Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭޕް ވިޔަފާރި

ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ވޭޕް ކާޓްރިޖްތަކެއް ހޯދައިފި

މި އޮޕަރޭޝަންގައި ބަލައި ފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖް އާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފް އާއި ވޭޕްއާ ގުޅުން ހުރި އެހެނިހެން ތަކެތި ފެނިފައިވޭ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 22 ޑިސެމްބަރު 2025 | ހޯމަ 05:14
ރާއްޖެއަށް އެތެރެކޮށްފައިވާ ވޭޕް - ފަހަކަށް އައިސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ވޭޕް ކާޓްރިޖްތަކުގެ މައްސަލަ ފެންތިވެފައިވޭ

ރާއްޖެއަށް އެތެރެކޮށްފައިވާ ވޭޕް - ފަހަކަށް އައިސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ވޭޕް ކާޓްރިޖްތަކުގެ މައްސަލަ ފެންތިވެފައިވޭ

ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަން ގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްގެންނެވެ. 

Advertisement - newsAdvertisement

މި އޮޕަރޭޝަންގައި ބަލައި ފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖް އާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފް އާއި ވޭޕްއާ ގުޅުން ހުރި އެހެނިހެން ތަކެތި ފެނިފައިވެ އެވެ.

މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާއިރު، މިއްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. ނަމަވެސް ޖޫރިމަނާ ކުރި އަދަދެއް އަދި އަދި މިއީ ކޮން ބައެއްކަން ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ. 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ފުލުހުން ހިންގި  އޮޕަރޭޝަނުގައި ބަލައި ފާސްކުރިި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވެ އެވެ. އަދި ބަލައި ފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ކާޓްްރިޖް ފެނިފައިވެ އެވެ. މީގެއިތުރުން މި މައްސަލައާ ގުޅިގެން ވޭޕް އާއި ވޭޕް ކާޓްރިޖް ވިއްކަމުންދިޔަ ފޭސް ބުކް ޕޭޖެއްވެސް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

އަދި ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެދެ ގެ ބަލައި ފާސްކުރި އެދެގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވެ އެވެ. އަދި އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވެ އެވެ. އެދެގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވެ އެވެ.

ޑިސެމްބަރ 15، 2024 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭ ގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ގެންގުޅުން ވަނީ މަނާކޮށްފަ އެވެ. 

ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން  މަނާވެފައިވަނީ އީ-ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުން ކުރުމެވެ.

ވޭޕް ވިޔަފާރި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު