Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިން މިނިސްޓަރު ޝިޔާމް އާ ބައްދަލު ކުރުން

މިނިސްޓަރު ޝިޔާމް ބައްދަލު ކުރެއްވީ ބައެއް މަސްވެރިންނާ، އެހެން މަސްވެރިން ވެލާނާގެ ކައިރީގައި މަޑުކުރަން ފުރުސަތެއް ނުދިން!

ހޯމަ ދުވަހުގެ 11 ޖެހިއިރު މިނިސްޓަރާ ބައްދަލު ކުރުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ގެ ކެޔޮޅުންގެ ޓީމުން ވަނީ ވެލާނާގެ ސަރަހައްދަށް ގޮސްފަ އެވެ. ނަމަވެސް މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވީ ޔޫނިއަން ގައި އިސްކޮށް ހަރަކާތްތެރިވާ 20 މަސްވެރިންނާ އެވެ. ބީކޭއެމްޔޫ ޔުނީފޯމުގައި ތިބި ކެޔޮޅުންގެ ޓީމުގައި ދެން ތިބި މަސްވެރިންނަށް އެ ސަރަހައްދުގައި މަޑު ނުކުރެވޭނެ ކަމަށް ބުނެ ފުލުހުން ވަނީ މަސްވެރިން އެ ސަރަހައްދުން ދުރަށް ޖައްސާފަ އެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2025 | ހޯމަ 08:00
ފުލުހުން ވަނީ މުޅި ޓީމު ވެލާނާ ގެ ސަހަރައްދުން ދުރަށް ޖައްސާ ރައްޔިތުންގެ މަޖިލިސް ކުރާ ގެ އާ ހިސާބަށް ޖައްސާފައި

ފުލުހުން ވަނީ މުޅި ޓީމު ވެލާނާ ގެ ސަހަރައްދުން ދުރަށް ޖައްސާ ރައްޔިތުންގެ މަޖިލިސް ކުރާ ގެ އާ ހިސާބަށް ޖައްސާފައި

ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖަށް ފަސް ދުވަސް ފާއިތުވި ފަހުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ. 

ހޯމަ ދުވަހުގެ 11 ޖެހިއިރު މިނިސްޓަރާ ބައްދަލު ކުރުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ގެ ކެޔޮޅުންގެ ޓީމުން ވަނީ ވެލާނާގެ ސަރަހައްދަށް ގޮސްފަ އެވެ. ނަމަވެސް މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވީ ޔޫނިއަން ގައި އިސްކޮށް ހަރަކާތްތެރިވާ 20 މަސްވެރިންނާ އެވެ. 

ބީކޭއެމްޔޫ ޔުނީފޯމުގައި ތިބި ކެޔޮޅުންގެ ޓީމުގައި ދެން ތިބި މަސްވެރިންނަށް އެ ސަރަހައްދުގައި މަޑު ނުކުރެވޭނެ ކަމަށް ބުނެ ފުލުހުން ވަނީ މަސްވެރިން އެ ސަރަހައްދުން ދުރަށް ޖައްސާފަ އެވެ.

ފުލުހުން ވަނީ މުޅި ޓީމު ވެލާނާ ގެ ސަހަރައްދުން ދުރަށް ޖައްސާ ރައްޔިތުންގެ މަޖިލިސް ކުރާ ގެ އާ ހިސާބަށް ޖައްސާފަ އެވެ. 

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މި އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން ސުލްހަވެރިކަމާ އެކު ވަނީ އިހުތިޖާޖު ކޮށްފަ އެވެ.

ބޮޑުކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދައިދިނުމަށް ގޮވާލާ ކުރި މި އިހުތިޖާޖުގެ ބައިވެރިން ވަނީ ސަރުކާރަށް 3 ޑިމާންޑެއް ކޮށްފަ އެވެ. 

އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.

އިހުތިޖާޖު ގެ ބައިވެރިން ބުނަމުން އަންނަނީ އެ މީހުންނަށް ސަރުކާރުން ވީ ވައުދުތައް ނުފުއްދަނީސް އިހުތިޖާޖު ހުއްޓައިނުލާނެ ކަމަށެވެ. 

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންމަސްވެރިންގެ މުޒާހަރާމިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޚިޔާލު ފާޅުކުރުމުގެ އަސާސީ ހައްގު ބޭނުން ކޮށްގެން ހައްޔަރު ކުރި މީހުން ދޫކޮށްލަން މަސައްކަތްތެރިންގެ ވަކީލުންގެ ނެޓްވަރކް އިން ސަރުކާރަށް ގޮވާލައިފި

ޚިޔާލު ފާޅުކުރުމުގެ އަސާސީ ހައްގު ބޭނުން ކޮށްގެން ހައްޔަރު ކުރި މީހުން ދޫކޮށްލަން މަސައްކަތްތެރިންގެ ވަކީލުންގެ ނެޓްވަރކް އިން ސަރުކާރަށް ގޮވާލައިފި

15 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފާޑުކިޔުން ބޮޑުވެ، އައިޕީޔޫ އާއި އައިއެލްއޯ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޕީ މައުރޫފް ދޫކޮށްލައިފި

ފާޑުކިޔުން ބޮޑުވެ، އައިޕީޔޫ އާއި އައިއެލްއޯ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޕީ މައުރޫފް ދޫކޮށްލައިފި

13 ޑިސެމްބަރު 2025
މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު