Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައުދު އަހުމަދު ޒިލާލު

އަދަބު ލުއިކޮށް ރައުދު އަށް ކުރި ހުކުމުން، ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް

ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި އެ މުއްދަތު ހޭދަކޮށްފައިވާތީ އިތުރު އަދަބެއް ތަންފީޒު ކުރަން ނުޖެހޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 27 ނޮވެމްބަރު 2025 | ބުރާސްފަތި 03:52
ރައުދު އަަހުމަދު ޒިލާލް

ރައުދު އަަހުމަދު ޒިލާލް

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ދައުވާ ކުރެވިފައިވާ ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްސަލަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާލައިފި އެވެ.

އެ މައްސަލަ ނިމުނީ ރައުދު އިތުރު ހުކުމެއް ތަންފީޒު ކުރަން ނުޖެހޭ ގޮތަށެވެ. ރައުދުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަކީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ނުވުމުގެ ދައުވާ އެވެ. ރައުދަކީ ހާދިސާ ހިނގި ވަގުތު ޔުމްނު އާ އެއްކޮށް އެތަނުގައި ހުރި މީހެކެވެ. ދައުލަތުން ދައުވާ ކުރީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އެހީ ނުވެ އެތަނުން ގޮސްފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާ ކޯޓުގައި އެ ކުށަށް އިއުތިރާފު ވެ އެއްބަސްވެފައި ވާތީ ކަމަށެވެ. ކޯޓުން ބުނީ ރައުދުގެ މައްޗަށް ދައުވާ ކުރި ކުށަށް އޭނާ އިއުތިރާފު ވުމުން އޭނާގެ އަދަބު ލުއި ކޮށްދީފައިވާ ކަމަށެވެ.

އަދި އަދަބުގެ މިންވަރު މަތިކުރަން ދައުލަތުން އެދިފައިނުވާ ކަމަށް ވެސް ކޯޓުން ބުންޏެވެ. ކޯޓުން އިތުރަށް ފާހަގަކުރި ކަމަކީ ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި އެ މުއްދަތު ހޭދަ ކޮށްފައިވާ ކަމެވެ. އެހެންވެ، އެ މައްސަލާގައި އޭނާ ދެން ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއަކީ މުޅި ރާއްޖޭގެ ސަމާލުކަން އެކަމަށް ހުއްޓުނު ހާދިސާއެކެވެ. އެ ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރި އެވެ.

ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އެ ކޮމިޝަނުން މައްސަލަ ތަހުގީގު ކޮށް ބެލުމަށްފަހު ނިންމީ އެ އިމާރާތުން ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް ހުރިކަން ފާހަގަވާތީ އެކަންކަމަށް ފިޔަވަޅު އަޅަން އެ ކޮމިޝަނުން އެދިފައިވެ އެވެ.

ރައުދު އަހުމަދު ޒިލާލްކްރިމިނަލް ކޯޓްޔުމްނު ވެއްޓު ހާދިސާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު