Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ

ޝުކޫރުގެ މައްޗަށް ދައުވާ ކުރުމާމެދު ވަކި ގޮތެއް އަދި ނުނިންމަން: ޕީޖީ

11 ސެޕްޓެމްބަރު 2017 | ހޯމަ 07:07

ފިނޭންސް ޑިޕާޓްމަންޓްގެ ހެޑް ގެ މައްޗަށް ދަޢުވާކުރުމަށް ވެސް ފޮނުވާފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 11 ސެޕްޓެމްބަރު 2017 | ހޯމަ 07:07
ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރު

ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރު

ސްޓެލްކޯއިން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ނެތް ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ޚަރަދުކުރިކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤް ކުރުމަށް ފަހު، ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝުކޫރު އަބްދުﷲ (ސްޓެލްކޯ ޝުކޫރު)އަދި ފައިނޭންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައި ވީނަމަވެސް މައްސަލާގައި ދައުވާ ކުރުމާ މެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މައްސަލަ ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލާގައި ދައުވާ ކުރުން ލަސްވަމުން ދަނީ އެ މައްސަލަ ދިރާސާ ކުރަމުންދާތީ ކަމަށެވެ. އަދި މައްސަލަ ދިރާސާ ކޮށް ނިމުނުހާ އަވަހަކަށް ގޮތެއް ނިންމާ މީޑިއާ އަށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝުކޫރު އަބްދުﷲ (ސްޓެލްކޯ ޝުކޫރު) އަދި ފައިނޭންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީ އިން މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

އޭސީސީން ބުނެފައި ވަނީ މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު، ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ސްޓެލްކޯއިން ޚަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތި، ބޭރު ފައިސާ ގަނެވިއްކުމަކީ މަނާކަމެއް ކަމަށް މަނިޓަރީ ގަވާއިދު (01 މާރިޗް 1987) ގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ފައިސާ ޚަރަދު ކުރުމަށް ހުއްދަދިނުމުގެ ކުރިން ސްޓްލްކޯއަށް ޑޮލަރު ވިއްކުމަށް ހުށަހަޅާފައިވާ ކުންފުންޏަކީ އެފަދަ މުޢާމަލާތެއް ކުރުމުގެ ޤާބިލްކަން ހުރި ކުންފުންޏެއްކަން ބަލާފައިނުވަނީ، ޑޮލަރު ވިއްކުމަށްޓަކައި އެ ކުންފުނިން ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑަށް ބަރޯސާވެގެން ކަމަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައިނުވާކަން ތަޙްޤީޤަށް ސާބިތުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ޑޮލަރު ވިއްކި ކުންފުނިން ސްޓެލްކޯއަށް ހުށަހަޅާފައި ވަނީ ޑޭޓެޑް ޗެކެއްކަން، ޑޮލަރު ވިއްކުމަށްޓަކައި ޗެކްތައް ބަދަލުކުރުމުގެ ކުރިން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރއަށް އެނގިފައިވާކަން ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ. އަދި އެ މަޢުލޫމާތު އޭނާއަށް ލިބުނު ހިސާބުން، ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޗެކުގައި ޖަހާފައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރުމަކާއިނުލައި، ޗެކް ހުށަހަޅާފައިވާ ކުންފުނިން 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެޑްވާންސްކޮށް ޚަރަދު ކުރުމަށް ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ ހުއްދަދީފައިވާކަން ތަޙްޤީޤަށް އެނގޭ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

"އެފައިސާ ޚަރަދުކުރުމަށް ނިންމާފައި އެވަނީ، ސްޓެލްކޯއަށް ޑޮލަރު ލިބުމުގައި ދަތިތަކާއި ކުރިމަތިވާތީ ކަމަށް ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވީ ނަމަވެސް، ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެކުންފުނިން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއަށް ރިކުއެސްޓް ކުރި ކޮންމެ ފަހަރަކު ވެސް، ރައީސް އޮފީހުގެ ޚާއްޞަ ހުއްދައެއްގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދީފައިވާކަން ލިޔެކިޔުންތަކުން އެނގޭ" ސްޓެލްކޯއިން ބުނެފައިވެއެވެ.

އޭސީސީން ބުނީ ސްޓެލްކޯއަށް 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެކުންފުނިން ޚަރަދުކުރުމުގެ ސަބަބުން، ސްޓެލްކޯއަށް ޑޮލަރު ވިއްކި ޕްރައިވެޓް ކުންފުންޏަށް މާލީ މަންފާއެއް ލިބިފައިވާކަން އެނގޭ ކަމަށާއި އެކަމަކީ ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ އާއި ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކޮށްފައިވާ ކަމެއްކަން ތަޙްޤީޤަށް ސާބިތުކުރެވޭތީ މައްސަލައަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނުގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫންގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރއާއި ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް ގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ސްޓެލްކޯއަށް ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރުމެއް ނެތި 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެޑްވާންސްކޮށް ޚަރަދުކުރުމުގެ ސަބަބުން، އެފައިސާގެ ބަދަލަށް ޑޮލަރު ލިބިފައިނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ. ނަމަވެސް، އެ ފައިސާއަކީ އެކުންފުޏަށް ލިބެންޖެހޭ ފައިސާއެއްކަމުން، އެ ފައިސާއަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓަގެ ހެޑް އަދި އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޒިންމާވާން ޖެހޭނެތީ، ޑޮލަރުގަތުމަށް ސްޓެލްކޯއިން ޚަރަދު ކޮށްފައިވާ 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެފަރާތްތަކުގެ އަތުން ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައި ކަމަށްވެސް އޭސީސީން ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް