Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

2023 ގައި އެމްޑީޕީ އަށް ލިބުނު ޑެމޭޖަކީ ހަރުދަނާ ވުމަށް ލިބުނު ފުރުސަތެއް: މެންބަރު މީކާއީލް

2 ޖެނުއަރީ 2026 | ހުކުރު 06:22

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކާ ހިލާފަށް ޕާޓީއެއްގެ ގޮތުގައި ދެމިއޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖެނުއަރީ 2026 | ހުކުރު 06:22
އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއް ގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއް ގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް 2023 ގައި ލިބުނު ޑެމޭޖަކީ ހަރުދަނާ ވުމަށް ލިބުނު ފުރުސަތެއް ކަމަށާއި، މިހާރު ޕާޓީއަށް އިތުރު ކުރިއެރުންތައް ލިބެމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު މީކާއީލް ވަނީ 2023 ވަނަ އަހަރު އެމްޑީޕީގެ ބައިބައިވުމުގެ ނަތީޖާ އަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. މެންބަރު މީކާއީލް ވިދާޅުވީ ޕާޓީ އަށް ވަރަށް ބޮޑު ޑެމޭޖެއް ލިބުނު ކަމަށާއި، އޭގެ ނަތީޖާއަކީ މިއަދު އެމްޑީޕީ ވެރިކަމުގައި ނެތުން ކަމަށެވެ. 

Advertisement - newsAdvertisement

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކާ ހިލާފަށް ޕާޓީއެއްގެ ގޮތުގައި ދެމިއޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އެއާއެކު އަދިވެސް ރައްޔިތުންގެ އުންމީދާ އިތުބާރު އޮތީ އެމްޑީޕީ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ ޕާޓީއަށް 2023 ވަނަ އަހަރު ބޮޑު ޑެމޭޖެއް ލިބުނު ނަމަވެސް މިއަދާ ހަމައަށް ޕާޓީއަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، އެކުރިއެރުންތައް ލިބޭ މަންޒަރު ފެންނަ ކަމަށެވެ. އަދި އިތުރު ހަރުދަނާ ކަމެއް ޕާޓީއަށް ލިބިފައިވާ ކަަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ. 

ޑެމޭޖް ލިބުނީމަ ތެދެއްތޯ މިހާރު ވެރިކަމުގައި އެމްޑީޕީ އަޅުގަނޑުމެން މި ނެތީ. އެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ.  ދެން އެކަމަކު ޑެމޭޖް ވެގެން ވެސް ޕާޓީއެއްގެ ގޮތުގައި އަދި ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެދުނީއްސުރެ އެގޮތުގައި ދެމިއޮތް ޕާޓީއަކީ ހަމަ އެމްޑީޕީ. އެމްޑީޕީގައި ޕްރައިމަރީއެއް އޮންނާނެ ކަމުގެ ޔަގީންކަން ވެސް މިއޮންނަނީ.  މިސާލަކަށް ދަންނަވާ ކަމަށްވާނަމަ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީތަކުގައި  ޕީއެންސީގެ ދައިރާތަކުގައި އަޅުގަނޑުމެންނަށް ހަމަ ވަރަށް ގަދައަށް ކެންޕޭންގައި އުޅުއްވި ބޭފުޅުން މިހާރު އަހާލީމަ ބުނަނީ ރައީސް އޮފީހުން އަންގައިގެން މިހާރު ނުލާ ގޮތަށްށޭ. އެހެންވީމަ ރައީސް އޮފީހާ ހަމައިން ކަންކަން ނިމޭ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އޮންނަހާ ހިނދެއްގައި އަނެއްކާ ވެސް ޕީއެންސީގެ ކުލަ ޕީއެންސީގެ ނަން ބަދަލުވެގެންދާތަން ފެންނާނެ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް

މެންބަރު މީކާއީލް ވިދާޅުވީ މިއަދު ރާއްޖޭގައި ފެން ހިފޭ މުއައްސަސާއެއްގެ ގޮތުގައި އަދި ބޮޑު ރައުސްމާލެއް، ތަރިކައެއްގެ ގޮތުގައި އެމްޑީޕީ އެބައޮތް ކަމަށެވެ.

އެހެންކަމުން ގައުމާއެކު ރައްޔިތުން ކުރިއަށް ދިއުމުގައި އެމްޑީޕީއާއެކު ކުރިއަށްދާން ޖެހޭ ކަމަށާއި، ރައްޔިތުން ބޭނުންވާ ޑިމޮކްރަސީ ހިފަހައްޓާ ޕާޓީ އަކީ އެމްޑީޕީ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ. 

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2026

ހުދުމުހުތާރު ވެރިކަމުގެ ޗޮއިސް ނޫން ޗޮއިސް އަކަށް ހަމައެކަނި އޮތީ އެމްޑީޕީގެ ޗޮއިސް: މެންބަރު އަހުމަދު ދީދީ

02 ޖެނުއަރީ 2026
ހުދުމުހުތާރު ވެރިކަމުގެ ޗޮއިސް ނޫން ޗޮއިސް އަކަށް ހަމައެކަނި އޮތީ އެމްޑީޕީގެ ޗޮއިސް: މެންބަރު އަހުމަދު ދީދީ
31 ޑިސެމްބަރު 2025

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް
29 ޑިސެމްބަރު 2025

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

29 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ
24 ޑިސެމްބަރު 2025

ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

24 ޑިސެމްބަރު 2025
ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
24 ޑިސެމްބަރު 2025

ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

24 ޑިސެމްބަރު 2025
ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ
23 ޑިސެމްބަރު 2025

ވެރިކަމާއި މަޖިލިސް ދީގެން ރައްޔިތުންނަށް ވީކަމެއް ހަރާމުން ހަރާން: ހައުލަތު

23 ޑިސެމްބަރު 2025
ވެރިކަމާއި މަޖިލިސް ދީގެން ރައްޔިތުންނަށް ވީކަމެއް ހަރާމުން ހަރާން: ހައުލަތު
23 ޑިސެމްބަރު 2025

އެމްޑީޕީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވަން ސްކޫލެއް ނުލިބިދާނެ ކަމުގެ ބިރު ހީވެފައި

23 ޑިސެމްބަރު 2025
އެމްޑީޕީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވަން ސްކޫލެއް ނުލިބިދާނެ ކަމުގެ ބިރު ހީވެފައި
13 ޑިސެމްބަރު 2025

މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

13 ޑިސެމްބަރު 2025
މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ
13 ޑިސެމްބަރު 2025

މެޖޯރިޓީ ލީޑަރު ފަލާހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ނައިބު ރައީސް ވެސް ފެއިލް ވެއްޖެ: މެންބަރު އަމީން

13 ޑިސެމްބަރު 2025
މެޖޯރިޓީ ލީޑަރު ފަލާހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ނައިބު ރައީސް ވެސް ފެއިލް ވެއްޖެ: މެންބަރު އަމީން
12 ޑިސެމްބަރު 2025

ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު

12 ޑިސެމްބަރު 2025
ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް