Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންނަށް އޮތް އިތުބާރު ގެއްލުން

މިހާރު ހުންނެވީ މަގާމުތަކަށް ރަނގަޅު މީހުން ލުމުގެ ގާބިލުކަން ނެތް ރައީސް އެއް: އަލީ ހުސައިން

15 ޑިސެމްބަރު 2025 | ހޯމަ 07:54

އަލީ ހުސައިން ވިދާޅުވީ ދިވެހި ފުލުހުންނަށް މިއަދު ރައްޔިތުން އިތުބާރު ނުކުރާ ކަމަށެވެ. އަދި ސަރުކާރުގެ އެހެން މުއައްސަސާ ތަކަށް ވެސް ރައްޔިތުން އިތުބާރު ނުކުރާ ކަމަށާ ސަބަބަކީ މުއައްސަސާތައް ހިންގަން ތިބީ ރައްޔިތުން އިތުބާރު ކުރާ މީހުންނަށް ނުވުން ކަމަށެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ޑިސެމްބަރު 2025 | ހޯމަ 07:54
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން

މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު އަކީ މަގާމުތަކަށް ރަނގަޅު މީހުން ލުމުގެ ގާބިލުކަން ނެތް ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ 'ފަލަ ސުރުޚީ' ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ދިވެހި ފުލުހުންނަށް މިއަދު ރައްޔިތުން އިތުބާރު ނުކުރާ ކަމަށެވެ. އަދި ސަރުކާރުގެ އެހެން މުއައްސަސާ ތަކަށް ވެސް ރައްޔިތުން އިތުބާރު ނުކުރާ ކަމަށާ ސަބަބަކީ މުއައްސަސާތައް ހިންގަން ތިބީ ރައްޔިތުން އިތުބާރު ކުރާ މީހުންނަށް ނުވުން ކަމަށެވެ. 

Advertisement - newsAdvertisement

އަލީ ހުސައިން ވިދާޅުވީ ފުލުހުންނަށް ވެސް ރައްޔިތުން އިތުބާރު ނުކުރަނީ އެހެންވެ ކަމަށެވެ. ޒަމާނުއްސުރެ ފުލުހުންގެ ތެރޭގައި އޮންނަ ސަގާފަތީ ވެރިން ދިފާއު ކުރުމާއި ސަރުކާރު ދިފާއު ކުރުން ކަމަށް އަލީ ހުސަައިން ވިދާޅުވި އެވެ. ފުލުހުންނަކީ ރައްޔިތުންނާ ގުޅޭ، ރައްޔިތުންގެ މުދަލާއި އަމަންއަމާން ކަމާއި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކެއް ހޯދައި، ރައްޔިތުންނަށްޓަކައި އޮތް މުއައްސަސާ އެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ. 

އަލީ ހުސައިން ވިދާޅުވީ މިކަންކަން ބަދަލު ކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާ އަކަށް ފުލުހުންގެ މުއައްސަސާ ބަދަލު ކުރަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރަކަށް އެކަން ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެކަން އެގޮތަށް ތަރުތީބުވެފައި ނެތުމުން ކަމަށާ ފުލުހުންގެ ކަންކަން ވިލަރެސް ކުރުމަށް ހުންނެވި ހޯމް މިނިސްޓަރަކީ ވެސް ފުލުހުންގެ އުސޫލުތައް އެނގޭ ބޭފުޅެއް ވެސް ނޫން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.


ފުލުހުންގެ ޓްރެއިނިންގ އެއް ނޫން ހައްދަވާފަ މި ހުންނަނީ. މިލިޓަރީ ޓްރެއިނިންގ. އެހެންވީމަ މިލިޓަރީ ޓްރެއިނިންގ ހައްދަވާފަ ތިއްބަވާ ބޭފުޅުންގެ ވިސްނުން ބޮޑަށް ހުންނާނީ މިލިޓަރީ ކަހަލަ ގޮތަކަށް. އެއީ ބައެއް މައްސަލަތަކުގައި ސީން އަށް ވެސް ވަޑައިގަންނަވާ ނޫންތޯ ހޯމް މިނިސްޓަރު. އެގޮތަށް ވެސް އަޅުގަނޑުމެންނަށް ފެނުނު. އެއީކީ ކޮންމެހެން ހޯމް މިނިސްޓަރު މައްސަލައެއް ނޫން. އެއްގޮތަކަށް ވެސް ހޯމް މިނިސްޓަރު ގެ މައްސަލައެއް ނޫން. ހަމަ ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ. އެއީ ހޯމް މިނިސްޓަރަކީ ރައީސް އައްޔަނު ކޮށްފަ ހުރި މީހެއް. ރައީސުލްޖުމްހޫރިއްޔާގެ ގާބިލު ކަން ނެތީ. ރަނގަޅު މީހާ އެތަނަށް އައްޔަނު ކުރުމުގެ ގާބިލުކަން ނެތީ. 
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން

އަލީ ހުސައިން ވިދާޅުވީ ކޮންމެ ކަމަކުން ވެސް ފެންނަނީ ސަރުކާރުގެ އަގު ވެއްޓޭ މަންޒަރު ކަމަށެވެ. އަދި މި ހުރިހާ ކަމެއް ވެސް ދިމާވަނީ ރައީސް ޑރ. މުއިއްޒަށް އެކިއެކި މަގާމުތަކަށް ރަނގަޅު މީހުން އައްޔަނު ކުރަން ނޭނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ދިވެހި ފުލުހުންނަށް މި ސަރުކާރު އޮވެގެން ރައްޔިތުންގެ އިތުބާރު ލިބޭތަން ނުފެންނަ ކަމަށާ އެއީ ސަރުކާރަށް ނެތް އިތުބާރެއް، ސަރުކާރަށް ނުހޯދުނު އިތުބާރެއް، ނުހޯދުނު ލޯތްބެއް ފުލުހުންނަކަށް ނުހޯދޭނެތީ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ނުވާނެ ކަމެއް ކަމަށެވެ. 

އެހެންކަމުން ފުރަތަމަ އިސްލާހު ވާންވީ ރައީސް ޑރ. މުއިއްޒު ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. 

އަލީ ހުސެއިންފުލުހުންގެ ދައުރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "

25 ނޮވެމްބަރު 2025
"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "
25 ސެޕްޓެމްބަރު 2025

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިފާ ފްލެޓްތަކަށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން

25 ސެޕްޓެމްބަރު 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިފާ ފްލެޓްތަކަށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
21 ސެޕްޓެމްބަރު 2025

އިސްލާމީ ހަޟާރާތް ކުރިއަރައިގެންދިޔައީ އިންސާނުންގެ ސިކުނޑީގައި ތަޅުއަޅުވައިގެނެއް ނޫން: އަލީ ހުސެއިން

21 ސެޕްޓެމްބަރު 2025
އިސްލާމީ ހަޟާރާތް ކުރިއަރައިގެންދިޔައީ އިންސާނުންގެ ސިކުނޑީގައި ތަޅުއަޅުވައިގެނެއް ނޫން: އަލީ ހުސެއިން
06 ސެޕްޓެމްބަރު 2025

ގައުމު ސަލާމަތްކުރަން އައިމީހުން 38 ބިލިޔަނަށްވުރެ ބޮޑު އަދަދަކުން ދަރުވާލައިފި: އަލީ ހުސެއިން

06 ސެޕްޓެމްބަރު 2025
ގައުމު ސަލާމަތްކުރަން އައިމީހުން 38 ބިލިޔަނަށްވުރެ ބޮޑު އަދަދަކުން ދަރުވާލައިފި: އަލީ ހުސެއިން
05 އޯގަސްޓު 2025

މުހިންމީ 600 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފުށިދިއްގަރު ފަޅު ހިއްކުމެއް ނޫން، މުހިންމީ ކުރީ ސަރުކާރުގެ ހައުސިންގ މަޝްރޫއުތައް ނިންމުން: އަލީ ހުސެއިން

05 އޯގަސްޓު 2025
މުހިންމީ 600 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފުށިދިއްގަރު ފަޅު ހިއްކުމެއް ނޫން، މުހިންމީ ކުރީ ސަރުކާރުގެ ހައުސިންގ މަޝްރޫއުތައް  ނިންމުން: އަލީ ހުސެއިން
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
10 ޖުލައި 2025

ފުލެޓަށް ޝަރުތުހަމަވި މީހުން މާލޭގައި ނޫޅޭ ކަމަށް ދައްކަން މިނިސްޓްރީން ދޮގު މައުލޫމާތު ހިމެނޭ ސިޓީތަކެއް ފޮނުވަނީ!

10 ޖުލައި 2025
ފުލެޓަށް ޝަރުތުހަމަވި މީހުން މާލޭގައި ނޫޅޭ ކަމަށް ދައްކަން މިނިސްޓްރީން ދޮގު މައުލޫމާތު ހިމެނޭ ސިޓީތަކެއް ފޮނުވަނީ!
29 ޖޫން 2025

އުތުރު ތިލަފަޅުގައި ގޯއްޗާއި ފުލެޓު ދިނުންފިޔަވާ އިތުރު އެއްވެސް ކަމެއް ކުރުމަކީ ބަލައިގަންނާނެ ކަމެއްް ނޫން: ޔޫނިއަން

29 ޖޫން 2025
އުތުރު ތިލަފަޅުގައި ގޯއްޗާއި ފުލެޓު ދިނުންފިޔަވާ އިތުރު އެއްވެސް ކަމެއް ކުރުމަކީ ބަލައިގަންނާނެ ކަމެއްް ނޫން: ޔޫނިއަން
19 އެޕްރީލު 2025

ރައީސް މުއިއްޒަށް ވެސް އެންމެ ރަނގަޅުވާނީ ސުޕްރީމް ކޯޓު އޮތް ގޮތަށް ބާއްވައި، ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ފުރުސަތު ދިނުން: އަލީ ހުސެއިން

19 އެޕްރީލު 2025
ރައީސް މުއިއްޒަށް ވެސް އެންމެ ރަނގަޅުވާނީ ސުޕްރީމް ކޯޓު އޮތް ގޮތަށް ބާއްވައި، ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ފުރުސަތު ދިނުން: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް