Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު

އަސާސީ ޚިދުމަތްތައް ހުއްޓުވާ، ސަރުކާރު ތެޅި ފޮޅެނީ ކަނޑު އަޑީގައި ޓަނަލް ނޭޅިގެން!

ރައީސް މުއިއްޒުގެ ސަރުކާރު ވައުދާއި ރިބަން ކެނޑުމުގައި ރިކޯޑު ހައްދަވަމުން ދާއިރު، ރައްޔިތުން ދިރިއުޅެނީ ސާފު ފެން، ކަރަންޓް، ބޭސް ފަދަ އަސާސީ ހައްގުތަކުން މަހުރޫމް ވެގެންނެވެ.

ފުވައްމުލަކާއި އައްޑޫ ފަދަ ބޮޑު ސިޓީތަކުގައި ރައްޔިތުންނަށް ސާފު ފެނާއި ކަރަންޓެއް ނުލިބޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ނޮވެމްބަރު 2025 | އަންގާރަ 14:48
ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަ ވަނީ ކަނޑުއަޑީގެ ޓަނަލް އަޅުއްވަން، އައްޑޫ ސިޓީގައި ކަރަންޓު ނެތް އިރު ފުވައްމުލަކުގައި ފެނެއް ނެތް

ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަ ވަނީ ކަނޑުއަޑީގެ ޓަނަލް އަޅުއްވަން، އައްޑޫ ސިޓީގައި ކަރަންޓު ނެތް އިރު ފުވައްމުލަކުގައި ފެނެއް ނެތް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ރިކޯޑު ހައްދަވަން މޮޅު ސަރުކާރެކެވެ. މި ސަރުކާރަކީ މެޑަލް ޖެހުމާ، ރިބަން ކެނޑުމުގައި ފާހަގަ ކޮށްލެވޭ، ތާރީޚީ ކާމީޔާބީތަކެއް ހޯދަމުން ދާ ސަރުކާރެކެވެ. ވައުދުތައް ވުމާއި، ކަރުދާހުން ބޮޑެތި ކަންކަން ނިންމާލުމުގައި ވެސް ހަމަ އެއްވަނަ އެވެ. ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކަތަކުން ދެންމެ ދެންމެ ގައުމަށް ދިމާވެފައިވާ ހުރިހާ މައްސަލަ އެއް ފޮހެވިގެން، ގެއްލިގެން، ނިމިގެން ހިނގައިދާނެ ހެން ހީވެ އެވެ. ވާހަކަ އަޑު އަހާ މީހަކަށް ހީވާނީ ފަންސޫރަކުން ލިޔެފައިވާ ލިޔުމެއް ފޮހޭ ރަބަރަކުން ފޮހެލަން އުޅޭ ހެންނެވެ.

ނަމަވެސް މިއަދު ގައުމުގެ ހާލަތު އޮތީ ސަރުކާރުން ބޭނުން ވީމާ ލިޔުމެއް ފޮހެލާހެން މައްސަލަތައް ފޮހެލެވޭ ހާލަތެއްގަ އެއް ނޫނެވެ. ހުރި މައްސަލަތަކަކީ ސިކުންތަކުން ހައްލުވާނެ ކަހަލަ މައްސަލަތަކެއް ވެސް ނޫނެވެ. ރައްޔިތުންނަށް ދިމާވެފައި ވަނީ ސަރުކާރު އޮތް ޚިޔާލީ ދުނިޔެއަށް ނުފެންނަ، ހަގީގީ މައްސަލަތަކެވެ.

އެއްބަޔަކު ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ފެނަށް ވެސް ސަލާންޖަހަނީ އެވެ. އަނެއް ބަޔަކު ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭސް ނުލިބިގެން ސަލަންޖަހާއިރު ދެން ތިބި މީހުން ކަރަންޓު ނެތި، އަނދިރިކަމާ ހޫނު ކަންމަތީ ތިބިއިރު، ގައުމުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ދެކޮޅު ނުޖެއްސިގެން ތެޅިފޮޅެނީ އެވެ. ފުވައްމުލަކު ސިޓީ ފަދަ ބޮޑު ސިޓީއެއްގައި ދިރިއުޅޭ އެތައް ބަޔަކު މިއަދު އެވަނީ ފެނަށް ޖެހިފަ އެވެ. އެއޮށް ބޮޑު އައްޑޫ ސިޓީއަށް ކަރަންޓު ލިބެނީ ދަމަކުން ބެރެއް ޖަހާ އުސޫލުންނެވެ.

މިއީ "ސްމާޓް ސިޓީ" އެއް ނުލިބިގެން ކުރާ ޝަކުވާ އެއް ނޫނެވެ. މިއީ އިސްކުރުތަކުން ސާފު ފެން ނުލިބޭތީ ފާޅުކުރާ ކަންބޮޑުވުންތަކެވެ. ސޮކެޓުތަކުން ކަރަންޓު ނުލިބި، ހޫނާ އަނދިރީގައި އުޅެން ޖެހިފައިވާ ބައެއްގެ އަސާސީ ހައްގުތަކެއް ގަސްތުގައި ނިގުޅައިގެންފައިވާތީ ދައްކާ ވާހަކައެވެ. މި ސަރުކާރު ދިރިއުޅެނީ މުޅިން ތަފާތު ރާއްޖެއެއްގަ އެވެ. ރައްޔިތުން އުޅޭ ހާލުގެ އެއް އިންސައްތަ ވެސް ސަރުކާރަށް އެނގޭހެން މި ބޭފުޅުންގެ ވާހަކަތަކުން ހިޔެއް ނުވެއެވެ.

ގަވާއިދުން ބޭސް ބޭނުން ކުރާ މީހުންނާ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް މިއަދު މިވަނީ އެއް ފާމަސީ އިން އަނެއް ފާމަސީއަށް ދުވަން ޖެހިފަ އެވެ. މީހުން އަސާސީ ހައްގުތަކުން މަހުރޫމް ވެފައިވާއިރު، ރައްޔިތުންގެ އޮތީ ހަމަ އެންމެ އާދޭހެކެވެ. ސަރުކާރުން އެ ތިބި ރާއްޖެއަކުން ރައްޔިތުން ދިރިއުޅެމުންދާ ހަގީގީ ރާއްޖެއަށް އަނބުރާ އައުމަށް ކުރާ އާދޭހެވެ. ބޮޑެތި ބިޔަ މަޝްރޫއުތަކާ ކަނޑުއަޑީގެ ޓަނަލްތަކުގެ ވާހަކަ ނުދައްކާ، ދިމާވެފައިވާ ހަގީގީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެދި ކުރާ އާދޭހެވެ.

ފުވައްމުލަކާއި އައްޑޫ ފަދަ ބޮޑު ތަންތަނަށް ދާއިމީ ފެނާއި ކަރަންޓު ނުލިބޭއިރު، ގައުމު މިއަދު އޮތީ ބޭސްފަރުވާގެ ކަންކަމަށް ވެސް ރައްޔިތުން އެއްވެސް ވަރަކަށް ބަރޯސާ ނުކުރާފަދަ ހާލަތެއްގަ އެވެ. ބަތާ ގަރުދިޔަ ކައިގެން ރައްޔިތުން އުޅެން ބުނީ ނުހަނު އަޑަށް ބާރުލާފަ އެވެ. ނަމަވެސް އަޑެއް ނެތި، ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބާ ސާފު ފެނުން މަހުރޫމު ކޮށްލަން ތިކުރާ މަޖުބޫރީ އަމުރުގެ އަޑު މިއަދު މާ ގަދަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފުވައްމުލައް ސިޓީއައްްޑޫ ސިޓީސަޕްލައިން ފެންބޭސްފަރުވާ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު