Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑިޝަލް އެޑްމިނިސްޓްރޭޝަން

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ތައްޔާރުކުރަމުންދާ ޕެޓިޝަނުގެ މައުލޫމާތު ހޯދުމަށް ފޮނުވި ސިޓީތައް ބާތިލް ކޮށްފި

އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމަށް ގާޒީންގެ ޕެޓިޝަނެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 10 ސެޕްޓެމްބަރު 2017 | އާދީއްތަ 03:05
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އަށް ހުށަހެޅުމަށް ގާޒީންތަކެއް ޕެޓިޝަނެއްގައި ސޮއިކުރައްވަމުން ގެންދަވާ ކަމަށް ބުނާ ވާހަކަތަކުގެ ހަގީގަތް ހޯދުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކަށް ފޮނުވި ސިޓީ ބާތިލް ކޮށްފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ސޮއި ކުރައްވައި މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅު ކޯޓުތަކަށް ފޮނުއްވި ސިޓީގައި އެދިފައި ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ބައެއް ގާޒީން ސޮއި ކުރައްވާ ކަމުގެ ތުހުމަތުތަކެއް ކުރެވޭތީ، އެއީ ހިނގާ ކަމެއްތޯ ބަލައިދިނުމަށެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި އެ ޑިޕާޓްމެންޓުން ކޯޓުތަކަށް ސިޓީ ފޮނުވީ ގާޒީންތަކެއް ޕެޓިޝަނެއްގައި ސޮއިކުރަމުން ގެންދޭތޯ ބެލުމަކަށް ނޫނެވެ. އެ ސިޓީ ފޮނުވީ ސޯޝަލް މީޑިއާގައި އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ފަނޑިޔާރުންތަކެއް ޕެޓިޝަނެއްގައި ސޮއިކުރަމުންދާ ކަމަށް ބުނާ ވާހަކަތަކެއް ފެތުރޭތީ، އެކަމުގެ ހަގީގަތް ހޯދުމުގެ ގޮތުން ކަމަށް އެ ޑިޕާޓްމެންޓުން ބުނެފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިހާރު ވަނީ ކޯޓްތަކަށް ފޮނުވި ސިޓީ ބާތިލް ކޮށްފަ އެވެ. އަދި ކޯޓް ތަކަށް އިތުރު ސިޓީއެއް ފޮނުވާފައިވާއިރު، ފަހުން ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރީގެ ސިޓީއަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް އަދިވެސް ހުއްޓާލާފައި ނުވެ އެވެ. އެކަމުގައި ގިނަ އަދަދެއްގެ ގާޒީން ބައިވެރިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ހުށަހަޅަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރު އައްޔަން ކުރައްވަން އުޅޭކަމަށް ބުނާ ވާހަކަތަކެއް ވެސް ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު