Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މަޝްވަރާ ކުރުމުގައި ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް: އެމްޑީޕީ ގައުމީ މަޖިލިސް މެންބަރުން

7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 19:05

ސަރުކާރުން ބޭނުންވާ ގޮތަށް މަޝްވަރާއަށް ދިއުމަށް މެމްބަރުން ބޭނުމެއް ނުވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 19:05
އެމްޑީޕީ ގައުމީ މަޖިލިސް މެންބަރުން ބައްދަލުވުމުގައި--

އެމްޑީޕީ ގައުމީ މަޖިލިސް މެންބަރުން ބައްދަލުވުމުގައި--

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކުގައި އިހްލާސްތެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާކުރުމަށް ބޭނުންވާތީ އެމްޑީޕީއަށް ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީއާ ގުޅިގެން އެ ޕާޓީން ބުރާސްފަތި ދުވަހު ބޭއްވި ގައުމީ މަޖިލީހުގައި މެމްބަރުންގެ ހިޔާލަށް ވަނީ ހުޅުވާލާފަ އެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ސަރުކާރުގެ ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް އިހްލާސްތެރިކަން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި މަޝްވަރާގައި ބައިވެރިވުމަށް ދައުވަތުދީ ސަރުކާރުން ފޮނުވި ސިޓީއަށް ބެލުމުންނާއި އޭގައިވާ އިބާރާތްތަކުން އެއީ ސަރުކާރުން ބޭނުންވެގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށް ވެސް ފާހަގަ ކުރި އެވެ. އެހެން ކަމުން މަކަރުވެރި ކަމެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްގެން ނޫނީ ސަރުކާރާއެކު ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ނުވާނެ ކަށް ވެސް މެމްބަރުން ފާހަގަ ކުރިއެވެ.

އޭގެ އިތުރުން މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވާނީ އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ނިންމާފައި ވާތީ އެ ނިންމުން ބަދަލު ކުރަން ނުޖެހޭނެ ކަމަށް ވެސް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ގައުމީ މަޖިލީހުގެ މެމްބަރުންގެ ހިޔާލުތަކާއެކު ދޭން ފެންނަ ޖަވާބެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ. އެއްބައިވަންތަ ކަން އިސްކުރަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ސަރުކާރުން ބުނާއިރު ސިޔާސީ ލީޑަރުން ތިބީ ޖަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ޕާޓީތަކާއެކު މަޝްވަރާކުރުމުގައި ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެ މަޝްވަރާއަށް ދައުވަތު ދިނުމަށް އެމްޑީޕީއަށް ފޮނުވި ސިޓީގައިވާ ވާހަކަތަކަށް ވަރަށް ބޮޑަށް ޝިފާޒު ވެސް ފާޑު ވިދާޅުވި އެވެ. އަދި މަޝްވަރާ ކުރުމުގެ އިހްލާސްތެރިކަމެއް ހުރި ނަމަ ޝަރުތަކާނުލާ ސިޔާސީ އެކި މީހުން މިނިވަން ކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ސަރުކާރުން މަޝްވަރާ ކުރުމަށް ދައުވަތުދީފައިވާ ސިޓީގައި ދައްކާފައިވާ ވާހަކަތައް ސިފަ ކުރެވެނީ ބުއްދި ގޯސްވެފައިވާ ބަޔަކު ދައްކާ ވާހަކަތަކެއްގެ ގޮތުގައި ކަމަށެވެ. އަދި މަޝްވަރާއަށް ސަރުކާރުން ގޮވާލާފައިވަނީ ނުބައި ކޮންމެވެސް އެހެން ނިޔަތެއް އޮވެގެން ކަމަށް ވެސް އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހްމަދު އާދިލް ވެސް މަޝްވަރާތައް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަނީ ބޭރުގެ ކޮންމެ ފަރާތަކުން ފައިސާތަކެއް ހޯދުމަށް ކަމަށާއި އިހްލާސްތެރިކަން ނެތް މަޝްވަރާގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޝްވަރާއަށް ދައުވަތު ދިނުމަށް ރައީސް އޮފީހުން ފޮނުވި ސިޓީގެ ސައްހަކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބޭނުންވާ އިސްލާހީ ބަދަލުތަކަކީ ކޮބައިކަން ސަރުކާރަށް އަންގަން ޖެހޭ ކަމަށެް ވިދާޅުވިއެވެ. އަދި މަޝްވަރާ ކުރުމަށް ސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. ރޮޒައިނާ ވެސް ވަނީ ރައީސް އަބްދުﷲ ޔާމިން ހައްޔަރު ކޮށްގެން ނޫން ގޮތަކަށް ތަހްގީގެއް ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވެސް ވިދާޅުވީ މަޝްވަރާއަށް ގޮވާލާ ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީއަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ ސިޓީއާ ގުޅިގެން މަޝްވަރާކޮށްގެން ލިބޭނެ ކުރިއެރުމެއް ވެސް ނެތް ކަމަށާއި ސަރުކާރުން ބޭނުންވަނީ ސިޔާސީ ހިޔާލު ތަފާތުވުން ނައްތާލަން ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ ރައީސް އޮފީހުން ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީގެ ސައްހަކަން ކަނޑައަޅަން ފުލުހުންނަށް ހުށައެޅުމަށް ގޮވާލައްވައިފައެވެ.

ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ގައުމީ މަޖިލީހުގެ މެންބަރުންގެ ހިޔާލާ މަޝްވަރާތައް ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް