Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

ގްރީން ސްޓްރީޓާ މާޒިޔާ މެޗުގެ ރެފްރީ ސަސްޕެންޑު ކޮށްފި

12 ސެޕްޓެމްބަރު 2017 | އަންގާރަ 13:30

ގްރީންއާ މާޒިޔާ ކުޅުނު މެޗުގައި ރެފްރީކަން ކޮށްފައިވަނީ މުހައްމަދު ނިއުޝާދު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 ސެޕްޓެމްބަރު 2017 | އަންގާރަ 13:30
ގްރީންއާ މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީންއާ މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ގްރީން ސްޓްރީޓް ކުޅުނު މެޗުގައި ރެފްރީކަން ކުރި ރެފްރީ ސަސްޕެންޑު ކޮށްފިއެވެ.

ގްރީންއާ މާޒިޔާ ކުޅުނު މެޗުގައި ރެފްރީކަން ކޮށްފައިވަނީ މުހައްމަދު ނިއުޝާދެވެ. މި މެޗުގައި ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސުބޯލް އިލިއާ މެޗުގެ 51 ވަނަ މިނުޓުގައި ރެފްރީއާ ދިމާލަށް އެއްޗެއް ބުނި ކަމަށް ބުނެ އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކިއެވެ. މިކަމާ ހިތްހަމަނުޖެހިގެން ގްރީންގެ ކުޅުންތެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށް ރެފްރީ ނިއުޝާދް މެޗުގެ ކުޅުން ހުއްޓާލުމަށް ފަހު ދަނޑުން ފައިބައިގެން ދިޔައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ކުޅުން ހުއްޓާލާފައިވާއިރު އޭރު 1-0 އަކުން ކުރީގަ އޮތީ މާޒިޔާއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެފްރީކަން ކުރި އާދަމް ފަޒީލް ދެވަނަ ހާފަށް ނުކުމެފައި ނުވާއިރު ދެވަނަ ހާފުގައި ރެފްރީކަން ކުރަން ނުކުތީ މުހައްމަދު ނިއުޝާދެވެ. މީގެކުރިން ދެފަހަރެއްގެ މަތިން މި ރެފްރީގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ގްރީންގެ ކޯޗު މުހައްމަދު ސޮބާހް ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ބުންޏެވެ.

ސޮބާ ބުނެފައިވަނީ ނިއުޝާދު ރެފްރީކަންކުރި ބައެއް މެޗުތަކުގައި އޭނާ ނެގި ބައެއް ޑިސިޝަންތަކުގެ ސަބަބުން ގްރީންއަށް ޕޮއިންޓް ގެއްލިފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ ނިއުއާ ދެކޮޅަށް ކުޅުނު މެޗާ ޓީސީއާ ދެކޮޅަށް ގްރީންއިން ކުޅުނު މެޗުގައި ރެފްރީ ނިއުޝާދު ގްރީންއާ ދެކޮޅަށް ނިންމި ބައެއް ނިންމުމުގެ ސަބަބުން އެ ޓީމަށް ޕޮއިންޓް ގެއްލިފައިވާތީ އެ ރެފްރީގެ މައްސަލަ އެފްއޭމްއަށް ހުށަހެޅި ކަމަށެވެ. އަދި ގްރީންއިން ކުޅޭ މެޗުތަކުގައި ނިއުޝާދު ރެފްރީއަކަށް ހަމަނުޖެއްސުމަށްވެސް އެދުނު ކަމަށް ސޮބާހް ބުންޏެވެ.

ހޯމަ ދުވަހުގެ ރޭ މެޗާ ބެހޭގޮތުން ސޮބާހް ބުނެފައިވަނީ ގްރީންއިން ތިބީ މެޗު ކުރިޔަށް ގެންދިޔުމަށް ކަމަށާ އެހެނަސް އެ ޓީމުން ނިއުޝާދުގެ ރެފްރީކަމުގެ ދަށުން މެޗު ކުޅެން ދެކޮޅު ހެދިކަމަށެވެ. އަދި މެޗުގެ ހަތަރު ވަނަ އޮފިޝަލެއް ހުއްޓައި ލައިންސްމަނެއްގެ ގޮތުގައި ހުރި ނައުޝާދު ރެފްރީއެއްގެ ގޮތުގައި އެރުބުމަކީ ގަވާއިދުތަކާ މުޅިން ހިލާފް ކަމެއް ކަމަށްވެސް ސޮބާހް ބުންޏެވެ.

މިކަމުގެ ސަބަބުން އެފްއޭމްގެ ރެފްރީސް ކޮމިޓީއިން ވަނީ އެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި ވަކިގޮތެއް ނިމެންދެން، އެފްއޭމްގެ އެއްވެސް މުބާރާތެއްގެ މެޗެއްގައި ރެފްރީކަން ނުކުރެވޭގޮތަށް ވަގުތީގޮތުން ނައުޝާދު ސަސްޕެންޑު ކޮށްފައެވެ.

ހަމައެހެންމެ އެފްއޭމްގެ ރެފްރީސް ޑިޕާޓްމަންޓް ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނާ އެ އިދާރާގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް އަލުން އެކުލަވާލަން ހަމަޖެހިފައިވާތީވެ، ރެފްރީސް ޑިޕާޓްމަންޓާ މިހާރު ހަވާލުވެ ހުރި އަޙްމަދު އަމީޒު ވެސް އެ މަގާމުން ވަނީ ވަކިކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
03 ފެބުރުއަރީ 2017

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް