Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ ހިއްކުން

ރަސްމާލެ ހިއްކުމާ ގުޅިގެން ކުރާ ތިމާވެށީގެ މައްސަލަތަކުގެ ޝަކުވާތަކަށް ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ޖަވާބެއް ނުދެއްވި!

ރަސްމާލެ ހިއްކުމާ ގުޅިގެން ތިމާވެށީގެ މައްސަލަތަކުގައި މިހާތަނަށް ކިހާ ޝަކުވާއެއް ލިބިފައިވޭތޯ އާއި އެކަމާ ގުޅިގެން ކޮންޓްރެކްޓަރަށް އެއްވެސް ފިޔަވަޅެއް އެޅިންތޯ ރާއްޖެއެމްވީ އިން މިނިސްޓަރާ ސުވާލު ކުރި ނަމަވެސް މިނިސްޓަރު ވަނީ ކުރި މެސެޖަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވައި، ފޯނުން ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާ ފިއްލަވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 14:30
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް

ސަރުކާރުން ކުރިއަށް ގެންދާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބެމުންދާތީ ހުށަހަޅަމުންދާ ޝަކުވާތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ތިމާވެއްޓާ ބެހޭ ވަޒީހު ތޯރިގް އިބްރާހިމް ދެކޮޅު ހައްދަވައިފި އެވެ.

ރަސްމާލެ ހިއްކުމާ ގުޅިގެން ތިމާވެށީގެ މައްސަލަތަކުގައި މިހާތަނަށް ކިހާ ޝަކުވާއެއް ލިބިފައިވޭތޯ އާއި އެކަމާ ގުޅިގެން ކޮންޓްރެކްޓަރަށް އެއްވެސް ފިޔަވަޅެއް އެޅިންތޯ ރާއްޖެއެމްވީ އިން މިނިސްޓަރާ ސުވާލު ކުރި ނަމަވެސް މިނިސްޓަރު ވަނީ ކުރި މެސެޖަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވައި، ފޯނުން ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާ ފިއްލަވާފަ އެވެ. 

Advertisement - newsAdvertisement

ބެލްޖިއަމްގެ ޔާން ޑި ނޫލް ކުންފުނިން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެއްޓަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ކަމަށް ތިމާވެށީގެ ތަޖުރިބާކާރަކު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރަސްމާލެ ސަރަހައްދަށް އެ ކުންފުނީގެ ބޮޑު ޑްރެޖަރުން ވެލި އަޅަމުންދާ އިރު ފަރުމައްޗަށް ކިސަޑު ފައިބައިގެން ދިއުން ކޮންޓްރޯލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ އާޚިރު ނަތީޖާ އަކަށް ވެގެން ދާނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވަށައިގެންވާ ފަރަށާއި، ފަރުގެ ދިރުންތަކަށް ލިބިގެން ދިއުމެވެ.

އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުން ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ވަޒަން ކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދަށް މުއިއްޒުގެ ސަރުކާރުން ގެނައި ބަދަލުތަކާ އެކު "މިހާރު އެއީ ނަމެއް ގައި ހަދާ ރިޕޯޓެކެވެ."

އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ރިޕޯޓް ތައްޔާރު ކުރުމަށް ކުރިން އަމަލު ކުރަމުން އައީ ބައިނަލް އަގުވާމީ ފެންވަރުގައި ގަބޫލު ކުރެވޭ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އެހެން ނަމަވެސް މިހާރު އެ ރިޕޯޓު ހެދުމުގައި އެކުލެވޭ މުހިންމު އެތައް މަރުހަލާތަކެއް ވަނީ ލާޒިމު ނުވާ ގޮތް ހަދާފައެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ މަޝްރޫއެއް ނަމަ ބަލަން ޖެހޭ އެއްވެސް ކަމެއް މިހާރު ނޯންނަ ކަމަށާއި، ޝަކުވާ އެއް ހުށަހެޅި އަސް އޮފިޝަލުންނަށް ކުރެވޭނެ ކަމެއް ވެސް މިހާރު ނޯންނަ ކަމަށެވެ.

ތިމާވެށީގެ ތަޖުރިބާކާރުން ކަންބޮޑުވަނީ، އެތައް މިލިއަން ޑޮލަރުގެ ފައިދާ ބެލްޖިއަމްގެ ކުންފުންޏަށް ލިބޭނެ ކަމަށް ބެލޭ މި މަޝްރޫއުގައި ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ހޭދަ އެއް އެ ކުންފުނިން ކޮށްފައި ނެތް ކަން ފާހަގަ ކުރެވުމެވެ. މަޝްރޫއު އެންމެ ފުރަތަމަ ފެށި އިރު ވެސް އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްކަން އޭރު ވެސް ފާހަގަ ކުރެވުނެވެ. މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން ހިއްކި އިރު އެންވަރަޔަންމަންޓަލް މޮނިޓަރިންގ ރިޕޯޓެއްގެ މިންވަރު ވެސް އާންމު ކޮށްފަ އެއް ނުވެ އެވެ.

ފުށިދިގަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ކައިރީގައި ހުރި ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި ފަހުން ވިދާޅުވެފަ އެވެ. އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ވެސް ފުރިހަމަ އަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރ ތޯރިގް އިބްރާހިމް އަށް ޓެގް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި "މިފަދަ ހުރިހާ މަސައްކަތެއް ވެސް ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާ އެއް،" ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ގަވާއިދުތައް ތަންފީޒުކުރުން ކުރިއަށް ގެންދަން ޖެހޭނީ ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނަގާތީ އެކަމާއި ދެކޮޅަށް މިދިއަ ޑިސެމްބަރު މަހު ވަނީ މާފުށީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ ސަބަބުން ކައިރީގައި ހުރި ފަރުތަކަށް ގެއްލުން ވަމުންދާކަން ފާހަގަ ކުރެވިފައި ވަނިކޮށް، ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގައި ކުނި އަޅާ ކަމުގެ މައްސަލަ އެއް ވެސް ވަނީ ފެންމަތިވެފައެވެ. އެކަން ވެސް ރައީސް މުއިއްޒު ދޮގު ކުރައްވާފައި ވަނިކޮށް އެ ސަރަހައްދުން ގިނަ އަދަދެއްގެ ކުނި އެއްގަމާއި މޫދުން ފެންނަ ވީޑިއޯ ތައް ވެސް ވަނީ އާންމުވެފަ އެވެ.

ރަސްމާލެ މަޝްރޫއުމިނިސްޓަރު އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގް އިބްރާހިމްތިމާވެށި ހަލާކު ކުރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު

ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު

01 ޖެނުއަރީ 2026
ފުށިދިއްގަރު ފަޅު ހިއްކަމުންދާއިރު ކައިރީގައިވާ ފަރުތަކަށް ދަނީ ބޮޑެތި ގެއްލުން ވަމުން: ރައީސް ނަޝީދު

ފުށިދިއްގަރު ފަޅު ހިއްކަމުންދާއިރު ކައިރީގައިވާ ފަރުތަކަށް ދަނީ ބޮޑެތި ގެއްލުން ވަމުން: ރައީސް ނަޝީދު

25 ޑިސެމްބަރު 2025
ތިމާވެށީގެ ގޮތުން މުހިންމު މާހައުލުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަންތަން މުއިއްޒު ސަރުކާރުން ރިސޯޓު ތަރައްގީ ކުރަން ނައްތާލަނީ

ތިމާވެށީގެ ގޮތުން މުހިންމު މާހައުލުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަންތަން މުއިއްޒު ސަރުކާރުން ރިސޯޓު ތަރައްގީ ކުރަން ނައްތާލަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު