Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެނިން

ބެނިންގެ ކުރީގެ ރައީސްގެ ދަރިކަލުން ހައްޔަރު ކޮށްފި

އޭއެފްޕީ އަށް މައުލޫމާތު ދެމުން އެ އާއިލާގެ މެމްބަރަކު ބުނެފައި ވަނީ، އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ކޮބައިކަން ވެސް ސާފު ނުވާ ކަމަށެް. ދަ ޑިމޮކްރަޓްސް ޕާޓީގެ މެމްބަރަކު، އަދި އޭނާގެ ގާތް ރަޙުމަތްތެރިޔަކު ބުނެފައި ވަނީ، މިއީ މިދިޔަ އާދީއްތަ ދުވަހު ހިނގި ބަޣާވާތުގެ ހާދިސާއާ ގުޅިފައިވާ ކަމެއްތޯ ވެސް އެނގެން ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޑިސެމްބަރު 2025 | އަންގާރަ 03:35
ބެނިންގެ ކުރީގެ ރައީސް ތޯމަސް ބޯނީ ޔާއީ

ބެނިންގެ ކުރީގެ ރައީސް ތޯމަސް ބޯނީ ޔާއީ

ބެނިންގެ ކުރީގެ ރައީސް، އަދި މިހާރުގެ އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ތޯމަސް ބޯނީ ޔާއީގެ ދަރިކަލުން، ޗާބީ ޔާއީ ހައްޔަރު ކޮށްފައިވާ ކަމަށް އޭނާ ގެ އާއިލާ މެމްބަރުން ބުނެފި އެވެ. 

އާއިލާގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ވަގުތެއް ގައި އޭނާ ހައްޔަރު ކޮށްފައި ވަނީ އޭނާ ދިރި އުޅޭ ގެއިންނެވެ. ނަމަވެސް، އޭނާ ހައްޔަރު ކޮށްފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަ ކޮށްފައި ނުވެ އެވެ. 

އޭއެފްޕީ އަށް މައުލޫމާތު ދެމުން އެ އާއިލާގެ މެމްބަރަކު ބުނެފައި ވަނީ، އޭނާ ގެ މައްޗަށް ކުރާ ތުހުމަތަކީ ކޮބައިކަން ވެސް ސާފު ނުވާ ކަމަށެވެ. ދަ ޑިމޮކްރަޓްސް ޕާޓީގެ މެމްބަރަކު، އަދި އޭނާ ގެ ގާތް ރަޙުމަތްތެރިޔަކު ބުނެފައި ވަނީ، މިއީ މިދިޔަ އާދީއްތަ ދުވަހު ހިނގި ބަޣާވާތުގެ ހާދިސާއާ ގުޅިފައިވާ ކަމެއްތޯ ވެސް އެނގެން ނެތް ކަމަށެވެ. 

ބެނިންގެ އިދިކޮޅު ފަރާތްތަކުގެ މައިގަނޑު ޕާާޓީ އަކީ ޑިމޮކްރަޓްސް ޕާޓީ ކަމަށްވާއިރު، ބޯނީ އަކީ އެ ޕާޓީގެ ލީޑަރެވެ. ބެނިންގެ މިހާރުގެ ރައީސް ޕެޓްރިސް ޓެލޮންގެ ވެރިކަން ވައްޓާލުމަށް ދާދި ފަހުން އެ ޤައުމުގައި ބަޣާވާތެއް ހިންގަން އުޅުނު ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އަދި ސަރުކާރަށް ވަފާތެރި ސިފައިން، އެ ބަޣާވާތް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ބުނެފައިވެ އެވެ. 

މި ހިނގާ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ވެރިކަން ވައްޓާލުމަށް ބަޣާވާތެއް ހިންގަން އުޅުނު މައްސަލައިގައި މިހާތަނަށް ވަނީ ގިނަ ބަޔަކު ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން އަދި ކުރީގެ ޑިފެންސް މިނިސްޓަރު ވެސް ހިމެނެ އެވެ. ހަމަ އެހެންމެ، އިދިކޮޅު މުހިންމު ފަރާތެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކެންޑިޑް އަންޒަންނާއީ ވެސް ހިމެނެ އެވެ. އޭނާ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ވަނީ ދައުލަތުގެ ބާރުތަކާ ދެކޮޅަށް ބަޣާވާތް ކުރުމާއި، ބަޣާވާތަށް ހިތްވަރު ދިނުމުގެ ތުހުމަތުގަ އެވެ. 

ބެނިންގެ ސަރުކާރު ވައްޓާލުމަށް ރޭވި ބަޣާވާތުގައި ބައިވެރިވި ގިނަ ބަޔަކު މިހާރު ވެސް ފިލައިގެން އުޅޭ ކަމަށް ބެލެވޭ ކަމަށް، ކަމާ ގުޅުން ހުރި ފަރާތްތަކުން ވަނީ ހާމަ ކޮށްފަ އެވެ. އޭގެ ތެރޭގައި ބަޣާވާތް ރޭވުމުގައި އިސްކޮށް މަސައްކަތް ކުރި ލެފްޓިނަންޓް ކާނަލް ޕާސްކަލް ޓިގްރީ ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. 

ސަރުކާރާ ދެކޮޅަށް ރޭވި މި ބަޣާވާތަކީ އެ ޤައުމުގެ ސިޔާސީ ޙާލަތު އިތުރަށް ގޯސްވެފައިވާކަން ދައްކުވައިދޭ ހާދިސާއެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާއިރު، ބެނިންގެ ސަރުކާރުން މިހާާރު ކުރަމުން އަންނަނީ އެކަމުގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތެވެ.

ތޯމަސް ބޯނީ ޔާއީ ވަނީ ބެނިންގެ ވެރިކަމުގައި ދެ ދައުރު ހޭދަ ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ބެނިންގެ ރައީސް ކަމުގެ މަޤާމަށް އޭނާ ވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ވަނީ އައު ދައުރަަކަށް އިންތިޚާބުވެ ވަޑައިގެންފަ އެވެ. ދެ ވަނަ ދައުރަށް ފަހު، ބެނިންގެ ވެރިކަމުން ދުރަށް އޭނާ ވަޑަައިގެންނެވީ 2016 ވަނަ އަހަރު އެވެ.

މަސްދަރު: އޭއެފްޕީ

ތޯމަސް ބޯނީ ޔާއީޗާބީ ޔާއީބެނިންރައީސް ޕެޓްރިސް ޓެލޮން

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ބެނިން ގެ ސަރުކާރު ވައްޓާލުމަށް ކުރި ބަޣާވާތް ސަރުކާރަށް ވަފާތެރި ސިފައިން ހުއްޓުވައިފި ކަމަށް އެގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ބެނިން ގެ ސަރުކާރު ވައްޓާލުމަށް ކުރި ބަޣާވާތް ސަރުކާރަށް ވަފާތެރި ސިފައިން ހުއްޓުވައިފި ކަމަށް އެގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ބެނިން ގެ ސިފައިން އެ ގައުމުގެ ވެރިކަން ވައްޓާލައިފި

07 ޑިސެމްބަރު 2025
ބެނިން ގެ ސިފައިން އެ ގައުމުގެ ވެރިކަން ވައްޓާލައިފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު