Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތުޅާދޫ

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލު އެކަހެރި ކޮށް ސަރުކާރުން ހުޅުވާލައިފި

ތުޅާދޫ ގައި ބިނާކުރި 100 ފުލެޓަށް އެދި ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީން ހުޅުވާލި އިރު ކައުންސިލުން ފުލެޓް ދޫކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކޯޓު އަމުރުގެ ދަށުން ހުއްޓުވުމަށްފަހު އެކަން މިނިސްޓްރީގެ ދަށަށް ނަގައިފައިވޭ. އެމްޑީޕީން ބުނީ މިއީ ގާނޫނު އަސާސީއާއި ލާމަރުކަޒީ ގާނޫނާ ޚިލާފު އަދި އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަކަރުވެރި ރޭވުމެއް ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 17:57
 މި 100 ހައުސިން ޔުނިޓަކީ ތުޅާދޫ އަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ދަށުން އިމާރާތް ކުރި ތަންތަން

މި 100 ހައުސިން ޔުނިޓަކީ ތުޅާދޫ އަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ދަށުން އިމާރާތް ކުރި ތަންތަން | ތުޅާދޫ ކައުންސިލް

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީ އިން ހުޅުވައިލުމަކީ ސީދާ ގާނޫނޫ އަސާސީ އާއި ލާމަރުކަޒީ ގާނޫނާ ޚިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށް އެމްޑީޕީ އިން ތުހުމަތު ކޮށްފައި ވަނިކޮށް އެ ފްލެޓްތަކަށް ކުރިމަތި ލުމަށް ސަރުކާރުން ހުޅުވާލައިފި އެވެ. 

ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބައެއް ބަދަލު ގެނެސް، ޖެނުއަރީ 11 ގައި ކުރިމަތިލާން ހުޅުވާލަން ސަރުކާރުން ނިންމިއިރު އާދިއްތަ ދުވަހު ހައުސިންގް މިނިސްޓްރީން ބުނީ ތުޅާދޫ އާއި ވިލުފުށީގައި ސަރުކާރުން ތަރައްގީކުރި ރޯހައުސްތަކަށް އެދި ފޯމު ހުށައެޅޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެގޮތުން 11 ޖެނުއަރީ އިން  ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. 

Advertisement - newsAdvertisement

އެ މިނިސްޓްރީ އިން ގެޒެޓުގައި އާންމުކުރި މައުލޫމާތުގައި ވަނީ، ތުޅާދޫގައި އިމާރާތްކުރި ސަތޭކަ ފުލެޓު ދޫކުރާނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ސަރުކާރުން އިފްތިތާހުކުރި "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ކަމަށެވެ.

އަތޮޅުތަކުގެ ރަށްތަކުގައި އަސާސީ ބޯހިޔާވަހިކަން އެއް އުސޫލެއްގެ ދަށުން ދޫކުރުމަށްކަމަށް ބުނެ، އެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ ސަރުކާރުން ހަދާފައިވާ ގެދޮރުވެރިކަމުގެ އުސޫލާ އެއްގޮތަށެވެ.  

އެގޮތުން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެކަން ވަނީ ހުއްޓުވާފަ އެވެ. ހައުސިން ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް މިނިސްޓްރީގެ ދަށަށް ގެންދިޔައީ ވެސް އޭގެ ފަހުންނެވެ. 

ހައުސިންގ މިނިސްޓްރީ އިން އާންމުކުރި އުސޫލުގައިވާ ގޮތުން، ތުޅާދޫގައި އިމާރާތްކުރި ފުލެޓުތަކަށް ކުރިމަތިލެވޭނީ އެ ރަށުގެ ރަށްވެހިންނަށާއި އެ ރަށަށް ހިޖުރަކޮށް، މެދުކެނޑުމެއް ނެތި 10 އަހަރު އުޅެފައިވާ މީހުންނަށެވެ.

މިކަމާ ގުޅިގެން މީގެ ކުރިން އެމްޑީޕީ އިން ބުނީ މި ސަރުކާރުގެ ދައުރު ފެށުމާއެކު، ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށައިފަވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށު ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި އެ ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ކޯޓު އަމުރާ ޚިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގައިފައި ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

އޭގެ އިތުރުން އެ ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލު ގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީ އިން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް ހުޅުވައިލުމަކީ ސީދާ ގާނޫނޫ އަސާސީ އާއި ލާމަރުކަޒީ ގާނޫނާ ޚިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

އެމްޑީޕީ އިން ބުނީ މިއީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަންކަން ކަމުގައި ވާތީ، އެ ކަންކަން ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލާ ކަމަށެވެ.

އެމްޑީޕީތުޅާދޫމިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީގެ ޕްރައިމަރީގައި 65 ވޯޓު ފޮށި ބަހައްޓާނެ، ފޮށިތައް ހުންނަ ތަންތަން އިއުލާނު ކޮށްފި

އެމްޑީގެ ޕްރައިމަރީގައި 65 ވޯޓު ފޮށި ބަހައްޓާނެ، ފޮށިތައް ހުންނަ ތަންތަން އިއުލާނު ކޮށްފި

10 ޖެނުއަރީ 2026
މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 160 މިލިއަން ރުފިޔާ، އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ: ޣަފޫރު

މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 160 މިލިއަން ރުފިޔާ، އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ: ޣަފޫރު

07 ޖެނުއަރީ 2026
ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

06 ޖެނުއަރީ 2026
ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ

ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ

06 ޖެނުއަރީ 2026
ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި

ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި

05 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު