Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ހަރުގެ ޖަލްސާ

ވެރިކަމާއި މަޖިލިސް ދީގެން ރައްޔިތުންނަށް ވީކަމެއް ހަރާމުން ހަރާން: ހައުލަތު

އެމްޑީޕީ އަންހެނުން ރޫހުގެ މެންބަރު ހައުލަތު ވިދާޅުވީ ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީ ދިނީމަ ވެސް ރައްޔިތުންނަށް ވީ އެއްވެސް ކަމެއް ނެތް ކަމަށެވެ. ހައުލަތު ވިދާޅުވީ، ހުރިހާ ބާރެއް ދީނީމަ ވެސް ރައްޔިތުން ޖެއްސީ ހާލުގައި ކަމަށާއި މުޅި ގައުމު ހަލާކުވެގެން މިދަނީ ހީނުކުރާހާ އަވަސް ކަމާއެކު ކަމަށެވެ. މީހަކު އަޅާ ފޭރާމަކުން، ލާ ހެދުމަކުން، ޖަހާ ސެންޓަކުން، އަރާ ބޫޓަކުން މީހެއްގެ ގޮތެއް ނޭންގޭނެ ކަމަށާއި އެމީހެއްގެ ގޮތް އިނގޭނީ އެއް އޮޑިއަށް އަރައި ދަތުރުކޮށްލައި ދަތުރުގައި އުޅެލަން ފެށީމަ ކަމަށް ހައުލަތު ވިދާޅުވި އެވެ.

އަލީ ޝާހީން
އަލީ ޝާހީން | 23 ޑިސެމްބަރު 2025 | އަންގާރަ 18:34
އެމްޑީޕީ އަންހެނުން ރޫހުގެ މެންބަރު ހައުލަތު

އެމްޑީޕީ އަންހެނުން ރޫހުގެ މެންބަރު ހައުލަތު

ފެންނަމުން މިދަނީ އުންމީދު ކުރިވަރަށް ވުރެ މާ ބަނަ ދުވަސްތަކެއް ކަމަށާއި، ވެރިކަމާއި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދީގެން ވެސް ދިވެހި ރައްޔިތުންނަށް ވީ އެއްވެސް ކަމެއް ނެތް ކަމަށް އެމްޑީޕީ އަންހެނުން ރޫހުގެ މެންބަރު ހައުލަތު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުލަތު ވިދާޅުވީ، ހުރިހާ ބާރެއް ދީނީމަ ވެސް ރައްޔިތުން ޖެއްސީ ހާލުގައި ކަމަށާއި މުޅި ގައުމު ހަލާކުވެގެން މިދަނީ ހީނުކުރާހާ އަވަސް ކަމާއެކު ކަމަށެވެ. އަދި މިހާރު މިވަނި މީގެ ކުރިން ކުރި މަސައްކަތް އަނެއްކާވެސް ތަކުރާރު ކުރަން ޖެހިފައި ކަމަށާއި ރާއްޖޭގެ ހުރިހާ މުއައްސަސާތައް ގަޑުބަޑުކޮށް ރައީސުލްޖުމްހޫރިއްޔާ ގެ އަތްދަށަށް މުޅި ގައުމު ލަމުންދާ ވާހަކަ ދައްކަނީ އަލަށް ނޫން ކަމަށް ހައުލަތު ވިދާޅުވި އެވެ. 

Advertisement - newsAdvertisement
އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މާދަމާ ވެސް އަޅުގަނޑުމެން މި ކުރިމަތިލާ އިންތިހާބުގަ އަޅުގަނޑުމެންނަށް ހެދޭ ޅައެއްޗަކުން ދޮށީ އިހާ އޮއްވާ އަޅުގަނޑުމެންނަށް ޅަ އިހަލުން އެޅިއްޖެ ކަމުގަ ވަނަމަ ދެނެއް އެޔަކުން ކިރުފެލާނެ ހުންޏެއް ނުހުންނާނެ. އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންވީ އަޅުގަނޑުމެން ކުރަ ކޮންމެ ކަމެއްގެ ރައްދު އެންބުރި އަންނާނީ އަޅުގަނޑުމެންނާ ދިމާލަށްކަން އޭގަ ގޯހެއް ހެދިޔަސް ރަނގަޅެއް ހެދިޔަސް އެކަން ބަލައިގަންނަން ޖެހޭނީ އޭގެ ހިތި ފިލުވަން ތިބޭނީ ވެސް ހަމަ އަޅުގަނޑުމެންކަން. އޭގެ ހިއްޗާ އަރާމާ ބޭނުންކަމުގަ ވާނަމަ ހެޔޮގޮތުގަ ކުރަން ބޭނުން ކަމުގަ ވާނަމަ އަޅުގަނޑުމެން ޖެހޭނީ ޕީއެންސީ ނޫންގޮތެއް މިރާއްޖޭގެ ރަތްޔިތުން ހޯދަން 

މީގެ އިތުރުން ހައުލަތު ވިދާޅުވީ، މީހަކު އަޅާ ފޭރާމަކުން، ލާ ހެދުމަކުން، ޖަހާ ސެންޓަކުން، އަރާ ބޫޓަކުން މީހެއްގެ ގޮތެއް ނޭންގޭނެ ކަމަށާއި އެމީހެއްގެ ގޮތް އިނގޭނީ އެއް އޮޑިއަށް އަރައި ދަތުރުކޮށްލައި ދަތުރުގައި އުޅެލަން ފެށީމަ ކަމަށެވެ. އަދި މިފަހަރު ކައުންސިލް އިންތިހާބު ގައި އެވަރު ނުވިސްނައިފި ނަމަ އަތު ނުވާނެ ކަން ފާހަގަ ކުރައްވާ ހައުލަތު ވިދާޅުވީ، މިފަހަރު ގެއަށް ވަންނާނީ ކައުންސިލް އިންތިހާބު ކާމިޔާބު ކޮށްގެން ކަމަށެވެ. 

ހައުލަތު ވިދާޅުވީ އެމްޑީޕީ އަކީ ބާރު ހުރި ހިތްވަރު ހުރި ޕާޓީއެއް ކަމަށާއި އެޅިހާ ބަތަކަށް ރިހަ ވެގެން އެމްޑީޕީ ލީޑަރުން ނުތިބޭނެ ކަމަށެވެ. އަދި އެމްޑީޕީ ނޫނީ ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދީ އެއްޗެއް ދެވޭނެ އެހެން ޕާޓި އެއް ނެތްކަމަށް ހައުލަތު ވިދާޅުވި އެވެ.

ހައުލަތުކައުންސިލް އިންތިޚާބުއަންހެނުން ރޫހުއެމްޑީޕީ ހަރުގެ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ޕްރައިމަރީ އިން ނަން ނަގަން އިންޒާރު ދިނުމަށްފަހު، ނަން ނުނެގުމުން ފޯމު ރިޖެކްޓު ކޮށް ކަނޑޫދޫ ޕީއެންސީ ޕްރައިމަރީ ކެންސަލް ކޮށްފި

23 ޑިސެމްބަރު 2025
ޕްރައިމަރީ އިން ނަން ނަގަން އިންޒާރު ދިނުމަށްފަހު، ނަން ނުނެގުމުން ފޯމު ރިޖެކްޓު ކޮށް ކަނޑޫދޫ ޕީއެންސީ ޕްރައިމަރީ ކެންސަލް ކޮށްފި
17 ޑިސެމްބަރު 2025

2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް

17 ޑިސެމްބަރު 2025
2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް
05 އޮކްޓޯބަރު 2025

އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދު ބަންދުކޮށް އެސްއޯ ފުލުހުން ނެރެފި

05 އޮކްޓޯބަރު 2025
އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދު ބަންދުކޮށް އެސްއޯ ފުލުހުން ނެރެފި
08 އޯގަސްޓު 2025

" ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ އިންތިޚާބީ ވެރިންނާއި ދެކޮޅުވެރިވާތަން"

08 އޯގަސްޓު 2025
" ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ އިންތިޚާބީ ވެރިންނާއި ދެކޮޅުވެރިވާތަން"
05 އޯގަސްޓު 2025

ޑިމޮކްރަސީ އާއި އެކު ހޯދި ލާމަރުކަޒީ ނިޒާމް ދޫކޮށް، ކަތީބު ނިޒާމާއި ދިމާލަށް؟

05 އޯގަސްޓު 2025
ޑިމޮކްރަސީ އާއި އެކު ހޯދި ލާމަރުކަޒީ ނިޒާމް ދޫކޮށް، ކަތީބު ނިޒާމާއި ދިމާލަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު