Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ

ފާއިތުވެދިޔަ 17 އަހަރު އޭސީސީ ހިންގަން ޚަރަދުކުރި ކޮންމެ 1 ރުފިޔާއަކަށް، 2.85 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ ފަރާތްތަކަށް ވާނީ އަންގާފައި: އޭސީސީ ގެ ރައީސް

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ 2008 ވަނަ އަހަރު ކޮމިޝަން އުފެއްދި ފަހުން 2025 ވަނަ އަހަރާ ހަމައަށް ބަޖެޓުގެ ގޮތުގައި 564 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭސީސީގެ ތަހުގީގުތަކުން ދައުލަތަށް އަނބުރާ ހޯދަންޖެހޭ ކަމަށް އަންގާފައިވަނީ 1.6 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަމަށް.

ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 10:12
އެންޓި ކަރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް (ވ)

އެންޓި ކަރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް (ވ)

ފާއިތުވެދިޔަ 17 އަހަރު ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ޚަރަދުކޮށްފައިވާ ކޮންމެ 1 ރުފިޔާއަކަށް، މަދުވެގެން 2.85 ރުފިޔާ (ދެ ރުފިޔާ އަށްޑިހަ ފަސްލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ކޮމިޝަނުން އަންގާފައިވާކަށް އޭސީސީގެ ރައީސް ވިދާޅުވެއްޖެ އެވެ.

ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މިހެން ވިދާޅުވީ، 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް 9 ޑިސެންބަރު ވީ އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން މިހާތަނަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.6 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް ކޮމިޝަނުގެ ރައީސް ފާހަގަ ކުރެއްވި އެވެ. 

ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި، 24 ސެޕްޓެމްބަރ 2008 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު ތަސްދީޤު ކުރެވި، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އިންތިޤާލީ އެންޓި-ކޮރަޕްޝަން ކޮމިޝަން 16 އޮކްޓޯބަރ 2008 ގައި އުފެދިގެންދިޔަކަމާއި، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އޭސީސީގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުގެ ބަޖެޓުން ޖުމުލަ 564,111,207.76 ރުފިޔާ ހަމަޖައްސަވައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، މިއީ 17 އަހަރަށް ބަހާލުމުން އަހަރަކަށް 33,183,012.22 ރުފިޔާ އަދި މަހަކަށް 2,765,251.02 ރުފިޔާކަން ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.

އަނެއްކޮޅުން، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ މިހާތަނަށް، އޭސީސީގެ ތަޙުޤީޤުތަކުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ގޮތުގައި، އެކި އިދާރާތަކަށް 1,607,657,428.66 ރުފިޔާ އަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދަންޖެހޭ ކަމަށް އަންގާފައިވާކަމާއި، ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 17 އަހަރަށް ބަހާލާނަމަ، އަހަރަކަށް 94,568,084.04 ރުފިޔާ އަދި މަހަކަށް 7,880,673.67 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން އަންގާފައިވާކަން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ.

އާދަމް ޝާމިލްބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސްއެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި މީހުން އަދިވެސް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭ: އެމްއާރުއެމް

ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި މީހުން އަދިވެސް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭ: އެމްއާރުއެމް

11 ޑިސެމްބަރު 2022
ކޮރަޕްޝަން ހުއްޓުވުމަށް މުޅި މުޖުތަމައާއި ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތްކުރަން ޖެހޭ: ރައީސް

ކޮރަޕްޝަން ހުއްޓުވުމަށް މުޅި މުޖުތަމައާއި ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތްކުރަން ޖެހޭ: ރައީސް

09 ޑިސެމްބަރު 2022
ސިޔާސީ ގޮތުން ނިންމާ ނިންމުންތަކަކީ ކޮރަޕްޝަން ނޫން ކަމަށް ބެލެވޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެގެންދޭ – އޭސީސީ

ސިޔާސީ ގޮތުން ނިންމާ ނިންމުންތަކަކީ ކޮރަޕްޝަން ނޫން ކަމަށް ބެލެވޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެގެންދޭ – އޭސީސީ

05 ޑިސެމްބަރު 2022
އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވަނީ

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވަނީ

05 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު