާކޮށްފަ އެވެ. ރޯދަ ހަދިޔާގެ ގޮތުގައި 111،231 ގޭބީސީއަކަށް މަސްދަޅުކޭސް ބަހާފައިވާ ކަމަށް ސަރުކާރުން ބުނިއިރު، އެއިން ކޮންމެ މަސްދަޅު ކޭހަކަށް 730 ރުފިޔާ އަރާ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން ބަހާފައިވާ މަސްދަޅުކޭސްތަކަށް ކުރި ޚަރަދަކީ 81 މިލިއަން ރުފިޔާ ކަމަށް އޭރު ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެހެންނަމަވެސް މި އަހަރު މަސްދަޅު ބަހަން ކުރި ހަރަދު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން ފެންނަނީ މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވާ އަދަދުތަކާ މުޅިން ޚިލާފު އަދަދުތަކެކެވެ. ބަޖެޓުގައިވާ މާއުލޫމާތުން ހާމަވަނީ ސްޓޭޕަލް ފުޑް ސަބްސިޑީގެ ދަށުން މިފްކޯއިން ދޫކުރާ މަސްދަޅު އަގުހެޔޮ ކުރުމަށް ސަރުކާރުން 111 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި ކަމެވެ. މިއީ ސަރުކާރުން ކުރިން ހާމަ ކުރި އަދަދަށްވުރެ 30 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މި ހިސާބުތަކަށް ބާލާއިރު މަސްދަޅު ކޭހަކަށް ޖެހެނީ މާކެޓް ރޭޓަށްވުރެ 34 އިންސައްތަ ބޮޑުކޮށް، 1005 ރުފިޔާއަށެވެ. މިއީ ސަރުކާރުން ކުރިން ހާމަކުރި އަދަދަށްވުރެ ވަރަށް ބޮޑަށް ތަފާތު އަދަދެކެވެ. މި 30 މިލިއަން ރުފިޔާގެ ތަފާތު ކޮބާތޯ ސުވާލު އުފެދެ އެވެ.

ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވާ ކަމަށް ސަރުކާރުން ބުނެ، ބައެއް ފިޔަވަޅުތައް އަޅަމުންދާއިރު، އަގުބޮޑުކޮށް މަސްދަޅު ކޭސްތަކަށް އޯޑަރު ދިން މައްސަލައާ ގުޅިގެން މިހާތަނަށް އައި އިރުވެސް ސަރުކާރުން ސާފު ޖަވާބެއް ދީފައެއް ނުވެއެވެ. އޭރު މިހަރަދު ތަކާ ގުޅިގެން ރައްޔިތުން ކުރި ސުވާލުތަކަށް ސަރުކާރުން ދެއްވާފައިވާ ޖަވާބަކީ ކަނޑައެޅިގެން ދޮގުކަން މިހާރު ވަނީ ހާމަވެފަ އެވެ.

ސަރުކާރުގެ އިތުރުން އިދިކޮޅު ފަރާތްތަކުންވެސް އެދުވަސްވަރު ދިޔައީ މިކަމާ ގުޅޭ ގޮތުން ތަފާތު ވާހަކަ ދައްކަމުންނެވެ. ރައީސް މުއިއްޒުގެ ސިޔާސަތުތައް ބައްޓަންވެފައި ވާގޮތުން، ރައްޔިތުންނަށް ހަގީގީ ފައިދާއެއްކުރާނެ ކަމެއްގައި ބަހާއި އަމަލު ދިމާވުމަކީ ނާދިރުކަމެކެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ތެރެއިންވެސް ކޮންމެވެސް ކަހަލަ ވައްކަމެއް ނޫނީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނުފެންނަ ހަމަ އެންމެ ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މިކަމުގައި ކަންބޮޑުވާނެ ޖެހޭ ކަންކަން ކިތަންމެހާވެސް ގިނަ އެވެ. މިދިޔަ އަހަރުވެސް މަސްދަޅު ބަހާފައިވަނީ ބަޖެޓުގައި ހިމަނައިގެނެން ނޫނެވެ. ހަމަ އެގޮތަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައިވެސް މަސްދަޅު ބެހުމަށް އެއްވެސް މިންވަރެއް ހިމަނާފައެއް ނުވެ އެވެ. ބަޖެޓުގައި ނުޖަހާ ސަރުކާރުން މިގޮތަށް ކަންކަން ކުރަނީ މުޅި ނިޒާމު ގަޑުބަޑުކޮށް ވައްކަން ކުރުމަށް އިރުތު ދޮރުތައް ހުޅުވުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

ބަޖެޓުގައި ހިމަނާފައި ނެތް ކަންކަން ކުރުމުން ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލާއި ހަރުދަނާ އުސޫލުތައް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަން މާލީ މާހިރުން ފާހަގަކުރެ އެވެ. ސަރުކާރުން ބުނި އަދަދާއި ބަޖެޓުގައިވާ އަދަދު ތަފާތުވުމުން ރައްޔިތުންގެ ފައިސާ ބޭނުންކުރާ ގޮތުގައި ސުވާލު އުފެދެ އެވެ.

މި ސަރުކާރުން ރައްޔިތުން ހެއްލުމަށް ޓަކައި ކުޑަކުދިންނަށް މެޓާބަހާހެން، ރޯދަމަހާއި ދިމާކޮށް ގޭގެއަށް މަސްދަޅު ކޭސް ބަހަނީ ވެންމަސް ވެނަށް ކާންދޭ އުސޫލުން ކަމަށް ގިނަބަޔަކު ސިފަކުރެ އެވެ. ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ ތެރޭގައި، ސިޔާސީ ފައިދާއަށްޓަކައި މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެ އެވެ.

މިކަން ކުރަނީ ސަރުކާރުގެ އެއްވެސްކަހަލަ އިހުލާސްތެރި ނިޔަތެއް އޮވެގެން ނޫންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ރައްޔިތުންގެ ފައިސާ ހަރަދުކުރާ ގޮތުގެ އިތުބާރު ގެއްލި، ސަރުކާރުން ދޭ މައުލޫމާތުތައް ދޮގުވުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. މި މައްސަލައިގައި ސަރުކާރުން ސާފު ޖަވާބެއް ދިނުމާއި، ހަރަދުތަކުގެ ތަފްސީލު ހާމަކުރުމަކީ ރައްޔިތުންގެ ހައްގެކެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމަސްދަޅު ކޭސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު