Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އެމްޑީޕީ އިން އެކުގައި މަސައްކަތް ނުކުރާނަމަ ވަރަށް ބޮޑު ލޮޅުމެއް އަރައި، 10 އަހަރު ގައުމު ފަހަތަށް ދާނެ: ބިގޭ

ބިގޭ ވިދާޅުވީ އެމްޑީޕީ ބައިބައިވުމަކީ ސަރުކާރަށް ލިބޭ އުފަލެއް ކަމަށާއި، އެމްޑީޕީން ރައްޔިތުންގެ ހައްގުގައި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް. މާޒީން ތަޖުރިބާ ލިބިފައިވާ ކަމަށާއި، ޕްރައިމަރީ އަށްފަހު ވެސް ހިޔާލުތަފާތުވުން ތަކާއެކު އެކުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ބިގޭ ދެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2026 | ހޮނިހިރު 08:25
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަ ދައްކަވަނީ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން އެކުގައި މަސައްކަތް ނުކުރާނަމަ ގައުމަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށާއި، 10 އަހަރު ފަހަތަށް ދާނެ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ބިގޭ ވަނީ މި ސަރުކާރުގައި ގައުމާ ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި ދެރަ ނިކަމެތި ކަަމަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށާއި، އެއީ އެމްޑީޕީ ފިކުރާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ފިކުރު ކަމަށް އޭނާ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ އެމްޑީޕީ ބައިބައިވެ ވަކިވެގަތުމަކީ ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެކަތިގަނޑެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ކުރަން ސަރުކާރުން ބޭނުން ނުވާނެ ކަމަށެވެ. އެކުގައި މަސައްކަތް ފެށުމަކީ ސަރުކާރަށް ސިހުން ގެނުވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. 

އެމްޑީޕީ އަށް އިޝާރާތް ކުރައްވައި ބިގޭ ވިދާޅުވީ އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކަމަށާއި، ރައްޔިތުން އެދޭ ގޮތަށް މިނިވަންކަމާއެކު ގައުމު ބިނާ ކުރުމަށް ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެ މިއަދު އެހާލަތު ބަދަލުވެފައިވާ ކަމަށް ބިގޭ ވިދާޅުވި އެވެ. 

ބިގޭ ވިދާޅުވީ ގައުމު ރަނގަޅު މިސްރާބަށް ގެންދިއުމަށްޓަކައި އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެގޮތަށް މަސައްކަތް ނުކޮށްފިނަމަ ގައުމަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށެވެ. އެމްޑީޕީން ވަކިވެގެންދާ މީހުންގެ ހަޔާތުން 5 އަހަރު ގެއްލި ގައުމު ވެސް 10 އަހަރު ފަހަތަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދޭން މިނިވަންކަމާއެކު ރާއްޖޭގައި  އޭގެ ޒާތުގައި ކުރިއަށްދާނެ ގައުމެއް ބިނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް އެނގޭތޯ. މިގޮތަށް މަސައްކަތް ނުކުރެވުނީމާ ނިކަމެތިކަން ލިބެނީ އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވެގެން ނުކުންނަ ބޭފުޅުންނަށް އެކަންޏެއް ނޫން. އެމްޑީޕީއާ ދޭތެރޭގައި ހިތުގައި އޮތް ލޮއެތްބާ، އެކަނޑާލި އަސް އެމްޑީޕީ ވަންތަ ލޭ އަންނަ ގޮތަށް ތިބޭ ބޭފުޅުންގެ ހިތުގައި ވެސް އެނުތަނަވަސްކަމާއި އެ ހިތްދަތިކަން އިހުސާސް ކުރެވޭ. އަދި އޭގެ ނިކަމެތިކަން ލިބެނީ ހިޔާލުތަފާތުވުން ތަކުގައި ނުކުމެގެންދާ ބޭފުޅުންނާ ވެސް އެކުގައި އިނގޭތޯ. އެބޭފުޅުންގެ ހަޔާތުން ވެސް 5 އަހަރު ގެއްލުނީ. ގައުމުގެ ހަޔާތުން ވެސް ގައުމުގެ ކުރިއެރުމާ ތަރައްގީއަށް އޮތް 5 އަހަރުން 5 އަހަރެއް ގެއްލި މާޒީގެ ވެރިކަން ފެންނަން އޮތް ގޮތަށް ބަލާއިރު ގެއްލި ދިޔައީ އިނގޭތޯ.  
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ މާޒީން މިހާރު ތަޖުރިބާ ލިބިފައިވާ ކަމަށާއި، ޕާޓީގެ ޕްރައިމަރީ އަށްފަހު ވެސް ހިޔާލުތަފާތުވުން ތަކާއެކު ވެސް އެކުގައި ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. މި މަސައްކަތުގައި އެމްޑީޕީއާއެކު ރައްޔިތުން ބައިވެރިވާން ޖެހޭ ކަމަށާއި، އެނޫން ގޮތަށް ގައުމުގެ ކުރިމަގު ނުފެންނާނެ ކަމަށް ބިގޭ ވިދާޅުވި އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

2023 ގައި އެމްޑީޕީ އަށް ލިބުނު ޑެމޭޖަކީ ހަރުދަނާ ވުމަށް ލިބުނު ފުރުސަތެއް: މެންބަރު މީކާއީލް

2023 ގައި އެމްޑީޕީ އަށް ލިބުނު ޑެމޭޖަކީ ހަރުދަނާ ވުމަށް ލިބުނު ފުރުސަތެއް: މެންބަރު މީކާއީލް

02 ޖެނުއަރީ 2026
ހުދުމުހުތާރު ވެރިކަމުގެ ޗޮއިސް ނޫން ޗޮއިސް އަކަށް ހަމައެކަނި އޮތީ އެމްޑީޕީގެ ޗޮއިސް: މެންބަރު އަހުމަދު ދީދީ

ހުދުމުހުތާރު ވެރިކަމުގެ ޗޮއިސް ނޫން ޗޮއިސް އަކަށް ހަމައެކަނި އޮތީ އެމްޑީޕީގެ ޗޮއިސް: މެންބަރު އަހުމަދު ދީދީ

02 ޖެނުއަރީ 2026
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

29 ޑިސެމްބަރު 2025
ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

24 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު