Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ހުސެއިން

ގައުމު ސަލާމަތްކުރަން އައިމީހުން 38 ބިލިޔަނަށްވުރެ ބޮޑު އަދަދަކުން ދަރުވާލައިފި: އަލީ ހުސެއިން

6 ސެޕްޓެމްބަރު 2025 | ހޮނިހިރު 11:50

ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދައުލަތް 38.1 ބިލިޔަން ރުފިޔާއިން ވަނީ ދަރުވާލާފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 11:50
ގާނޫނީ ވަކީލް އަލީ ހުސެއިން: ވިދާޅުވީ ގައުމު ސަލާމަތް ކުރަން ކަމަށްބުނެ އައިމީހުން 2 އަހަރުގެ ތެރޭ 38 ބިލިޔަނަށް ވުރެ މަތިން ދައުލަތް ދަރުވާލާފައިވާ ކަމަށް

ގާނޫނީ ވަކީލް އަލީ ހުސެއިން: ވިދާޅުވީ ގައުމު ސަލާމަތް ކުރަން ކަމަށްބުނެ އައިމީހުން 2 އަހަރުގެ ތެރޭ 38 ބިލިޔަނަށް ވުރެ މަތިން ދައުލަތް ދަރުވާލާފައިވާ ކަމަށް

ގައުމު ސަލާމަތްކުރުމުގެ ނަމުގައި ވެރިކަމަށް އައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދައުލަތް 38.1 ބިލިޔަން ރުފިޔާއިން ދަރުވާލާފައިވާ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ ޙުސައިން ވިދާޅުވީ، ގިނަ ވައުދުތަކެއް ވެގެން ވެރިކަމަށް އައިސް ސަރުކާރުން ގަައުމު ރަނގަޅު ކުރަން އެއްވެސް އިސްލާހީ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި ގައުމުގެ އިގްތިސާދީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.

Advertisement - newsAdvertisement

އަދި ޑޮލަރުގެ އަގު މިހާރު ހުރީ 20 ރުފިޔާއިން މަތީގައި ކަމަށާ، އާފަލުގެ އަގު ވެސް ހުރީ 10 ރުފިޔާއިން މަތީގައި ކަމަށް ޢަލީ ޙުސައިންގެ ޕޯސްޓުގައި ފާހަގަކުރައްވައިފައިވެ އެވެ.

ގައުމު ސަލާމަތްކުރަން ކަމަށް ބުނެ އައި މީހުން ދެ އަހަރުގެ ތެރޭގައި 38.1 ބިލިޔަން ރުފިޔާއިން ދައުލަތް އިތުރަށް ދަރުވާލައިފި. އެކަމަކު އެއްވެސް އިސްލާހީ ފިޔަވަޅެއް ނޭޅޭ. ހާލަތު މިދަނީ އިހަށްވުރެ ގޯސްވަމުން
ގާނޫނީ ވަކީލް އަލީ ހުސެއިން

އިންޑޮނޭޝިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅުވައި ވާހަކަދައްކަވަމުން، ޢަލީ ޙުސައިން ވިދާޅުވީ ރާއްޖޭގައިވެސް އިސްލާހީ ބަދަލުތައް އަންނާނީ ކަންކަން އެހާ ހިސާބަށް ގޮސްގެން ކަމަށެވެ.

އެގޮތުން އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މުސާރައާއި ހައުސިންގ އެލަވަންސް ބޮޑުކުރުމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މުޒާހަރާކުރަމުންދާތީ، ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ސަރުކާރުގެ ބައެއް އިނާޔަތްތައް އުވާލުމަށް ނިންމަވާފައިކަމަށް އޭނާ ވިދާޅުވި އެވެ.

ޢަލީ ޙުސައިންގެ މި ބަސްތަކުން ދޭހަވަނީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމާއި، މިހާރުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާމެދު އިތުރަށް ވިސްނަންޖެހިފައިވާ ކަމެވެ.

އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެފައިވާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި 148.9 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އަދި އިރު ރައީސް މުއިއްޒުގެ ސަރުކާރުގެ ދެ އަހަރުގެ ދަރަނި 38.1 ބިލިއަން ރުފިޔާއަށް އަރާކަން ވަނީ ފާހަގަކޮށްފަ އެވެ.

މި ހިސާބުތަކަށް ބަލާއިރު، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ނެގި ދަރަނި ވަނީ 38.1 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ.

އަލީ ހުސެއިންސަރުކާރުގެ ދަރަނިއިގްތިޞާދީ ހާލަތުޑޮލަރު އަގުފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "

25 ނޮވެމްބަރު 2025
"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
13 ނޮވެމްބަރު 2025

ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

13 ނޮވެމްބަރު 2025
ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް