Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސަލް ނަސީމް

ޒަމާނީ ޑިމޮކްރަސީ އަށް ގައުމު އަނބުރާލެވެނީ ރައްޔިތުން އިތުބާރު ކުރާ ބަޔަކު ވެރިކަމުގައި ތިބެގެން: ފައިސަލް ނަސީމް

ހަރަދު ކުޑަ ކުރަން ވާހަކަ ދައްކަވާ ސަރުކާރެއް ނަމަ އެންމެ ފުރަތަމަ ވެސް ކުރާނެ މަސައްކަތަކީ، މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރޭވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުން ކަމަށް ފައިސަލް ވިދާޅުވި.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 14:55
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް - 13-12-2025

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް - 13-12-2025

 ޒަމާނީ ޑިމޮކްރަސީ އަށް ގައުމު އަނބުރާލެވެނީ ރައްޔިތުން އިތުބާރު ކުރާ ބަޔަކު ވެރިކަމުގައި ތިބެގެން ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާ އިން އިންތިޒާމްކޮށްގެން ބޭއްވި "ލާމަސީލުލާމު ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީތައް މިންކުރުމުގެ ހަފްލާ" 2025 ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ފައްކާވަމުން އަންނަ ލާމަރުކަޒީ ނިޒާމްގެ ތެރެއިން އުފެދިފައި އޮތް އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ނިންމި ނިންމުމަކީ، ހަރުދަނާ ސިޔާސަތެއް ނެތް ނިންމުމެއް ކަމަށާއި، އަތޮޅުގެ ކަންކަން މޮނިޓަރ ކުރުމަށް އޮތް އެންމެ މައި ތަނބު މި ސަރުކާރުން އައިސް އުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ރައްޔިތުން އިންތިހާބުކޮށްފައިވާ ބަޔަކު، ރައްޔިތުންގެ ހައްގުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، އެއްފަރާތް ކުރުމަށްފަހު، ވެރިކަމުގައި ތިއްބަވާ ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާ މަންޒަރު ފެންނަމުންދާއިރު، މިސަރުކާރުން ވަނީ އަތޮޅު ކައުންސިލްތަކަށް އަލްވަދާއު ކިޔާފަ އެވެ. މިއީ ރައްޔިތުންނަށް ދިން ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ މަސައްކަތްތައް ވަރަށް ގާތުން ފެނިފައިވާއިރު، މި ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކަކީ ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ތަރައްޤީގެ ކަންކަމުގައި ރާއްޖެ ދާންޖެހޭ ސްޕީޑު ގައި ނުގޮސް އޮތީ ކީއްވެގެންތޯ، ސުވާލުކުރާ ނަމަ، ކޮންމެ އިންތިހާބަކާއި ދިމާކޮށް، ބޭނުންހާ ވައުދުތަކެއް ނުވެ، ރައްޔިތުންގެ ހައްގުގައި ކުރެވޭނެ މަސައްކަތްތަކަށް ފޯކަސް ކުރުންވެސް މުހިއްމު ކަމަށް ފައިސަލް ވިދާޅުވި އެވެ.

އަދި ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ ރައްޔިތުން ކަމަށާއި ނަމަވެސް އެ މެމްބަރުން ވަކި ކުރެވެނީ އެހެން ބަޔަކަށް ކަމަށްވާއިރު، މިކަމުގައި އެއްވެސް އިންސާފެއް ނެތް ކަމަށް ވިދާޅުވަމުން، މިއަދު ކައުންސިލްތައް މިވަނީ ކުދިކޮށް ކޮށާލާފައި ކަމަށް ފައިސަލް ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވާ ގޮތަކަށް ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކޮށް އަތޮޅު ކައުންސިލްތައް އުވާލިއިރު، އުފެދޭ ސުވާލަކީ ރައްޔިތުންގެ މަޖިލީހުގައި މިހާ ގިނަ އަދަދެއްގެ މެމްބަރުން ތިބުމުގެ ބޭނުމަކީ ކޮބައިތޯ ކަމަށާއި ހަރަދު ކުޑަ ކުރަން ވާހަކަ ދައްކަވާ ސަރުކާރެއް ނަމަ އެންމެ ފުރަތަމަވެސް ކޮންމެ ކުރާނެ މަސައްކަތަކީ، މަޖިލީހުގެ މެންބަރުންގެ އަދަދު ކުރޭވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

މިއީ ހަރަދު ކުރަން ކުރާ ކަމެއް ނަމަ ޤާނޫނު އަސާސީ އާއި ޤާނޫނަށް، އެންމެ ފުރަތަމަވެސް ބަދަލު ގެނެސް، މަޖިލިސް މެމްބަރުންގެ އަދަދު މަދު ކުރަން މަސައްކަތް ކުރާނެ ކަމަށާއި އަދަދު މަދުކޮށް، ހަރަދު ކުޑަ ކުރާނެ ނަމަ ސިޔާސީ މަގާމްތައް ވެސް ދަށް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމަށް ރަނގަޅު ގޮތްވާން އެދެން ބޭނުން ނަމަ ހުރިހާ ދިމާލަކުން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވަމުން އިންތިހާބު ކުރަން އަޅާ ވޯޓަކީ ވަރަށް އިތުބާރު ހުރި އެއްޗަށްވާން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީ ކުޑަ ރަށްރަށަށް މަދުން ކައުންސިލަރުން ހޮވަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައި ބަދަލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ 1 ޑިސެމްބަރ 2025 ވަނަ އަހަރުގަ އެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ ވީޑިއޯ އާއެކު ގިނަ ބައެއްގެ ޝުއޫރު އޮއްސާލައިފި!

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ ވީޑިއޯ އާއެކު ގިނަ ބައެއްގެ ޝުއޫރު އޮއްސާލައިފި!

25 ޖޫން 2024
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު