Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ފޯމު ފުރުމަށް "މައި ޕޯޓަލް" ހުޅުވާލައިފި

ކެންޑިޑޭޓުން މައި ޕޯޓަލް އަށް ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށް ލޮގިންވެ މަޢުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑުކޮށް އިދާރީ ފައިސާ ދެއްކޭނެ ކަމަށް އިލެކްޝަންސް އިން ބުނޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 19:01
"އީފާސް" މެދުވެރިކޮށް  ހުށަހަޅަން ޖެހޭ  ފޯމާއި އެހެނިހެން ޚިދުމަތްތަކާ ގުޅޭގޮތުން، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާއެކު އިލެކްޝަންސް ކޮމިޝަނުން ބައްދަލު ކުރަނީ

"އީފާސް" މެދުވެރިކޮށް ހުށަހަޅަން ޖެހޭ ފޯމާއި އެހެނިހެން ޚިދުމަތްތަކާ ގުޅޭގޮތުން، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާއެކު އިލެކްޝަންސް ކޮމިޝަނުން ބައްދަލު ކުރަނީ | އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް "މައި ޕޯޓަލް" އަންގާރަ ދުވަހުން ފެށިގެން ހުޅުވާލައިފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގަިއ ބުނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑު ކުރުމަށްފަހު ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން މައި ޕޯޓަލް މިހާރު ހުޅުވާލާފައި ވާކަމަށެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މައި ޕޯޓަލް my.elections.gov.mv އަށް ލޮގިންވާނީ އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށް ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ޙައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިޚްތިޔާރުކޮށްފިނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށާއި ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް  ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލް އިން ކަމަށެވެ. 

އިލެކްޝަންސް އިން ބުނީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުން، ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދުވެސް ހޯދަންވާނީ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލާ ފަރާތުން، އެ ދާއިރާއަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މޯބައިލް ނަންބަރު ޖަހައި ހުށަހެޅުމުން، ވޯޓުލުމުގެ ޙައްގު ލިބިގެންވާ ފަރާތަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން އެކަން އެންގޭނެ ކަމަށާއި އަދި ތާއީދު ދިނުމުގެ ރިކުއެސްޓްތައް ޤަބޫލުކުރުން ނުވަތަ ނުކުރުން ކަނޑައަޅާނީ، ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިން ކަމަށް އިލެކްޝަންސް ގެ އިއިލާނުގައި ބުނެފައިވެ އެވެ.  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެއެވެ.

އިންތިޚާބަށް ރަސްމީކޮށް އިއުލާނު ކުރަންވާއިރަށް، ކެނޑިޑޭޓުންގެ މަޢުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކުރުމަށް ފަހު އިދާރީ ފައިސާ ދައްކަވާ ތައްޔާރުވެގެން ތިއްބެވުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ. އަދި މައި ޕޯޓަލްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން އެދެ އެވެ.

 މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު، ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރި ނަމަވެސް، ކޮމިޝަނަށް ފޯމު ހުށަހެޅޭނީ، އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް ހުޅުވާލުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައި ވަނީ ފާހަގަކޮށްފަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުއިލެކްޝަންސް ކޮމިޝަންމައި ޕޯޓަލްއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

07 ޖެނުއަރީ 2026
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި

05 ޖެނުއަރީ 2026
އެމްޑީޕީ ޕްރައިމަރީ: ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޑީޕީ ޕްރައިމަރީ: ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

04 ޖެނުއަރީ 2026
އަމިއްލައަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެ ވަކިވެވޭ ގޮތަށް ޕޯޓަލް އެއް ހަދައިފި

އަމިއްލައަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެ ވަކިވެވޭ ގޮތަށް ޕޯޓަލް އެއް ހަދައިފި

02 ޖެނުއަރީ 2026
ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު