Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިއަދު 2:30ން 08:00ށް ކުރިއަށް ދާނެ

އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީ ވޯޓުލުން ޖެނުއަރީ 16 ވަނަ ދުވަހު މެންދުރުފަހު 2:30ން ރޭގަނޑު 8:00ށް ކުރިއަށްދާނެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 09:05
އެމްޑީޕީގެ ކުރީގެ ޕްރައިމަރީ އެއްގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް

އެމްޑީޕީގެ ކުރީގެ ޕްރައިމަރީ އެއްގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް | ސޯޝަލް މީޑިއާ

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު އޮންނާނެ އެވެ.

އެމްޑީޕީ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ޖެނުއަރީ 16 ވާ ހުކުދު ދުވަހުގެ މެންދުރު ފަހު 2:30ން ރޭގަނޑު 08:00 އަށެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510ށް ވުރެ ގިނަ ކެންޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ.

ޖުމްލަ 65 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ، މާލޭގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބަހައްޓާ 14 ފޮށި އަދި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށްޓާއި، މާލެއިން ބޭރުގައި ބަހައްޓާ 34 ވޯޓު ފޮށްޓެވެ.

މާލޭގައި ވޯޓު ފޮށިތައް ބަހައްޓާ ގޮތަށް ބަލާ އިރު، މަޖީދިއްޔާ ސްކޫލްގައި 4 ވޯޓު ފޮށި، ގަލޮޅު މަދަރުސާގައި 2 ވޯޓު ފޮށި، އިސްކަންދަރުގައި 3 ވޯޓު ފޮށި، ހިރިޔާ ސްކޫލްގައި 4 ވޯޓު ފޮށި، މުހިއްޔުއްދީން ސްކޫލްގައި 1 ވޯޓު ފޮށި، ގާޒީ ސްކޫލްގައި 2 ވޯޓު ފޮށި އަދި ކާމިލް ދީދީ ސްކޫލްގައި 1 ވޯޓު ފޮށި ބަހައްޓާނެ އެވެ. މީގެ އިތުރުން މާލޭގައި އަތޮޅުތަކުގެ މީހުންނަށް ޚާއްސަކޮށްގެން ބަހައްޓާ 14 ވޯޓު ފޮށި ހުންނާނީ ކަލާފާނު ސްކޫލްގަ އެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އެއީ ތިނަދޫގެ ދާއިރާތަކަށް ޚާއްސަ ވޯޓު ފޮށިތަކެވެ. މީގެ އިތުރުން ބޮޑެތި އާބާދީ ހުރި ތަންތަަނަށް ބަލާ ނަމަ ލ.ގަމު ދާއިރާގައި 3 ވޯޓު ފޮށި ބަހައްޓަ އެވެ. އައްޑޫ ސިޓީގައި 2 ވޯޓު ފޮށި، ސ. ހުޅުދޫގައި އެއް ވޯޓު ފޮށި ބަހައްޓާ އރިު ފުވައްމުލައް ސިޓީގައި 1 ވޯޓު ފޮށި، ގދ. އަދި ގއ.ގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީލޯކަލް ކައުންސިލްތައްޑަބްލިއުޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ އިން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު، އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންްޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން

އެމްޑީޕީ އިން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު، އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންްޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން

16 ޖެނުއަރީ 2026
ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް

ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް

15 ޖެނުއަރީ 2026
ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް ތައްޔާރު، އެދެނީ މެންބަރުން ނުކުމެ ސުލްހަވެރިކަމާއެކު ވޯޓުގެ ކަންތައް ނިންމާލުން: ގަފޫރު

ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް ތައްޔާރު، އެދެނީ މެންބަރުން ނުކުމެ ސުލްހަވެރިކަމާއެކު ވޯޓުގެ ކަންތައް ނިންމާލުން: ގަފޫރު

15 ޖެނުއަރީ 2026
އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

14 ޖެނުއަރީ 2026
ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ

ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ

12 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު